- Advertisement -ad image

ފިރިހެނުން ޖިންސީގޮތުން ބަލިކަށިވުން – ލަދުނުގަނެ ޑޮކްޓަރާއި ހިއްސާކުރޭ!

ad image

ގުޅުންހުރި ލިޔުންތައް

އަންހެނުންނާއި ފިރިހެނުންނަކީ އުފެދުމުގައިވެސް ތަފާތު ބައެކެވެ. މިޒާޖުން ފެށިގެން ކުރާ މަސައްކަތަށް އަޅާ ބަލާނަމަވެސް ދެ ބައި މީހުންގެ ފަރަގު ބޮޑެވެ. ނަމަވެސް ސިއްހީ ބައެއް ވާހަކަތަކަކީ އަންހެނުންނާއި ހިލާފަށް ފިރިހެނުންނަށް ދައްކަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. ބައެއް ފިރިހެނުންނަށް އެމީހުންގެ ހަޔާތުގެ ކޮންމެވެސް ދުވަސްވަރެއްގައި ޖިންސީ ބަލިކަށި ކަމާއި، ކުރިމަތިލާން ޖެހެއެވެ. ގިނަ ފަހަރު މިހެން ދިމާވަނީ ދިމާވާ ހާލަތެއްގެ ސަބބަުންނެވެ. އެކްސިޑެންޓް، ޑިޕްރެޝަން، އެންޒައިޓީ އަކީވެސް މީގެ އެއް ސަބަބެވެ.

ބައެއް މީހުންނަށް މި އުނދަގޫ ދުވަސްކޮޅަކަށް ކުރިމަތިވުމަށްފަހު ފަހުން ރަނގަޅުވެއެވެ. އެހެންނަމަވެސް ބައެއް މީހުންނަކީ ދިގުމުއްދަތަކަށް މިކަން ތަހައްމަލް ކުރާ މީހުންނެވެ. މިފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ އެންމެ ރަނގަޅުގޮތަކީ ވީހާވެސް އަވަހަކަށް ދޮކްޓަރެއްގެ ލަފާ ހޯދުމެވެ.

ޖިންސީގޮތުން ބަލިކަށިވަނީ ކީއްވެ؟

ފިރިހެން ހޯރމޯން މަދުވުން
ހަކުރު ބަލި
ލޭގެ ޕްރެޝަރު މަތިވުން
ބޭނުންކުރާ ބޭހެއްގެ ސަބަބުން
ކިޑްނީ ފެއިލްވުން
ނަފްސާނީ ބަލިތައް
މަސައްކަތުގައި މާބުރަކޮށް އުޅުން

ދުންފަތުގެ އިސްތިއުމާލުކުރުމާއި ޖިންސީ ފުދުންތެރިކަން

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ 50އިންސައްތަ އަކީ ޖިންސީ ނުކުޅެދުން ތެރިކަމާއި ކުރިމަތިލާންޖެހޭ މީހުންނެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ބެލެވިފައިވަނީ މުޅިހަށިގަނޑަށް ގެއްލުންދޭ އާފަތެއް ކަމުގައެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުން ހަށިގަނޑަށް ވަންނަ ކާބަން މޮނޮކްސައިޑްގެ ސަބަބުން ލޭ ހޮޅިތަކުގައި ލޭދައުރުވުން ހުރަސްއެޅި، ލޭހޮޅިތައް ހަރުވެ، ގަނޑުވާގޮތް ވެއެވެ. މިގޮތުން ޖިންސީ ގުނަވަނާއި ގުޅިފައިވާ ލޭހޮޅި ހަރުވެއްޖެ ނަމަ އެއަށް ލޭ ވާސިލްވުން ކުޑަވެ، އޭގެން ނޭދެވޭ އަސަރު ކުރުވަ އެވެ.

ގިނަ ފިރިހެނުންނަކީ މިފަދަ އުނދަގުލެއް ކުރިމަތިވިޔަސް ހިއްސާކުރަން ޖެހިލުންވާ މީހުންނެވެ. މީގެ ސަބަބުން ބައެއް ފަހަރު އާއިލާ ރޫޅޭ ހިސާބަށް ވެސްދެއެވެ. މިކަމަށް އޮތް ހައްލަކީ ހިތްވަރާއެކު ކުރިމަތިލުމެވެ. އިހްސާސްތައް ކިޔައދީ ޑޮކްޓަރުންގެ އެހީ ހޯދުމެވެ.

ގުޅުންހުރި ލިޔުންތައް

3 ޚިޔާލު

  1. […] އަންހެނުންނާއި ފިރިހެނުންނަކީ އުފެދުމުގައިވެސް ތަފާތު ބައެކެވެ. މިޒާޖުން ފެށިގެން ކުރާ މަސައްކަތަށް އަޅާ ބަލާނަމަވެސް ދެ ބައި މީހުންގެ ފަރަގު ބޮޑެވެ. ނަމަވެސް ސިއްހީ ބައެއް ވާހަކަތަކަކީ އަންހެނުންނާއި ހިލާފަށް ފިރިހެނުންނަށް ދައްކަން ފަސޭހަ ވާހަކަތަކެއް ނޫނެވެ…. އިތުރަށް ވިދާޅުވޭ […]

  2. […] އަންހެނުންނާއި ފިރިހެނުންނަކީ އުފެދުމުގައިވެސް ތަފާތު ބައެކެވެ. މިޒާޖުން ފެށިގެން ކުރާ މަސައްކަތަށް އަޅާ ބަލާނަމަވެސް ދެ ބައި މީހުންގެ ފަރަގު ބޮޑެވެ. ނަމަވެސް ސިއްހީ ބައެއް ވާހަކަތަކަކީ އަންހެނުންނާއި ހިލާފަށް ފިރިހެނުންނަށް ދައްކަން ފަސޭހަ ވާހަކަތަކެއް ނޫނެވެ…. އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ