- Advertisement -ad image

ތޫތު: އެތައް ބައްޔަކަށް އޮތް ފަރުވާއެއް!

ad image

ގުޅުންހުރި ލިޔުންތައް

ތޫތު (މަލްބެރީ)އަކީ ތޫތުގަހުގައި އަޅާ މޭވާއެކެވެ. ބަލާލަން ރީތި އަދި އަނގަޔަށްވެސް މީރު މި މޭވާއަކީ ސިއްހީގޮތުންވެސް ގިނަ ފައިދާތަކެއް ލިބޭ އެއްޗެކެވެ. ތޫތު ގަހަކީ ތުނޑުލީ ފަތްތަކެއް ހުންނަ ވާކޮށް ހެދޭގަހެކެވެ.

ތޫތުގަހުގައި އަޅާނީ ހިމަދިގުކޮށް ހުންނަ އިންޗިއެއް ނުވަތަ ދޮޅުއިންޗީގެ ބޮޑުމިނުގެ ހުތްފޮނިރަހަލާ މޭވާއެކެވެ. މި މޭވާ ދޮންވީމާ ހުންނާނީ ކަޅުރަތް ކުލައިގައެވެ. ދޮންނުވާއިރު ފެހި ނުވަތަ ހުދުކުލައިގައި ތޫތު ހުރެއެވެ. ތޫތު ގަސް އާންމުކޮށް ހެދެނީ 20-10 މީޓަރާއި ދެމެދުގެ އުސްމިނަކަށެވެ.

ތޫތުއިން ލިބޭ ފައިދާތައް
ކެންސަރަށް އޮތް ފަރުވާއެއް
ވިޓަމިން އޭ، ވިޓަމިން އީ، ދަގަނޑުގެ ބައި، މެގްނީސިއަމް، މެގްނީސް، ޕޮޓޭސިއަމްއިން މުއްސަނދިވެފައި
ރާއްޖެ ބައްޔަށް އޮތް ފަރުވާއެއް
ޑިޕްރެޝަންއިން ދުރުކޮށްދޭ
ހަކުރު ދަށްކޮށްދޭ
ލޭގެ ޕްރެޝަރު ދަށްކޮށްދޭ
ދަގަނޑުގެ ބައި ދަށް މީހުންނަށް ރަނގަޅު ފަރުވާއެއް
ދިފާއީ ނިޒާމު ވަރުގަދަކޮށްދީ ރޯގާތަކުން ދުރުކޮށްދޭ
ބްލަޑް ޝުގަރ އެއްވަރެއްގައި ހިފަހައްޓައިދޭ

ތޫތުއަކީ ޒަމާނުއްސުރެ މީހުން ބޭސްފަރުވާއަށް ބޭނުންކުރާ މޭވާއެކެވެ. މިއީ ސީނީ ބޭސްވެރިކަމުގައި ހަކުރު ބަލި އަދި ބަނޑުހިކުން ފަދަ ބަލިތަކަށް ފަރުވާއެއްގެ ގޮތުގައިވެސް ބޭނުންކޮށް އުޅުނު މޭވާ އެކެވެ.
ރާއްޖޭގައިވެސް ގިނަ ހިސާބުތަކެއްގައި ތޫތުގަސް ހެދެއެވެ. މިއީ ދިވެހިންގެ މެދުގައި މާ މަޝްހޫރު މޭވާއެއް ނޫނަސް އޭގެން ގިނަ ފައިދާތަކެއް ލިބޭ މޭވާއެެކެވެ.

އެހެންނަމަވެސް ތޫތުގައިވެސް ސައިޑް އިފެކްޓްސްތަކެއްވެސް ވެއެވެ. އެގޮތުން މާ ގިނައިން ތޫތު ކެއުމަކީ އެދެވޭކަމެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ