- Advertisement -ad image

މުރަނގަތޮޅި – ބަރުދަން ލުއިކުރުމަށް އެހީއެއް

ad image

ގުޅުންހުރި ލިޔުންތައް

މުރަނގަ ގަހަކީ އޭގައި އެތައް ފައިދާއެއް ހިމެނޭ ގަހެކެވެ. މުރަނގަ ގަހުގެ ފަތުން ފެށިގެން މުލަށް އެކި ބޭނުންތަކަށް މީހުން ބޭނުންކޮށް އުޅެއެވެ. އޭގެތެރޭގައި ކެއުމަށާއި، ބޭސްފަރުވާގެ އިތުރުން ބަރުދަން ލުއިކުރުމާއި ޒީނަތްތެރިވުމަށްވެސް ބޭނުންކުރެއެވެ.

މުރަނގަ ގަހުގައި އަޅާ ތޮޅިއަކީވެސް ގިނަގުނަ ފައިދާތަކެއް ހިމެނޭ އެއްޗެކެވެ. މިއީ ގިނަ ދިވެހިންގެ މެދުގައި ކެއުމަށް މަގުބޫލު އެއްޗެކެވެ. މުރަނގަތޮޅިން ރިހަ، މަސްހުނި، ބަތްޕެން އަދި ސެލަޑުވެސް ބައެއް މީހުން ހަދައި އުޅެއެވެ.

މުރަނގަތޮޅީގެ އެތެރޭގައި ހުންނަ އޮށަކީ ގިނަ އަދަދަކަށް އޯލީއީކް އެސިޑް ހިމެނޭ އެއްޗެކެވެ. މިއީ ހަށިގަނޑަށް ފައިދާހުރި “މޮނޮއަންސެޗިޔުރޭޓެޑް ފެޓް” އެކެވެ. މީގެއިތުރުން މުރަނގަ ތޮޅިގައި ވިޓަމިންސީ، ވިޓަމިން ވިޓަމިން ބީ ގެ ތަފާތު ވައްތަރުތައް ކަމުގައިވާ ފޮލިކް އެސިޑް، ޕައިރިޑޮކްސިން، ނިއެސިން، ތިއެމިން، ރައިބޯފްލެވިން، ޕެންތޮނިކް އެސިޑް، އެކަށޭނަ މިންވަރަކަށް ހުރެއެވެ.

މީގެތެރެއިން ގިނަ  ވިޓަމިން ތަކަކީ ހަށިގަނޑުގައި ހިނގާ ކާބޯހައިޑްރޭޓް، ޕްރޮޓީން، އަދި ފެޓް މެޓަބޮލިޒަމްގެ މަސައްކަތުގައި ކޯ-އެންޒައިމް އެއްގެ ދައުރު އަދާކުރާ ވިޓަމިން ތަކެކެވެ. ކުޑަގޮހޮރުގައި ފަނި އަށަގަތުން ނުވަތަ އާލާވުން މުރަގަތޮޅި ރިހަ ބޭނުން ކުރާނަމަ ދުރުކޮށްދެއެވެ. ހުންކޮށި ބޮޑުވުން، ފުރަމޭ ބޮޑުވުން، ވާގިނެތުން، ޖުޒާމް ބަލި، އިދިފުށަށް ދަމާބަލި، އަދި ހުޅުތަކުގައި ރިހުން ފަދަ މައްސަލަތަކަށް ފަރުވާއެއް ގެ ގޮތުގައި މުރަގަތޮޅިން ތައްޔާރު ކުރެވޭ ސޫޕް ބޭނުންކުރެއެވެ.

މުރަނގަތޮޅި އަކީ ސިއްހީ އެތައް ބައްޔެއް ފަސޭހަ ކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި ބަރުދަން ލުއިކުރުމަށްވެސް މުރަނގަތޮޅި މުހިއްމު ދައުރެއް އަދާކޮށްދެއެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ޑައިޓްގައިވެސް މުރަނގަތޮޅި ހިމަނާނަމަ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށް ސިއްހީ މާހިރުން އެއްބަސް ވެއެވެ.

މީގެއިތުރުންވެސް މުރަނގަތޮޅިން ނާއި ފަތުން ލިބޭ ބައެއް ފައިދާތަކުގެ ތެރޭގައި: 

ދިފާއީ ބާރު ރަގަޅުކޮށްދިނުން
ލޭދައުރުވުން ރަގަޅުކޮށްދިނުން   
ލޭގައި ހަކުރުގެ މިންވަރު އެއްހަމައެއްގައި ބަހައްޓައިދިނުން   
ލޭގައި ކޮލެސްޓްރޯލްގެ މިންވަރު އެއްހަމައެއްގައި ބަހައްޓައިދިނުން
އުމުރުން ދުވަސްވުމުގެ އުދަނގޫތަކާ ދުރުކޮށްދިނުން  
ދުޅަތައް ތިރިކުރުމުގެ ބާރު ލިބިފައިވުން  
ހަޖަމުގެ ބައި ރަގަޅުކޮށްދިނުން     
ހަށިގަނޑަށް ހަކަތަ ލިބުން
ހަމަށް މަޑުކަމާ އޮމާންކަން ގެނެސްދިނުން
އޮށާޅައިގެ އުދަނގުލުން މިންޖުކޮށްދިނުން     
ހަށިގަނޑުގައި އެކި ހޯރމޯންތަކުގެ މިންވަރު ހަމަހަމަކަންމަތީ ބަހައްޓައިދިނުން
މާބަނޑު މީހުން މުރަނގަ ތޮޅިއާއި ފަތް ބޭނުންކުރުމަކީ އުރަމައްޗަށް ކިރުއެރޭ މިންވަރު އިތުރުކޮށްދިނުން
ޖަރާސީމު މަރައި ނައްތާލުމުގެ ބާރު ލިބިފައިވުން  
ގުރުދާއާއި، މޭގަނޑަށް ރައްކާތެރިކަން ހޯދައިދިނުމަށް އެހީތެރިވެދިނުން   
ބަރުދަން ލުއިކުރުމަށް އެހީތެރިވެދިނުން

މުރަނގަ ތޮޅި، އަދި މުރަނގަ ފަތުގައި 92 ނިއުޓްރިއެންޓް، 46 އެންޓިއޮކްސިޑެންޓް އަދި 36 ދުޅަތިރިކޮށްދޭ މާއްދާތައް އެކުލެވިގެންވެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ