- Advertisement -ad image

ލޯވަށިން ފެން ބޯންވީ މިހެންވެ!

ad image

ގުޅުންހުރި ލިޔުންތައް

ލޮއިން ހަދާފައި ހުންނަ ތައްޓަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ބޭނުންކުރި އެއްޗެސެވެ. ލޮއިން ހަދާފައި ހުންނަ ބަތްކާ ތަށި، ސަމްސާ، އޫ އަދި ފެންބޯތަށި ނުވަތަ ލޯ ވައްޓަކީ އޭގެން ކެއުމުން އަދި ފެންބުއިމުން ރަހަވެސް މީރުވާ އެއްޗެއްގެ ގޮތަށް ގިނަބަޔަކު ދެކެއެވެ.

ހާއްސަކޮށް ކުރީ ޒަމާނުގައި ފިނިފެން ބުއިމަށް ނުލިބޭ އިރުވެސް އެ ފަޅުކަން ނެތިކޮށްލަނީ ބޯން ގެންގުޅޭ ލޯވައްޓެވެ. މިތައްޓަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ކިޔާ ނަންވެސް ތަފާތެވެ. 

ލޯވަށިން ފެންބުއިމުން ފެން ފިނިވެފައި މީރުވުމުގެ އިތުރަށް މީގެން ގިނަ ސިއްހީ ފައިދާތަކެއްވެސް ލިބެއެވެ. އެގޮތުން “ދަ އިންޑިއަން އެކްސްޕްރެސް”ގައި ޝާއިއުކޮށްފައިވާ ލައިފްސްޓައިލް އާޓިކަލްއެއްގައި ބުނެފައިވާ ގޮތުން ލޯވަށިން ފެންބުއިމަކީ ސިކުނޑި ތާޒާކޮށްދީ އަދި ހަކަތަ އިތުރުކޮށްދޭ ކަމެކެވެ. 

ބަނޑިޔަލުގައި ރައްކާކޮށްފައި ހުންނަ މިފަދަ ފެނުންވެސް ގިނަ ފައިދާތަކެއް ލިބޭކަމަށް މި އާޓިކަލްގައި ބުނެފައި ވެއެވެ. ލޮއީގައި ހިމެނޭ އެންޓިބެކްޓީރިއަލް އިފެކްޓެއްގެ ސަބަބުން ސިކުނޑިއާއި އަދި ހިތުގެ ދުޅަހެޔޮކަންވެސް އިތުރުކޮށްދެއެވެ. އަދި ލޮއިން ހަދާފައިވާ ބަނޑިޔާ ނުވަތަ ލޯވައްޓަކަށް ފެން އަޅާފައި 48 ގަޑިއިރަށްވުރެ ގިނައިރު ބަހައްޓައިފިނަމަ އެ ފެނުގައި އުފެދިފައި ހުންނަ ބެކްޓީރިއާތައް ނައްތާލަދޭކަމަށްވެސް ބުނެފައިވެއެވެ.

ލޯވަށިން ފެން ބުއިމުގެ އަނެއް ފައިދާއަކީ މީގެ ސަަބަބުން ހަޖަމްކުރުމުގެ ނިޒާމް ރަނގަޅުކޮށްދީ، ބަނޑުހަރުވުމާއި ގޭސްޓްރިކްވުމުން ދުރުކޮށްދެއެވެ. ލޯގައި ހުންނަ އަލްކަލައިންގެ ސަބަބުން ހަށިގަނޑު ފިނިކޮށްދޭކަމަށްވެސް އިންޑިޔާގެ ޑައެޓީޝަން ޖިނާލް ޕަޓޭލް އާއި ހަވާލާދީ މި ލިޔުމުގައި ބުނެފައިވެއެވެ.

ލޯވަށިން ފެންބޯއިރު ތަށީގައި ތަންކޮޅެއް ގިނައިރު ފެން ބަހައްޓާފައި ބުއިމަކީ އޭގެ ފައިދާ އިތުރުވާކަމެކެވެ. އަދި ފަތިހު ހުސްބަނޑާހުރެ ލޯތަށިން ފެން ބުއިމަށްވެސް ޖިނާލް ޕަޓޭލްވަނީ އިރުޝާދު ދީފައެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. […] ލޮއިން ހަދާފައި ހުންނަ ތައްޓަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ބޭނުންކުރި އެއްޗެސެވެ. ލޮއިން ހަދާފައި ހުންނަ ބަތްކާ ތަށި، ސަމްސާ، އޫ އަދި ފެންބޯތަށި ނުވަތަ ލޯ ވައްޓަކީ އޭގެން ކެއުމުން އަދި ފެންބުއިމުން ރަހަވެސް މީރުވާ އެއްޗެއްގެ ގޮތަށް ގިނަބަޔަކު… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ