- Advertisement -ad image

ކިރު، ފޮނިރަހަ ގަދަ ބުއިން ބޭނުން ކުރުމުން ބޭރަށް ހިންގުން އިތުރުވާނެ!

ad image

ގުޅުންހުރި ލިޔުންތައް

ކިރު،ފޮނިރަހަ ގަދަބުއިން އަދި ކުޅި އެއްޗިހި ބޭނުން ކުރުމުން ބޭރަށް ހިންގުން އިތުރުވާނެކަމަށް ބެލެވޭ ކަމަށް ފިޒީޝަން ޑރ މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.
މިދުވަސްވަރު ރާއްޖޭގައި އާދަޔާ ހިލާފަށް ދަނީ ހޮޑާއި ބޭރަށް ހިންގުމުގެ ރޯގާ ފެތުރެމުންނެވެ. ޑރ މުހައްމަދު އަލީ ވިދާޅުވީ ދިރާސާތަކުން ދައްކާގޮތުން ވަކި ކާއެއްޗެއް ދީގެން ނުވަތަ ނުދީގެން ބައްޔަށް ބަދަލެއް އައްނަތަނެއް ނުފެންނަ ކަމަށެވެ.
އަދި ބޮޑެތި މީހުން ބޭރަށް ހިންގާނަމަ ކުޅިނޫން ކާހިތްވާ އެއްޗެހި ދެވިދާނެ ކަމަށާއި ބަތް،ބަތްޕެން، ދޮންކެޔޮ، އެޕަލްސޯސް އަދި ޓޯސްޓް ކުރި ޕާން ދިނުމަކީ އެދެވިގެންވާ ކަމެއް ކަމަށް ޑރ ވިދާޅުވިއެވެ.
“ ލޮނު ބިސްކޯދު/ ލޮނުރަހަލާ ބިސްކޯދު، ލޮނުޕެކެޓް އަދި ހަކުރުބަލި ނުހުންނަ މީހުން ސުޕޯރޓްބުއިން ބޭނުންކުރެވިދާނެ “ ޑރ މުހައްމަދު އަލީ
މީގެ އިތުރުންވެސް މަޑުކޮށްފައި ހުންނަ އަލުވި، ނޫޑުލުސް ހެލްތީ ނޫނަސް މިކަހަލަ ވަގުތެއްގައި ހަވާދުނާޅާ ކުޅިނޫން ކޮށް ބޭނުންކުރެވިދާނެ ކަމަށް ޑރ މުހައްމަދު އަލީ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. […] ކިރު،ފޮނިރަހަ ގަދަބުއިން އަދި ކުޅި އެއްޗިހި ބޭނުން ކުރުމުން ބޭރަށް ހިންގުން އިތުރުވާނެކަމަށް ބެލެވޭ ކަމަށް ފިޒީޝަން ޑރ މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.މިދުވަސްވަރު ރާއްޖޭގައި އާދަޔާ ހިލާފަށް ދަނީ ހޮޑާއި ބޭރަށް ހިންގުމުގެ ރޯގާ ފެތުރެމުންނެވެ. ޑރ މުހައްމަދު އަލީ… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ