- Advertisement -ad image

ޕޮޓޭޓޯ ޗިޕްސް ކާ މީހުން ޑިޕްރެޝަނަށް ދިއުމުގެ ފުރުސަތު ބޮޑު!

ad image

ގުޅުންހުރި ލިޔުންތައް

ޕޮޓޭޓޯ ޗިޕްސް އަދި ފްރެންޗް ފްރައިޒް ކާ މީހުން ޑިޕްރެޝަނާއި އެންޒައިޓީ ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ތެލުލާފައި ހުންނަ ކާނާއަކީ ހަށިގަނޑަށް ރަނގަޅު ބާވަތްތަކެއް ނޫންކަމަށް އަބަދުވެސް ޑޮކްޓަރުން ބުނެއެވެ. ނަމަވެސް މި ޖީލުގައި އެންމެ ބޮޑަށް ހިނގާ އެއް ބާވަތަކީ ތެލުލާފައި ހުންނަ ތަފާތު ވައްތަރުގެ މަހާއި އަލުވި އެވެ. މިއީ ހަށިގަނޑުގެ ބަރުދަން އިތުރުކޮށް ހާޓް އެޓޭކް ފަދަ ނުރައްކާތެރި ކަންކަމަށް މަގުފަހިކުރުވާ ކާނާތަކެވެ.

މީގެއިތުރުން މި ފަހަކަށް އައިސް މީހުންގެ ތެރޭގައި އެންޒައިޓީ އަދި ޑިޕްރެޝަން އާއްމުވެފައިވާއިރު މީގެ އެއް ސަބަބަކީވެސް މިފަދަ ކާނާ ކަމަށް ސިއްހީ މާހިރުން ބުނެއެެވެ.

ނެޝަނަލް އެކަޑަމީ އޮފް ސައިންސްއިން ހެދި މިފަދަ ދިރާސާއެއްގައި ވަނީ އަލުވި ތެލުލައިގެން ކާ މީހުން އެންޒައިޓީއަށް ދިއުމުގެ ފުރުސަތިު 12 އިންސައްތަ އާއި ހަމަޔަށް އޮންނަ ކަމަށެވެ. އަދި ޑިޕްރެޝަނަށް ދިއުމުގެ ފުރުސަތު 7 އިންސައްތަ އާ ހަމަޔަށް އޮންނަ ކަމަށެވެ.

ސިއްހީ މާހިރުން ވަނީ ކެއުމުގައި ދުޅަހެޔޮ ކާނާ ކެއުމުން ނަފްސާނީ ގޮތުންވެސް ދުޅަހެޔޮކޮށްދޭކަމަށް ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ