- Advertisement -ad image

ފިރިހެންދަރިން ލިބޭ މީހުން އަވަހަށް މުސްކުޅިވޭ: ދިރާސާ

ad image

ގުޅުންހުރި ލިޔުންތައް

ދަރިމައިވުން އަދި ދަރިން ތަރުބިއްޔަތު ކުރުމާއި ގުޅޭގޮތުން މިހާތަނަށް އެތަށް ދިރާސާއެއް ވަނީ ހަދާފަ އެވެ. މިގޮތަށް ދާދިފަހުންވެސް ހެދި ދިރާސާއެއްގައި ވަނީ މިފަދަ ހައިރާންކުރުވަނިވި ވާހަކައެއް ހާމަކޮށްފަ އެވެ.

އެމެރިކާގައި ހުންނަ ނެޝަނަލް ލައިބްރަރީ އޮފް މެޑިސިން އިން ހެދި މި ދިރާސާގައި ވަނީ ގިނައިން ފިރިހެންދަރިން ލިބޭ މީހުން އަވަހަށް މުސްކުޅިވާކަމަށް ބުނެފަ އެވެ. މި ދިރާސާހެދުމަށްޓަކއި އެ ސެންޓަރުން ވަނީ އުމުރުން 50 އަހަރުން މަތީގެ 13،000އަށްވުރެ ގިނަ މީހުން ހިމަނާފަ އެވެ. އަދި ދިރާސާގައި ވަނީ މަދުވެގެން އެއް ފިރިހެން ދަރިއަކު ލިބިފައި ތިބިމީހުންނާއި އަދި އެއަށްވުރެ ގިނަ ފިރިހެން ދަރިން ތިބި މީހުން ހިމަނާފަ އެވެ.

މި ދިރާސާއަށްފަހު އެ ސެންޓަރުން ވަނީ ފިރިހެންދަރިންގެ ސަބަބުން މައިންބަފައިންނަށް ނަފްސާނީ ބޮޑެތި އަސަރުތަކެއް ކުރާކަން ހާމަކޮށްފަ އެވެ. އަދި މީގެ ސަބަބުން މަންމަ އާއި ބައްޕަވެސް އަވަހަށް މުސްކުޅިވުމަށް މަގުފަހިކުރާކަމަށް ދިރާސާގައި ބުނެފައި ވެއެވެ.

މި ދިރާސާގައި ވަނީ ފިރިހެން ދަރިން ނެތް މައިންބަފައިންނަށްވުރެ ފިރިހެންދަރިން ތިބޭ މައިންބަަފައިންނަށް މުސްކުޅި ބަލިކުރިމަތިވާ ވަރު އަވަސްކަމަށް ވެސް ބުނެފަ އެވެ. އެހެންނަމަވެސް ދިރާސާގައި ވަނީ މަންމައަށްވުރެ ބައްޕަ ނަފްސާނީ ގޮތުން ދުޅަހެޔޮކަމަށް ބުނެފަ އެވެ.

މުސްކުޅިވުމަކީ ކޮންމެ މީހަކަށް ވެސް ދިމާވެދާނެ ކަމެކެވެ. އެހެންނަމަވެސް މި ދިރާސާގައި މުސްކުޅިވުމޭ ބުނެފައި ވަނީ މުސްކުޅި ތަހައްމަލްކުރުމާއި އަދި މީހާގެ ހަށިގަނޑަށް އަންނަ ބަދަލު ތަކަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ