- Advertisement -ad image

ލޭ މަނާ ކުރުމަށް ކުޑައިރު އިލާކުނޑި އެޅީ ކޮންބައެއް؟

ad image

ގުޅުންހުރި ލިޔުންތައް


އަހަރުމެން ކުޑައިރު ވަރަށް ގިނަ ތަފާތު ކަންކަން ތަޖުރިބާ ކުރެވުނެވެ. މިހާރާ ހިލާފަށް އޭރު މޮބައިލް ފޯނެއް އިންޓަރނެޓެއް ކޮމްޕިއުޓަރެއް ނުހުރެއެވެ.
އެހެންކަމުން ސްކޫލުން ގެއަށް އައުމަށްފަހު އަބަދުވެސް އަތިރިމަތީ ކުޅެން އުޅޭ ހަނދާން ހުރެއެވެ. ގުރޫޕު ހަދާފައި އަތްލާ ކުޅުމާއި ފައިގަތަޅާ ކުޅުމާއި ފިލަން ދުވުމާއި މިއީ ނުވަދިހައިގެ އަހަރުތަކުގައި އަހަރުމެން އުޅުނު މަޖާ ދިރިއުޅުމެވެ.
މިހެން އުޅުމުގެ ތެރޭގައި ތަނެއް މަށައިގެން ގޮސް ލޭ އަންނަން ފަށައިފިނަމަ ކޮންމެ ކުއްޖަކުވެސް އެންމެ ފުރަތަމަ ދުއްވައި ގަންނާނީ އިލާ ކުނޑި ކޮޅެއް ހޯދާށެވެ. އެއީ އަހަރުމެން ރަށު މީހުން އެއަށް ކިޔާ އުޅުނު ނަމެވެ. ނަމަވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި މިއަށް ކިޔައި އުޅޭ ނަން ތަފާތުވެދާނެއެވެ.

ލޭ މަނާ ކުރުމަށް ފަންތޮށީގެ ބޭރުގައި ހުންނަ ކުނޑި ބޭނުން ކުރެވިދާނެތޯ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފިޒީޝަން ޑރ މުހައްމަދު އަލީ ވިދާޅުވީ، މި ކުނޑީގައި ޖަރާސިމު މަރާ މާއްދާތަކެއް ހިމެނޭކަން އަދި ލޭމަނާކުރުމަށްވެސް ބޭނުން ކުރެވިދާނެކަން ދިރާސާތަކުން ދައްކާފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. […] އަހަރުމެން ކުޑައިރު ވަރަށް ގިނަ ތަފާތު ކަންކަން ތަޖުރިބާ ކުރެވުނެވެ. މިހާރާ ހިލާފަށް އޭރު މޮބައިލް ފޯނެއް އިންޓަރނެޓެއް ކޮމްޕިއުޓަރެއް ނުހުރެއެވެ.އެހެންކަމުން ސްކޫލުން ގެއަށް އައުމަށްފަހު އަބަދުވެސް އަތިރިމަތީ ކުޅެން އުޅޭ ހަނދާން ހުރެއެވެ. ގުރޫޕު ހަދާފައި އަތްލާ… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ