- Advertisement -ad image

އިނގުރު: ސިއްހީ އެތައް މައްސަލައަކަށް އޮތް ފަރުވާއެއް!

ad image

ގުޅުންހުރި ލިޔުންތައް

އިނގުރަކީ ދިވެހިންގެ ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ބާވަތެކެވެ. މީރު ރަހައެއް ހުންނަ އިނގުރު ގިނައިން ބޭނުންކޮށް އުޅެނީ ހަވާދުގެ ބާވަތްތަކާއި ކުޅި ކާ އެއްޗެހި ތައްޔާކުރުކުރާ އިރުގައެވެ.

މީގެ އިތުރުން އިނގުރަކީ ޒަމާނުއްސުރެވެސް ދިވެހި ބޭސްވެރިކަމުގައި ވެސް ބޭނުންކުރަމުން އަންނަ އެއްޗެކެވެ. އިނގުރުގެ ތެރޭގައި ހުދު ރީނދޫ އަދި ރަތް އިނގުރުވެސް ހުރެއެވެ. މިތަނުން ދިވެހިން އާންމުގޮތެއްގައި ބޭނުންކުރަނީ ރީނދޫ އިނގުރެވެ.

އިނގުރަކީ ސިއްހީގޮތުން ފައިދާ ކުރުވަނިވި ބާރުގަދަ އެތައް މާއްދާއެއް ހިމެނޭ އެއްޗެކެވެ.

ބައެއް ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ތަދުކަނޑުވުމާއި، ނިންދެވުމާއި ހުންއައުމުން ބޭނުންކުރާ، ޖަރާސީމްތަކުން ރައްކާތެރިކޮށްދިނުމަށް ބޭނުންވާ މާއްދާތައް އިނގުރުގައިވެއެވެ. އިނގުރާ ބެހޭގޮތުން ހެދި ދިރާސާއަކުން ވަނީ ހަމުގެ ކެންސަރުން ސަލާމަތް ކޮށްދޭކަން ދައްކައިފައެވެ. ޖިންޖެރޯލްއަކީ އަންހެނާގެ ބިސްރަވަ (އޯވަރީ) ގެ ކެންސަރު ސެލް މަރާލުމުގެ ގާބިލްކަން ލިބިގެންވާ މާއްދާއެކެވެ.

ލޭ ދައުރުކުރާ ނިޒާމު ރަނގަޅު ކޮށްދޭ

އިނގުރު ބޭނުން ކުރުމުން ހަށިގަނޑުގެ ލޭ ހިނގުން ރަނގަޅު ކޮށްދެއެވެ. ލޭ އޮލަވިޔަ ނުދީ ހިފަހައްޓައެވެ. ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދެއެވެ. ލޭ ސާފު ކުރުމާއި ގަނޑުވުމުން ރައްކާތެރި ކުރުމަށް އެހީތެރިވެދެއެވެ. ލޭމައްޗަށް ދާ މީހުންގެ ލޭގެ ޕްރެޝަރ ހަމައަކަށް އެޅުވުމަށް އެހީތެރިވެދެއެވެ.

ހަޖަމްކުރުމުގެ ނިޒާމް ރަނގަޅުކޮށްދޭ

އިނގުރު ބޭނުން ކުރުމުން ގޮހޮރު ސާފުކޮށްދީ ވައިގެ އުނދަގުލުން ސަލާމަތްކޮށްދެއެވެ. ހަޖަމް ކުރުމުގައި ދިމާވާ އުނދަގޫތައް ދުރުކޮށް މޭނުބައި ކުރުމާއި ހޮޑުލުމުން ދުރުކޮށްދެއެވެ. މީގެއިތުރަށް ހަޖަމް ކުރުމަށްޓަކައި އުފައްދާ ޑައިޖެސްޓިވް ޖޫސް އުފެއްދުމުގައި އެހީތެރިވެދެއެވެ. ބޮޑުކަމު ދިއުމުގެ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިވެދެއެވެ.

ޕީރިއަޑް ދުވަސްވަރަށް ބޮޑު ލުޔެއް

ޕިރިއަޑް ދުވަސްވަރާއި ގުޅިގެން އަކުނިވަޔަށް ދެމުމާއި ތަދުވުން އަދި ހުންއައުން ފަދަ ކަންތައްތައް ގިނަފަހަރު ދިމާވަނީ ޕްރޮސްޓަރ ގްލޭންޑިން އޭ ކިޔުނު ހޯމޯން އަކުންނެވެ. މިހެން ކަމުން ޕީރިއަޑް ދުވަސްވަރު އިނގުރު ބޭނުން ކުރުމަކީ މިފަދަ އަލާމާތަށް ހައްލު ގެނެސްދޭ ކަމެކެވެ. މިދުވަސްވަރު އިނގުރު ބޭނުން ކުރުމުން ހަށިގަނޑުގައިވާ ޕްރޮސްޓަރ ގްލޭންޑިންގެ މިންވަރު ދައްކޮށްދޭ ކަމަށް އެނގިފައިވެއެވެ.

ހާސްވުމާއި ކަންބޮޑުވުން

އިނގުރު ތެލުގައި ހަށިގަނޑަށާއި ވިސްނުމަށް އަރާމްކަން ގެނެސްދޭ މާއްދާއެއް އެކުލެވިގެންވެއެވެ. މިގޮތުން މި ތެޔޮ ބޭނުން ކުރުމުން ހާސްވެ ކަންބޮޑުވުމާއި ގުޅުންހުރި ގިނަކަންކަން ރަނގަޅު ކޮށްދެއެވެ.

ޖިންސީ ދުޅަހެޔޮ ކަމަށް އެހީތެރިވެދޭ

އިނގުރަކީ ޖިންސީ ދުޅަހެޔޮ ކަމަށްޓަކައި ޒަމާނުއްސުރެވެސް ބޭނުން ކުރަމުން އަންނަ ވަރަށް މަޝްހޫރު އެއްޗެކެވެ. އިނގުރު ބޭނުން ކުރުމުމުން އެކަމަށް ޝައުގުވެރިކަން އިތުރު ކޮށްދިނުމާއި، ވަރުގަދަކޮށްދެއެވެ. ދުނިޔޭގެ ތާރީޚްގައިވެސް އިގުރަކީ މިކަމަށް ވަރަށް ޚާއްސަ ކަމެއް ދެވިފައިވާ އެއްޗެކެވެ. އިނގުރު ބޭނުން ކުރުމުން ލޭ ހޮޅިތައް ސާފުވުމާއި ހޮޅިތަކަށް ލޭ ދައުރުވުން އިތުކޮށްދެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ