- Advertisement -ad image

ދުވާލަކު 23 ފަހަރު ފޮޑި ޖެހުނަސް އެއީ މައްސަލައެއް ނޫން!

ad image

ގުޅުންހުރި ލިޔުންތައް

ފޮޑިޖެހުމަކީ ގިނަ ބަޔަކު ދައްކަން ވަރަށް ލަދުގަންނަ ވާހަކަ އެވެ. ބައެއް ފަހަރު ފޮޑީގައި ހުންނަ ނުބައި ވަހުން މީހުންތެރޭގައި ފޮޑިޖެހުންވެސް ވަނީ ލަދު ކަމަކަށެވެ.

ސައިންސްވެރިން ބުނާގޮތުގައި އާއްމު އިންސާނަކު ދުވާލެއްގެ މައްޗަށް 23-14 ފޮޑި ޖަހައެވެ. މިއީ އެމީހެއްގެ ދުޅަހެޔޮކަން ދައްކައިދޭ މިސާލެއް ކަމަށްވެސް ސައިންސްވެރިން އެއްބަސް ވެއެވެ.

ފޮޑިއަކީ ކުޑަގޮހޮރުން ބޭރުކުރާ ވަޔެކެވެ. މިއީ ގުދުރަތީ އަދި ނޯމަލް ކަމެކެވެ. ފޮޑިޖެހުމުގެ ސަބަބުން އިންސާނާގެ ކުޑަ ގޮހޮރުގެ ތެރޭގައި ހުންނަ ޓޮކްސިކް ވައިތައް ބޭރުކޮށްލަ ދެއެވެ.

އާއްމު އިންސާނަކަށް ދުވާލެއްގެ މައްޗަށް ގިނަވެގެން 23 ފޮޑި ވެސް ޖެހިދާނެ އެވެ. މިއީ ލަދުގަނެ ކަންބޮޑުވާންވީ ކަމެއް ނޫނެވެ. ފޮޑިޖެހިގެން ޑޮކްޓަރަކަށް ދައްކަންޖެހޭނީ މި އަދަދަށްވުރެ އިތުރުވެ ބަނޑުގައި ރިއްސާ އަދި ބޮޑުކަމުދިއުމަށް ދަތިވާނަމަ އެވެ.

އާއްމުކޮށް ޖަހާ މިންވަރަށް ވުރެ ގިނައިން އަދި އުނދަގޫ ވާގޮތަށް ފޮޑިޖެހުމަށް މެދުވެރިވާ ސަބަބަތުއްވެސް ހުރެއެވެ. މީގެތެރޭގައި ހިމެނެނީ:

ކާ އެއްޗެހި ހަޖަމްކުރަން އުނދަގޫވުން
ވަކި ވައްތަރެއްގެ ކާ އެއްޗަކަށް އެލާޖިކްވުން
ހަޖަމްކުރާ ނިޒާމްގެ މައްސަލަތައް
ކެއުމަށް ބަދަކު ގެނައުން
ބޭސް ބޭނުންކުރުން
ވިހެއުން
އަދި ގޮހޮރުގެ ކެންސަރެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ