- Advertisement -ad image

ތަންމައްޗަށް ހީސްލެވުން – ކަންބޮޑުވާންވީ ކަމެއްތަ؟

ad image

ގުޅުންހުރި ލިޔުންތައް

ދަރިން ބޮޑުވެގެން އަންނައިރު ތަންމައްޗަށް ހީސްލުމުގެ އާދަ ކަނޑުވަން މައިންބަފައިން ވަރަށް މަސައްކަތް ކުރެއެވެ. ބައެއް ކުދިންނަށް މިކަން ހުއްޓުމަކީ އުނދަގޫކަމަކަށް ވިޔަސް އަނެއްބައި ކުދިންނަށް މިއީ ވަރަށް ފަސޭހަވެސް ކަމެކެވެ..

ތަންމައްޗަށް ހީސްލުމަކީ އާއްމުގޮތެއްގައި ކުދިންގެ ނެޕީ ޖެހުން ހުއްޓާލާ ދުވަސްވަރު ދިމާވާ އުނދަގޫ އެއް ކަންތައްތަކެވެ. މިއީ ކަންބޮޑުވާންވީ ކަމެއްވެސް ނޫނެވެ. އެހެންނަމަވެސް އުމުރުގެ ވަކި ހިސާބަކަށް ދާއިރުވެސް މިގޮތަށް ތަންމައްޗަށް ހީސްލެވޭނަމަ އެއީ ކަންބޮޑުވާންވީ ކަމެކެވެ.

ތަންމައްޗަށް ހީސްލެވެނީ ކީއްވެ؟

މިއީ އުމުރުން 6 އަހަރުން ދަށުގެ ކުދިންގެ މެދުގައި އާންމު ކަމެކެވެ. ހާއްސަކޮށް ޕޮޓީ ޓްރެއިން ނުކުރެވޭނަމަ ބައެއް ކުދިންނަށް މިކަމާއި ކުރިމަތިލާން ޖެހެއެެވެ. ތަންމައްޗަށް ހީސްލެވެން ދިމާވާ އެއް ސަބަބަކީ ނެޕީއަށް އަބަދު ހީސްލެވުމުގެ ސަބަބުން ފަހުންވެސް އެގޮތަށް ހޭނިފައި ހުރުމެވެ.

މީގެއިތުރުން ނިދާފައި އޮންނައިރު ފެންނަ ހުވަފެނެއްގެ ސަބަބުން ވެސް ތަންމައްޗަށް ހީސްލުމަށް މެދުވެރިވެއެވެ. މިއީ ބޮޑެތިމީހުންނަށްވެސް ވަރަށް ގިނައިން ދިމާވާ ކަމެކެވެ.

ތަންމައްޗަށް ހީސްލުމުގައި ކަންބޮޑުވާންޖެހޭނީ އުމުރުން 6 އަހަރުން މަތީގެ އަދި މިގޮތަށް ކުރިން ތަންމައްޗަށް ހީސްނުލާ ކުއްޖަކު ކުއްލިއަކަށް މިކަން ކުރަން ފެށުމުވެ. މިފަދަ ހާލަތްތަކުގައި މިކަންކަން ވަރަށް ގިނަ ފަހަރު ބުލީ އަދި ޖިންސީ ގޯނާ އާއިވެސް ގުޅިފައި ވެއެވެ.

ތަންމައްޗަށް ހީސްލުން ހުއްޓުވާނީ ކިހިނެތް؟

ތަންމައްޗަށް ހީސްލުން ހުއްޓުވުމަކީ ގިނަ ރޭތަކުގެ ނިދިން މަޙްރޫމްކޮށްލާނެ ކަމެކެވެ. އެހެންނަމވެސް ވަކި ތާވަލެއްގެ ތެރެއިން މިކަން ކުރާނަމަ މިއީ ވަރަށް ފަސޭހަ ކަމެކެވެ. މިކަން ހުއްޓުވުމަށްޓަކައި އެންމެ ފުރަތަމަ ވެސް ދަރިފުޅަށް ފާހަނާ ތައްޓަށް ކުޑަކަމު ދިއުމަށް ދަސްކޮށްދޭން ޖެހެއެވެ. ކުދިން ޅައިރުއްސުރެ ފައި ހިއްޕުވާނަމަ ވަރަށް އަވަހަށް މިފަދަ ކަންކަމަށް ހޭނޭނެ އެވެ. މީގެއިތުރުންވެސް ތިރީގައި މިވަ ތަންމައްޗަށް ހީސްލުން ހުއްޓުވުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

ނިދާވަގުތު ކައިރިކޮށްފައިި މާ ގިނައިގެން ދިޔާ އެއްޗެހި ނުދިނުން
ކޮޓަރީގެ ފިނި މަޑުކޮށްފައި ބެހެެއްޓުން
ނެޕީ ނުޖެހުން
ދަންވަރަށް ކުއްޖާ ހީސްލައްވަން ނެގުން
ދުވާލުގެ ވަގުތުގައިވެސް ކުއްޖާގާތުގައި ފާހަނާއަށް ދާން ބޭނުންތޯ އެހުން
ކުއްޖާއަށް ތަންމައްޗަށް ހީސްލެވުމުން ހަޅޭލަވާ އަދަބު ނުދިނުން
ކުއްޖާއަށް އަޑުއިވޭގޮތަށް އެހެން މީހުން ގާތުގައި އެވާހަކަ ނުދެއްކުން
ކުއްޖާއަށް ހިތްވަރު ދިނުން

ޑޮކްޓަރަށް ދައްކަންވީ ކޮންއިރަކުން؟

އުމުރުން 6 އަހަރުން ދަށުގެ ކުއްޖަކު ތަންމައްޗަށް ހީސްލެވުމަކީ ޑޮކްޓަރަށް ދެއްކުން މުހިއްމުކމެއް ނޫނަސް މި އުމުރުގެ ކުއްޖަކު ނިދީގައި މާބޮަޑަށް ރޮއެ، ހީސް ލާއިރު ތަދުވާތީ އުޅެ އަދި ނިދީގައި ސިހޭނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ވާނެ އެވެ. ހަމައެހެންމެ ތިރީގައިވާ ކަންކަމުން ކަމެއް ކުއްޖާގެ ފަރާތުން ފެންނަ ނަމަވެސް ޑޮކްޓަރަށް ދައްކާލަން ވާނެ އެވެ.

ގިނަ ދުވަސްތަކަކަށްފަހު ކުއްލިއަކަށް ތަންމައްޗަށް ހީސްލާން ފެށުުން
މެދުކެނޑުމަކަށް ފަހު ދުވާލުވެސް މިގޮތަށް ގަޔަށް ހީސްލެވެން ފެށުން
ނިދާފައި އޮންނައިރު ގުގުރި ދެމުން
ހީސްލާއިރު ދިލަނަގާާ ތަދުވާތީ އުޅުން
އާންމުކޮށް ކައިބޮއެ ހަދާވަރަށް ވުރެ ގިނައިން ކެއުން
ބަރުދަން ލުއިވުން
ފައިތިލަ އަދި ހުޅުތައް ދުޅަވުން
7 އަހަރަށް ވުރެ މަތިވާއިރުވެސް ތަންމައްޗަށް ހީސްލެވުން

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. […] ދަރިން ބޮޑުވެގެން އަންނައިރު ތަންމައްޗަށް ހީސްލުމުގެ އާދަ ކަނޑުވަން މައިންބަފައިން ވަރަށް މަސައްކަތް ކުރެއެވެ. ބައެއް ކުދިންނަށް މިކަން ހުއްޓުމަކީ އުނދަގޫކަމަކަށް ވިޔަސް އަނެއްބައި ކުދިންނަށް މިއީ ވަރަށް… އިތުރަށް ވިދާޅުޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ