- Advertisement -ad image

ދަތް އުނގުޅަންވީ ދުވާލަކު ކިތައް ފަހަރު؟

ad image

ގުޅުންހުރި ލިޔުންތައް

ދަތްޕިލައަކީ މީހާގެ ރީތިކަން ހާމަކޮށްދިނުމަށް އެންމެ މުހިއްމު ރޯލެއް އަދާކުރާ ގުނަވަނެވެ. ދަތްޕިލަ ރީތިކޮށް ގެންގުޅޭ ނަމަ އެމީހެއްގެ ހިނިތުންވެސް ރީތިވާކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

ހަމައެހެންމެ ދަތްޕިލައަކީ ގިނަ މީހުންނަށް އެންމެ އަޅާނުލޭ ގުނަވަނެވެ. މޫނުގެ ހަންގަނޑަށް އެންމެ އެކަށީގެންވާ ކްރީމް އާއި އިސްތަށިގަނޑާއި ގުޅޭ ޝޭމްޕޫ ފަދަ ތަކެއްޗަކީ ގިނަ ބަޔަކު ވަރަށް ބޮޑަށް ސަމާލުކަން ދޭ ކަންކަމެވެ. އެހެންނަމަވެސް ދަތްޕިލައާއި ގުޅޭ ބޭހެއް ހޯދުމަކީ ވަރަށް މަދު ބަޔަކު ކުރާ ކަމެކެވެ.

ދަތްޕިލަ ސާފުކޮށް ބެހެއްޓުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރަނީ ގިނަގިނައިން ދަތް އުނގުޅުމެވެ. ހަމައެހެންމެ ރަނގަޅު ބުރުހަކާއި ދަތް އުނގުޅާ ބޭސް ވެސް މީގެތެރޭގައި ހިމެނެ އެވެ.

އެމެރިކާގެ ޑެންޓަލް އެސޯސިއޭޝަން އިން ލަފާދޭ ގޮތުގައި ދުވާލަކު ދަތް އުނގުޅުން އެންމެ ރަނގަޅީ މަދުވެގެން ދުވާލަކު ދެފަހަރު އެވެ. މިގޮތަށް ދަތް އުނގުޅާއިރު ފްލޮރިޑް އެކުލެވޭ ދަތް އުނގުޅާ ބޭހަކުން މަދުވެގެން ދެ މިނިޓް ވަންދެން އުނގުޅަން ޖެހެއެވެ.

ދަތް އުނގުޅުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އޭގެ ސަބަބުން ދަތްތަކުގައި ހަރުލާފައި ހުންނަ ކާ އެއްޗެއްސާއި ޕްލޭކް ސާފުކުރުމެވެ. ޕްލޭކް އަކީ ދަތްތަކުގެ ދޭތެރޭގައި ހަރުލާފައި ހުންނަ ހުދުކުލައިގެ ބެކްޓީރިއާ އެކެވެ. އެގޮތުން ހަކުރު އެކުލެވޭ އެއްޗެއް އަހަރެމެން ކާ ކޮންމެ ފަހަރަކު ޕްލޭކް ގައި ހުންނަ މި ބެކްޓީރިއާ ދަތްތަކުގެ ބުޑަށް ހަމަލާދިނުމަށް އެސިޑް އުފައްދަ އެވެ.

އެހެންކަމުން ކޮންމެ ދުވަހަކު ވެސް ދަތް އުނގުޅަން ޖެހެއެވެ. އަދި ހާއްސަކޮށް ފޮނި އެއްޗެއް ކައިފިނަމަ ލަސްނުކޮށް ދަތް އުނގުޅަން ޖެހެ އެވެ.

ދަތް އުނގުޅުމުގެ އިތުރުންވެސް ދަތަށް ދެވިދާނެ އިތުރުފަރުވާ ހުރެ އެވެ. މީގެތެރޭގައި، ދަތްތަކުގެ ދޭތެރެ ފްލޮސް ކުރުން، އަނގަދޮންނަ ފުޅިއެއް ބޭނުންކުރުން އަދި ގިނައިން ފެން ބުއިން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ