- Advertisement -ad image

ބިހުގެ ގޮބޮޅި ނުކައި އެއްލާލަންވީތަ؟

ad image

ގުޅުންހުރި ލިޔުންތައް

ބިހަކީ ސިއްހަތަށް ދުޅަހެޔޮއެއްޗެއްތޯ ނުވަތަ ނުރަނގަޅު އެއްޗެއްކަމާއި މެދު ޚިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ.  

 އެއްފަރާތުން ބަލާއިރު، އެއީ ޕްރޮޓީން އާއި އެކިއެކި ނިއުޓްރިއެންޓްސް ލިބޭ މޮޅު އަދި އަގުހެޔޮ މަސްދަރެއްގެ ގޮތުގައި ބެލެވޭ ކާނާއެއްކަން ފާހަގަވެއެވެ. އަނެއްކޮޅުން ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި ބިހުގެ ގޮބޮޅިން ކޮލެސްޓްރޯލް މަތިކޮށްދިނުމާއި އަދި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުކޮށްދެއެވެ.

 އެހެންކަމުން، ބިހަކީ ސިއްހަތަށް ފައިދާހުރި ނުވަތަ ގެއްލުން ހުރި އެއްޗެއް ހެއްޔެވެ؟ 

ބިހުގައި މައިގަނޑު ދެ ބައެއް ހިމެނެއެވެ. ބިހުގެ ހުދު ބައި ގައި ގިނައިން އެކުލެވިގެންވަނީ ‘ޕްރޮޓީން’ މި މާއްދާއެވެ. އަދި ބިހުގެ ގޮބޮޅިއަކީ އެކިއެކި ނިއުޓްރިއެންޓްސް އިން މުއްސަނދި ވެފައިވާ މުހިންމު ބައެކެވެ. ބިހުގެ ގޮބޮޅި އާއި ނުލައި ބިސް ކާ ގިނަމީހުން އެހެން އެކަން ކުރަނީ ބިހުގެ ހުދު ބައިގައި އެއްވެސް ވަރަކަށް ފެޓްސް ގެ މިންވަރެއް ނުހިމެނޭތީއާއި އަދި ކެލަރީސް މަދުވުމުންކަން ފާހަގަކޮށްލެވެއެވެ. 

ސާފު ސީދާކޮށް ބުނާނަމަ، ބިހަށް އޭގެ ގޮބޮޅިއާއި އެކު ބަލާއިރު ހަގީގަތުގައިވެސް ކޮލެސްޓްރޯލް މަތިކަމަށް ދިރާސާތަކުން ދައްކައެވެ. ބޮޑު ދެ ބިސް (100 ގްރާމް) ގައި ގާތްގަނޑަކަށް 411 މިލިގްރާމް ކޮލެސްޓްރޯލް ހުންނައިރު، މިއާ ޚިލާފަށް 100 ގްރާމްގެ %30 ފެޓް ގްރައުންޑް ބީފްގައިގައި ހުންނަނީ ގާތްގަނޑަކަށް 78 މިލިގްރާމް ކޮލެސްޓްރޯލްކަމަށް ބެލެވެއެވެ. އެހެނަސް، ކޮލެސްޓްރޯލް ގިނަވުމަކުން އެއީ ވަކި ބިހާއި އޭގެ ގޮބޮޅިން ދުރުވާންވީ ކަމެއްނޫނެވެ. އެއީ މާ ފަހުގެ ނަޒަރިއްޔާއެކެވެ.

ފާހަގަކޮށްލަންޖެހޭ މުހިންމު އެއް ނުކުތާއަކީ، ކާއެއްޗެއްގައި ކޮލެސްޓްރޯލް ގިނައިން ހުރުމަކީ ކޮންމެހެން ލޭގައި ކޮލެސްޓްރޯލްގެ މިންވަރު މަތިވާންޖެހޭ ސަބަބެއްނޫންކަމެވެ. ކޮލެސްޓްރޯލްގެ ދެވައްތަރެއް ވާއިރު އޭގެއިން ހަށިގަނޑަށް ގެއްލުން ދެނީ އެލް.ޑީ.އެލް މި ބާވަތުންނެވެ. އެޗް.ޑީ.އެލް ކޮލެސްޓްރޯލްއަކީ ހަށިގަނޑަށް ފައިދާހުރި އަދި ހަށިގަނޑަށް ބޭނުންވެސް ޖެހިފައިވާ މާއްދާއެކެވެ. އަދި ފަހުގެ ދިރާސަތަކުން ދައްކާގޮތުގައި ބިހުގެ ގޮބޮޅީގައި އެކުލެވިގެންވަނީ އެޗ.ޑީ.އެލް ކޮލެސްޓްރޯލް ކަމަށާއި ބިހުގެ ގޮބޮޅިން އިންސާނާގެ ހަށިގަނޑުގެ ނުބައި ކޮލެސްޓްރޯލްއާއި ހަނގުރާމަކޮށް ތިރިކުރަންވެސް އެހީވެދޭކަމަށް ފާހަގަކޮށްފައިވެއެވެ.

ބިހާއި ގުޅޭ އެކިއެކި ދިރާސާތަކުން ފާހަގަކޮށްލެވޭ ނުކުތާތަކަށް ބަލާލަމާހެއްޔެވެ.

– ދުވާލަކު އެއް ބިހާއި ދެ ބިސް ކެއުމުން ކޮލެސްޓްރޯލްގެ މިންވަރަށް ނުވަތަ ހިތުގެބަލިތަކުގެ ނުރައްކާތެރި ކަންތައްތަކަށް ބަދަލެއް އަންނަކަމަކަށް ނުބެލެވެއެވެ.

– ޕްރީޑައިބެޓީސް ނުވަތަ ހަކުރުބަލި ވެސް ހުންނަ އޯވާރވެއިޓްގެ އިތުރު ނުވަތަ ފަލަމީހުންގެބތެރެއިންނހެދި ދިރާސާގައި، ދުވާލަކު ދެ ބިސް ކެއުމުން ޖުމްލަކޮލެސްޓްރޯލް، އެލްޑީއެލް (ނުބައި) ކޮލެސްޓްރޯލް، ނުވަތަ ގްލައިސެމިކްކޮންޓްރޯލް އަށް މާބޮޑު އަސަރެއް ނުކުރެއެވެ.

– ހަފްތާއަކު ހަތް ބިސް ކެއި އަންހެނުންނަށް ހަފްތާއަކު އެއް ބިސް ކެއުމަށް ވުރެމެޓަބޮލިކް ސިންޑްރޯމް ޖެހުމުގެ ފުރުސަތު ކުޑަކަމަށް ފާހަގަވިއެވެ.

– ލޯ ކާބް ޑައިޓެއްގެ ބައެއްގެ ގޮތުގައި ބިސް ބޭނުންކުރުމަކީ އިންސިއުލިންރެސިސްޓެންސް ނުވަތަ ޓައިޕް 2 ހަކުރުބަލި ހުންނަ މީހުންގެ ހިތުގެ ބަލީގެމާކެރުތައް ރަނގަޅުކޮށްދޭ ކަމެކެވެ.

 263،938މީހުންނާއެކު 17 އޮބްޒަވޭޝަނަލް ދިރާސާއެއްގެ ރިވިއުއަކުން ބިސް ބޭނުންކުރުމާއި ހިތުގެ ބަލިތަކާއި ސްޓްރޯކާއި ގުޅުމެއް ނެތްކަން ފާހަގަކޮށްފައިވެއެވެ.

ވީމާ، ބިހުގެ ގޮބޮޅި ކާހިތްވާ ބޭފުޅުންނަށް ބުނެލަންއޮތީ، ޑޮކްޓަރެއްގެ ނުވަތަ ނިއުޓްރީސަނަލިސްޓް އެއް ނުވަތަ އެހެން ކަމާއި ބެހޭ ސްޕެޝަލިޓްއެއްގެ އިންޒާރެއް ނުވާނަމަ ކަމާއިކަންފަށާ ބިހާއި ބިހުގެ ގޮބޮޅިން ދުރުވުމަކީ ކޮލެސްޓްރޯލާއި، ހިތުގެބައްޔާއި، ފަލަވުމަށް އަސަރެއްކުރުވާ ކަމެއްނޫން ކަމެވެ. ބިހުގެ ގޮބޮޅި ކާހިތްވާނަމަ ކާށެވެ. ކާހިތްނުވާނަމަ އެއްލާނުލައި ކާހިތްޖެހިފައިވާ މީހަކަށް ހަދިޔާކޮށްލާށެވެ. އެއީ ހަމަ ހަޤީޤަތުގައިވެސް ސިއްޙީ ފައިދާތަކުން ފުރިފައިވާ މީ ކެއުމަކަށްވާތީއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ