- Advertisement -ad image

ހޯރމޯނަލް އިމްބެލެންސް، މީ ކިހިނެތްވާ ކަމެއް؟

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: އަންޖުމް އިސްމާއިލް މުހައްމަދު

ހޯރމޯނަކީ ތިބާގެ ހަށިގަނޑުގެ ކެމިކަލް އާރުކާޓީންނެވެ. އެންޑޮކްރައިން ގްލޭންޑްތަކުގައި އުފައްދާ މި ވަރުގަދަ ކެމިކަލްތައް ތިބާގެ ލޭގެ ވަށައިގެން ދަތުރުކޮށް، ޓިޝޫތަކާއި ގުނަވަންތަކަށް ކުރާނެ ކަންތައްތައް ކިޔައިދީހަދައެވެ. އެއީ މެޓަބޮލިޒަމް އާއި ރިޕްރޮޑަކްޝަން ފަދަ ހަށިގަނޑުގެ ބޮޑެތި ގިނަ ޕްރޮސެސްތައް ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ މިތުރުންތަކެކެވެ.

 ހޯރމޯންތަކަކީ ކޭކް ރެސިޕީއެއްފަދަ އެއްޗެކެވެ. އެއްވެސް އެއް މާއްދާއެއް މާ ގިނައިން ނުވަތަ މަދުވުމުން މުޅިކޭކަށް އަސަރު ކުރެއެވެ. ހޯރމޯން އިމްބެލެންސް އަކީވެސް ހަމަ މިފަދައިން، ވަކި ހޯރމޯނެއް ނުވަތަ ހޯމޯންތަކެއް ތިބާގެ ހަށިގަނޑުގައި މާ ގިނައިން ނުވަތަ މަދުން އުފެއްދުމެވެ. މިކަމަކީ ކިތަންމެ ކުޑަ ބަދަލުތަކުން ވެސް މުޅި ހަށިގަނޑަށް ފާހަގަކޮށްލެވޭ ބޮޑެތި އަސަރުތަކެއް ގެނުވާނެ ކަމެކެވެ.

ބައެއް ހޯރމޯންތަކަކީ އޭގެ މިންވަރު އަބަދުވެސް އުފުލި އުފުލިފައި ހުންނައިރު، އެކަން ގުދުރަތީ ނިޒާމާއި ގުޅިލާމެހިފައިވެއެވެ. ޔަޢުނީ، ޢުމުރުން ދުވަސްވުމުގެ ނަތީޖާއެއްގެ ގޮތުންވެސް ހޯރމޯނަށް ނަހަމަ އުސޫލެއް އައިސްދާނެކަމެވެ. ނުވަތަ މާބަނޑުވުމާއި ކިރުމައިންގެ ވެސް ހޯރމޯން ހުންނަންޖެހޭ ވަރަށްވުރެ މަތިވެ ތިރިވުން އެކަށީގެންވެއެވެ. އެކަމަކު އެއްވެސް ކަމަކާއި ނުލައި ހަށިގަނޑުން ތަފާތު މައްސަލަތަށް ދައްކުވާނަމަ އެއީ، ތިބާގެ އެންޑޮކްރައިން ގްލޭންޑްތަކަށް ރެސިޕީ ނުބައިކޮށް ނަގައިލެވުމުގެ ނަތީޖާއަކަށްވުން ގާތެވެ.

ތިބާގެ ހޯރމޯންތަކަކީ ތިބާގެ ވަށާޖެހި ސިއްހަތަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ހޯރމޯން އިމްބެލެންސް ވުމުގެ ނަތީޖާއެއްގެ ގޮތުން ފުޅާ ދާއިރާއެއްގެ ނިޝާންތަކާއި އަލާމާތްތައް ފެނަނަ ފަށާނެއެވެ. އޭގެތެރޭގައި މާބޮޑަށް ބަރުވުން ނުވަތަ ކުއްލި ގޮތަކަށް ލުއިވުން، މާބޮޑަށް ބަނޑުހައިވުމާއި ކަރުހިއްކުން، ދެކޮނޑު ދެމެދުގައި ތަންގަނޑެއް އުފުލިފައިވުން، ވަރުބަލިވުން، މޫޑް ސްވިންގްސް، ހަންގަނޑު ހިކުމާއި އިސްތަށިގަނޑު ތުނިވެ ފޭބުން ހިމެނެއެވެ. އަދިވެސް އަދިވެސް ބައިވަރު ޢަލާމާތްތަށް ހިމެނެއެވެ.

މިއިން އެއް އަލާމާތެއް ނުވަތަ ދެ އަލާމާތެއް ފެނުމުގެ މާނައަކީ ތިބާގެ ހޯރމޯންސްގެ ނަހަމަ ކަމެއް ހުރުމެއް ނޫނެވެ. އެކަމަކު އަލާމާތްތަކާއި މެދު ކަންބޮޑުވާނަމަ އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުން ބުއްދިވެރިއެވެ. ސަބަބކީ، މިއީ ހޯރމޯނަލް އެކިއެކި ބަލިތައް ކަމަށްވާ ތައިރޮއިޑް ބަލިތަކަށާއި، ހަކުރުބަލި އަދި ޑިޕްރެޝަން ފަދަ ބަލިތަކުގެ ސަބަބުން ކުރިމަތިވާ ޢަލާމާތްތަކަކަށް ވެދާނެތީއެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢުން ހޯރމޯނަކީ އެހާ ބޮޑު ސަމާލިކަމެއް ދެވޭ އެއްޗަކަށް ނުވި ކަމުގައިވީނަމަވެސް، މިއީ ހަށިގަނޑުގެ މައިގަނޑު އެއް މާއްދާއެވެ. މި ހޯރމޯންތައް އެއްހަމައެއްގައި ބެހެއްޓުމަށް ދިގު ޢުމުރަށް ބޭސްވެސް ކާންޖެހިފައިވާ މީހުން އެބަތިއްބެވެ. އެކަމަކު، މިކަމުން ރައްކާތެރިކަން ހޯދުމުގެ ގޮތުން ދުރާލާ ތައްޔާރުވެ، ކެއުމުގެ ވައްޓަފާޅޮއަށް ހެޔޮ ބަދަލުތައް ގެނެސް ކަސްރަތާއި ހެލިފެލިވުމުގައި ކޮންމެ ދުވަހަކުވެސް ވަޤުތު ހޭދަކުރުން މުހިންމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ