- Advertisement -ad image

ތުއްތު ދަރިފުޅު އަނގަޔަށް އަތްލުން ހުއްޓުވުން: މިއީ ހެދޭ ގޯހެއް!

ad image

ގުޅުންހުރި ލިޔުންތައް

ތުއްތު ކުއްޖާ ބޮޑުވެގެން އަންނައިރު އަނގަޔަށް އަތްލުމަކީ ވަރަށް ގިނަ މައިންބަފައިން ކަންބޮޑުވާ ކަމެކެވެ. މިއީ ނޭނގި ނަމަވެސް މައިންބަފައިންނަށް ހެދޭ ވަރަށް ބޮޑު ގޯހެކެވެ.

ރޯގާ އާއި ތަފާތު ބަލިތައް ގިނަ މިފަދަ ޒަމާނެއްގައި ތުއްތުކުދިން އަނގަޔަށް އަތްލާނަމަ ބަލިވެދާނެކަމުގެ ބިރު މައިންބަފައިންނަށް އޮވެއެވެ. އެހެންނަމަވެސް އެންމެ ތުއްތު އުމުރުގެ ކުދިންނަކީ ތަންތަނުގައި މާގިނައިން އަތްލާ އުޅޭ ބަޔަކަށް ނުވުމުން މިފަދަ ގޮތަކަށް ބަލިވުމުގެ ފުރުސަތު މިކުދިންނަށް ކުޑައެވެ.

ކުދިން އަނގަޔަށް އަތްލުން ހުއްޓުވަން މައިންބަފައިން މަސައްކަތްކުރާ އަނެއް ސަބަބެއް ކަމުގައި ކުދިން އިނގިލި ބުއިމުން ދުރުކުރުން ވެސް ވެއެވެ.

ކުދިން ތުއްތު އުމުރުގައި އަނގަޔަށް އަތްލާ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. މި ހުރިހާ ސަބަބުތަކެއްވެސް ގުޅިފައިވަނީ ކުއްޖާގެ ހެދިބޮޑުވުމަށް ލިބޭ ކުރިއެރުންތަކަށެވެ.

ބަނޑުހައިވުން؛

ތުއްތުކުދިން އަނގަޔަށް އަތްލާ އެއް ސަބަބަކީ ބަނޑުހައިވުމެވެ. މިގޮތަށް އަތްލާނަމަ ކުއްޖާ އުޅެނީ ބަނޑުހައި ވެގެންކަން މައިންބަފައިންނަށް ދެނެގަންނަން ވެސް ފަސޭހަވާނެ އެވެ. އުމުރުން ތިން މަސް ވަންދެން ބަނޑުހައިވުމުން ކުދިން އަނގަޔަށް އަތްލައި އުޅެއެވެ.

ދަތްފެޅުން؛

ތުއްތު ދަރިފުޅު ދަތްފަޅާ އުމުރަށް ދިއުމުންވެސް މިގޮތަށް އަނގަޔަށް އަތްލާ އުޅެއެވެ. ދަތް ފަޅާއިރު އަނގަތެރޭގައި ހީލިކަމެއް ހުންނާނެއެވެ. މި އުނދަގުލުން ދުރުވުމަށް ކުދިން ހިރުގަނޑުން އެއްޗެހި ހަފާ އުޅެއެވެ. މީގެ ސަބބަުން ކުއްޖާއަށް ލިބޭ ތަކްލީފް ކުޑަވާނެއެވެ. އަދި މި އުމުރުގައި ގިނައިން އެއްޗެހި ހަފަން ދަސްކުރަން ކުދިން މަސައްކަތް ކުރާނެއެވެ.

އަމިއްލަ ހިތްހަމަޖެހުން، މަސްލަސްވުން؛

އުމުރުން ދެ މަސްވުމުން ކުއްޖާ އަމިއްލައަށް މަސްލަސްވާން މަސައްކަތް ކުރެއެވެ. މިގޮތަށް މަސްލަސް ވުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރަނީ ކުއްޖާގެ އަތާއި އިނގިލިތަކެވެ. ކުއްޖާ މާބޮޑަށް ކަންބޮޑުވެ ރޮވޭ ވަގުތުތަކުގައި އަތް ނުވަތަ އިނގިލިތައް އަނގަޔަށްލައިގެން ހިތްހަމަޖެހުން ހޯދައެވެ. 

ފޫހިފިލުން؛ 

ތުއްތުކުދިންވެސް ފޫހިވާނެއެވެ. ވާހަކަނުދެއްކޭ އުމުރުގެ ކުދިން ބައެއް ފަހަރު ފޫހިވުމުން ރޮއެ ހަދައެވެ. އެކަނި މާގިނައިރު އޮންނަން ވުމުން ނުވަތަ މީހެއްގެ ހިލަމެއް ނެތުމުންވެސް މިހެންވެއެވެ. މިފަދަ ހާލަތްތަކުގައިވެސް އެ ތުއްތުކުއްޖާ ހިތްހަމަޖައްސައިދީ ފޫހިފިލުވައިދޭ ކުޅޭއެއްޗަކަށް ކުއްޖާގެ އަތްވެގެން ދެއެވެ.

ކުއްޖާއަށް ދެމަސްވާ ހިސާބުން އެ ކުއްޖާގެ ހަށިގަނޑުން އެންމެ ފުރަތަމަ ދަސްކުރަން ފަށާ ގުނަވަނަކީ ކުއްޖާގެ އަތްތިލައެވެ. އަތްތިލަ ތަފާތު ގޮތްގޮތަށް ހަލުވާ އިނގިލިތައް ހަރަކާތްކޮށް ހަދާވަރަކަށް ކުއްޖާގެ ސިކުނޑި އިތުރަށް މަސައްކަތް ކުރުމަށް އެހީތެރިވެދެއެވެ. އަދި އަތްތިލަ ކުއްޖާ އުފެދޭ ޝައުގެއްގެ ބޮޑުކަމުން އެ އަތްތިލަ އަނގަޔަށްލާ އެކި ގޮތްގޮތަށް ދެނެގަންނަން ކުއްޖާ މަސައްކަތް ކުރެއެވެ. ހަމައެގޮތަށް ފައިތިލަ، ބައެއް ކުޅޭ އެއްޗެހިވެސް ކުދިން އަނގަޔަށް ލަނީ އެއަށް މާބޮޑަށް ޝައުގުވެރިކަން އުފެދުމުންނެވެ. މިއީ ކުދިން ކަންކަން ދެނެގަތުމަށް ބޭނުންކުރާ އުކުޅޭކެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ