- Advertisement -ad image

ތުއްތު ދަރިފުޅު ބަނޑުހަރުވާނަމަ ގޭގައި ދެވިދާނެ ބައެއް ފަރުވާތައް!

ad image

ގުޅުންހުރި ލިޔުންތައް


ތުއްތު ކުދިންވެސް ބަނޑުހަރުވުމުގެ އުނދަގޫތައް ތަހައްމަލް ކުރެއެވެ. ބައެއް ކުދިންނަކީ އުފަންވާ ދުވަހުން ފެށިގެން ފުދޭވަރަކަށް ބޮޑުވަންދެންވެސް މި އުނދގޫތައް ތަހައްމަލްކުރާ ކުދިންނެވެ.
އަލަށް އުފަންވާ ކުދިންނަށް ކިރު ނޫން އެހެން އެއްޗެއް ނުދެވޭއިރު، މިގޮތަށް ބަނޑުހަރުވުމަކީ ވަރަށް ގިނަ މައިންބަފައިން ކަންބޮޑުވާކަމެކެވެ. އަދި މިގޮތަށް ބަނޑުހަރު ގޭހުގެ އުނދަގޫވެސް މިކުދިންނަށް ކުރިމަތި ވެއެވެ.
ބޮޑެތި މީހުންނެކޭ އެއްގޮތަށް ތުއްތުކުދިން ކޮންމެދުވަހަކު ބޮޑުކަމުނުދިއުމަކީ މައްސަލައެއް ނޫނެވެ. ޑޮކްޓަރުން ބުނާގޮތުގައި މިކަން މައްސަލައަކަށް ވާނީ ކުއްޖާއަށް މިކަމުގެ އުނދަގޫވެ ރޮއެ ހަދާނަމަ އެވެ. އަދި މިގޮތަށް އުނދަގުލެއް ނެތި ތިން ހަތަރު ދުވަސް ވުމަށްފަހުވެސް އުނދަގުލެއް ކުއްޖާއަށް ނުވާނަމަ އެކަމުގައި ކަންބޮޑުވުމެއް ނެތްކަމަށް ޑޮކްޓަރުން ބުނެއެވެ.
ތިރީގައި މިވަނީ ތުއްތުކުއްޖާ ބަނޑުހަރުވާނަމަ ކުރެވިދާނެ ބައެއް ކަންކަމެވެ.
ގާތުން ދިނުން ގިނަކޮށްލުން
ކުއްޖާއަށް ދޭ ކިރުގެ ބާވަތް ބަދަލުކޮށްލުން
ގާތުން ދޭނަމަ މަންމަގެ ކެއުމުގައި ފަޅޯ އަދި ފައިބަރ ގިނައިން ހިމެނުން
ކުޑަދަރިފުޅުގެ ބަނޑަށް ފަސޭހަ ކަސްރަތެއް ކުރުވުން
މަސާޖްކުރުން
ތާފަނާ ފެނުން ފެންވަރުވާލުން
ފޯމިއުލާ ދޭނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން
ބަނޑުހަރުވާނަމަ6 މަސްނުވާ ތުއްތުކުދިންނަށް ފެންދިނުމަކީ ބައެއް މީހުން ކޮށްއުޅޭ ކަމެކެވެ. ނަމަވެސް މިއުމުރުގެ ކުއްޖަކަށް ކިރު ނޫން އެހެން އެއްޗެއް ދޭންވާނީ ޑޮކްޓަރުގެ އިރުޝާދުގެ ދަށުންނެވެ.
ދުވަސް ނުފުރާ ކުދިންނަކީވެސް ވަރަށް ގިނައިން ބަނޑުހަރުވުމުގެ އުނދަގޫ ތަހައްމަލްކުރާ ކުދިންނެވެ. ސަބަބަކީ މިކުދިން އުފަންވާއިރު ހަޖަމްކުރާ ނިޒާމްގެ މަސައްކަތްތައް ރަނގަޅަށް ފެށިފައި ނުވުމެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. […] ތުއްތު ކުދިންވެސް ބަނޑުހަރުވުމުގެ އުނދަގޫތައް ތަހައްމަލް ކުރެއެވެ. ބައެއް ކުދިންނަކީ އުފަންވާ ދުވަހުން ފެށިގެން ފުދޭވަރަކަށް ބޮޑުވަންދެންވެސް މި އުނދގޫތައް ތަހައްމަލްކުރާ ކުދިންނެވެ.އަލަށް އުފަންވާ ކުދިންނަށް ކިރު ނޫން އެހެން އެއްޗެއް ނުދެވޭއިރު، މިގޮތަށް… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ