- Advertisement -ad image

ހެޔޮވަރު ބުރާއެއް އެޅުމުގެ މުހިއްމުކަން!

ad image

ގުޅުންހުރި ލިޔުންތައް

އުރަމައްޗަށް ހެޔޮވަރު ސައިޒެއްގެ ބުރާ ހޯދުމަކީ ވަރަށް ބޮޑު ތަކުލީފެކެވެ. އެހެންނަމަވެސް މިއީ ނިވާވުމަށް ކޮންމެހެންވެސް އަޅަންޖެހޭ އެއްޗެއްކަމުން ބައެއް މީހުން ބުރާގެ ރަނގަޅު ސައިޒު ނުބަލާ އަޅާ ފަހަރުވެސް އާދެއެވެ. އަދި މީގެ ސަބަބުން ހީވެސް ނުކުރާ އުނދަގޫތަކާއި ގެއްލުން ކުރިމަތި ވެއެވެ.

ތިރީގައި މިވަނީ ހެޔޮވަރު ސައިޒުގެ ބުރާ އެޅުމުގެ ބައެއް ފައިދާ ތަކެވެ.

ހަށިގަނޑު އެއް ތެދުކޮށްދިނުން
ޤަބޫލުކުރަން ދަތިވިޔަސް މިއީ ހަމަ ހަގީގަތެެވެ. ރަނގަޅު ކޮލިޓީއެއްގެ އެމީހަކަށް ހެޔޮވަރު އަދި ފަސޭހަ ބުރާއެއް އަޅާއިފިނަމަ ހަށިގަނޑު އެއް ތެދުކޮށްލަދީ ރީތިކޮށްލަ ދެއެވެ. މިފަދަ ބުރާގެ ސަބަބުން މޭމައްޗަށް އެ ލިބޭ ސަޕޯޓުގެ އެހީގައި ގުދުލުން ކުޑަކޮށްދެ އެވެ.

ކޮންފިޑެންސް އިތުރުވުން
ހެޔޮވަރު ނޫން ސައިޒެއްގެ ބުރާއެއް އަޅާއިގެން މީހުންގެ ތެރެއަށް ނުކުމެ އުޅެން ވަރަށް ގިނަ މީހުންނަށް ވަނީ ދަތިކަމަކަށެވެ. ސަބަބަކީ އޭގެ ސަބަބުން އެމީހާގެ ކޮންފިޑެންސްއަށް އަސަރުކުރުމެވެ. މިކަމަށް އޮތް ހައްލަކީ ވެސް ހަމަ ހެޔޮވަރު ސައިޒެއްގެ ބުރާ އެެކެވެ.

ދުޅަހެޔޮ ސިއްހަތަކަށް އެހީތެރިވެދިނުން
ބުރަކަށީގައި ރިއްސަުމަކީ ވަރަށް ގިނަ އަންހެނުން ތަހައްމަލް ކުރާ ކަމެކެވެ. މީގެ އަސްލު ބައެއް ފަހަރު އަޅާއިގެން އުުޅޭ ބުރާ އާއިވެސް ގުޅެއެވެ. ހެޔޮވަރު ބުރާއެއް އަޅާނަމަ މިފަދަ ތަދުތަކުގެ އިތުރުން ހަންގަނޑު ކަޅުވެ ހަލާކުވުން އަދި މޭގައި ރިއްސުމަށްވެސް ހައްލު ލިބެއެވެ.

އުރަމަތީގެ ބައްޓަން ރީތި ކޮށްދިނުން
ބުރާއަކީ އުރަމަތީގެ ބައްޓަން ރީތިކޮށް ބެހެއްޓުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ އެއްޗެކެވެ. ހާއްސަކޮށް ވިހެއުމަށްފަހު އަންހެނުންގެ އުރަމަތީގެ ބައްޓަމަށް އަންނަ ބަދަލުތައް ރަނގަޅުކުރުމަށް ހެޔޮވަރު ބުރާއެއް އެޅުން ވަރަށް މުހިއްމެވެ.

ހަރާކްތެރިވުމަށް ފަސޭހަ
ބުރާގެ ތެރޭގައި ވެސް އެކި ވަގުތުތަކުގައި އެޅުމަށް ތަފާތު ވައްތަރުގެ ބުރާ އުފައްދާފައި ވެއެވެ. އެގޮތުން އާންމުކޮށް އަޅާ ބުރާއެއް ކުޅިވަރު ކުޅޭއިރު ނުވަތަ ކަސްރަތަށް ދާއިރު އެޅުމަކީ ގޯހެކެވެ. ބުރާއަޅާއިރު މިފަދަ ކަންކަމަށް ވިސްނާނަމަ ހަރަާތްތެރިވެ އުޅެން ފަސޭހަ ވާނެއެވެ.

ބުރާގެ ވާހަކައަކީ ޒަމާނުއްސުރެވެސް ދައްކަން ލަދު ގަންނަ ވާހަކައެެކެެވެ. އެހެންނަމަވެސް މިއީ ކޮންމެހެން އެނގެންޖެހޭ މައުލޫމާތު ތަކެއްވެސް މެއެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. ބުރާގެ ސައިޒު ބަލާނެ ގޮތެއް ކިޔާ ދީފަވީނަމަ މި ލިޔުން ވަރަށް ފުރިހަމަ ވާނެ ކަމަށް ޤަބޫލުކުރަން. ކުރިއަށް އޮތްތަނުގައި އެފަދަ ލިޔުމެއް ފެންނާނެ ކަމަށް އުއްމީދު ކުރަން.

  2. […] އުރަމައްޗަށް ހެޔޮވަރު ސައިޒެއްގެ ބުރާ ހޯދުމަކީ ވަރަށް ބޮޑު ތަކުލީފެކެވެ. އެހެންނަމަވެސް މިއީ ނިވާވުމަށް ކޮންމެހެންވެސް އަޅަންޖެހޭ އެއްޗެއްކަމުން ބައެއް މީހުން ބުރާގެ ރަނގަޅު ސައިޒު ނުބަލާ އަޅާ ފަހަރުވެސް އާދެއެވެ. އަދި މީގެ ސަބަބުން ހީވެސް ނުކުރާ އުނދަގޫތަކާއި… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ