ޗައިނާގައި ބަރުދަން ލުއިކުރުމުގެ ކޭމްޕެއްގައި ބައިވެރިވެ މާއަވަހަށް ހިކެން އުޅެނިކޮށް ފުރާވަރުގެ އިންފްލޫއެންސަރަކު މަރުވެއްޖެ އެވެ.
އޭނާގެ އާއިލާއިން ވަނީ މިކަން މީޑިއާ އާއި ހިއްސާކޮށްފައެވެ. އަދި ގެއްލުންހުރި މިފަދަ ކަންތައްތަކުން ދުރުހެލިވުމަށް އެ އާއިލާއިން އިލްތިމާސްކޮށްފައިވެއެވެ. ނަމަވެސް މަރުވި އަންހެންމީހާގެ މަރުގެ މާގިނަ ތަފުސީލެއް އާއިލާއިން ވެސް އަދި ހާމައެއް ނުކުރެއެވެ.
އުމުރުން 21 އަހަރުގެ ކުއިހުއާ މަރުވީ “ޗައިނާގެ ޝާންސީގައި ސްޓޭ-އިން ވެއިޓް ލޮސް ކޭމްޕެއްގައި” ބައިވެރިވަމުން ދަނިކޮށެވެ.
އާއިލާއިން ބުނީ އެމީހުންގެ އަންހެން ދަރިފުޅު ހޮސްޕިޓަލަށް ޒިޔާރަތްކުރީ ވޯކްއައުޓް ކުރުމަށްފަހު ބަލިވެގެން ކަމަށެވެ.
ނިއުސް.ކޮމް.އޯ އިން ބުނާ ގޮތުގައި ކުއިހުއާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި 90 ކިލޯ ލުއިކުރުމަށް އޭނާ ކުރި މަސައްކަތުގެ ލިޔެކިޔުންތައް އެބަހުއްޓެވެ އެވެ.
ގާތްގަނޑަކަށް 10،000 ފޮލޯވަރުންނަށް އޭނާގެ ވޯކްއައުޓްތައް ބްރޯޑްކާސްޓް ކުރާއިރު، އޭގެ ތެރެއިން ބައެއް ވޯކްއައުޓްތައް ހެނދުނާއި ހަވީރުގެ އިތުރުން އޭނާގެ ހަރުކަށި ޑައިޓް ވެސް ބްރޯޑްކާސްޓް ކުރަމުންދެއެވެ.
ދަ ނިއުޔޯކް ޕޯސްޓުން ބުނާ ގޮތުގައި، އަށް މަސް ދުވަހުގެ ތެރޭގައި އެ ޒުވާން އަންހެންމީހާގެ ބަރުދަން ވަނީ 80 ޕައުންޑް (36 ކިލޯ) ލުއިކޮށްފަ އެވެ.




[…] ޗައިނާގައި ބަރުދަން ލުއިކުރުމުގެ ކޭމްޕެއްގައި ބައިވެރިވެ މާއަވަހަށް ހިކެން އުޅެނިކޮށް ފުރާވަރުގެ އިންފްލޫއެންސަރަކު މަރުވެއްޖެ އެވެ.އޭނާގެ އާއިލާއިން ވަނީ މިކަން މީޑިއާ އާއި ހިއްސާކޮށްފައެވެ. އަދި ގެއްލުންހުރި މިފަދަ ކަންތައްތަކުން ދުރުހެލިވުމަށް އެ އާއިލާއިން… އިތުރަށް ވިދާޅުވޭ […]