- Advertisement -ad image

ބޭނުންވަނީ އަތުމުށެއްހާ އަލްމަންޑް ކޮޅެއް!

ad image

ގުޅުންހުރި ލިޔުންތައް

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކެއުމުގެ ބައެއްގެ ގޮތުގައި އާދައިގެ މިންވަރަކަށް ނަޓްސް އާއި ބަދަނާއި އާއި އޮށް ބޭނުންކުރުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. އެންމެ ގިނައިން ފެންނަ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް އެންމެގިނައިން ބޭނުންކުރާ ބަދަނަށް ވެފައި މިވަނީ އަލްމަންޑް ކަމަށް ވާތީ، އޭގެ ފައިދާތަކަށް ނަޒަރު ހިންގާލަމާ ހެއްޔެވެ.

އެއީ ލޭގެ ކޮލެސްޓްރޯލް ދަށްކޮށްދޭ އެއްޗެކެވެ.

 ގަވާއިދުން އަލްމަންޑް ނަޓް ކެއުމުން ލިބޭ އެންމެ ރަނގަޅު އެއް ފައިދާއަކީ ކޮލެސްޓްރޯލްގެ މިންވަރު ކޮންޓްރޯލްކޮށް ދަށްކުރުމަށް އެހީތެރިވެދިނުމެވެ. އެހެންކަމުން، ބީޕީ މަތި މީހުންނަށް މިއީ ވަރަށް ފައިދާހުރި އެއްޗެއްކަމަށް ބެލެވެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އަލްމަންޑުން ހަށިގަނޑުގައި ހުންނަ އެލްޑީއެލް (ނުބައި ކޮލެސްޓްރޯލް) ގެ މިންވަރު ދަށްކޮށްދޭ ކަމަށް ފާހަގަވެއެވެ. އަދި ވިޓަމިން އީ، މެގްނީޒިއަމް އަދި ޕޮޓޭސިއަމް އިން ފުރިފައިވާ މި ބަދަނުން، ވިހަ މާއްދާތަކުން ހަށިގަނޑު ސާފުކޮށްލައި، ލޭހޮޅިތަކާއި ލޭނާރުތަކުން ލޭ ކްލޮޓްވުމުން ދުރުކޮށްދީ ދައުރުވުން އިތުރަށް ފަސޭހަކޮށްދޭ އެއްޗެކެވެ. ރަނގަޅަށް ލޭ ދައުރުވުމަކީ ދުޅަހެޔޮ ހިތަކަށް މަގުފަހިކޮށްދޭ ކަމެކެވެ!

ކަށިތަކަށް ރަނގަޅު އެއްޗެއް

އަލްމަންޑް ކިރުގައި ކެލްސިއަމްގެ މިންވަރު ވަރަށް ބޮޑަށް އެކުލެވިފައިވާތީ، އެއިން ކަށިތައް ވަރުގަދަކޮށްދީ، ފަޅައިގެން ދިއުމާއި، އަނިޔާވުމާއި، ހަލާކުވެ ރެނދުލުމުގެ ނުރައްކާ ކުޑަކޮށްދެއެވެ. އަދި އަލްމަންޑްގައި ހުންނަ ފޮސްފަރަސްގެ މިންވަރު މަތިވުމުގެ ސަބަބުން އެ ބޭނުން ކުރާ މީހުންގެ (ސްކެލެޓަލް) ކަށިގަނޑުގެ ސިއްހަތު އިތުރަށް ތަނަވަސްކޮށްދީ ދުޅަހެޔޮ ކަމަށް ދިރާސާތަކުން ދައްކުވައިދެއެވެ.

ހަކުރުބަލީގެ ބަލިމީހުންނަށް ރަނގަޅު އެއްޗެއް

 އަލްމަންޑަކީ، ކާބޯހައިޑްރޭޓްސް ފުދޭވަރަކަށް މަދު އަދި ފައިބަރު ގިނައިން އެކުލެވޭ އެއްޗަކަށް ވާތީ، ލޭގެ ހަކުރު ރީޑިންގް މެނޭޖް ނުކުރެވޭ މީހުންނަށް ގްލޫކޯޒް ރީޑިންގް ރަނގަޅު ކުރުމަށް އެހީތެރިވެދެއެވެ. އަދި އޭގައި މެގްނީޒިއަމް ގިނަވުމުން ލޭގައި ހަކުރު ރަނގަޅަށް ކޮންޓްރޯލް ކުރުމަށް އެހީތެރިވެދީ، އިންސިއުލިންގެ މަސައްކަތްކުރިއަށްވުރެ ރަނގަޅުކޮށްދޭކަމަށް ދިރާސާތަކުން ދައްކުވައިދެއެވެ.

ބަނޑުހައިހޫނުކަމާއި ކެލޮރީ ކެއުން މަދުކޮށްދެއެވެ

ބަރުދަނަށް ބަލާ މީހުންނަށް ވެސް އަލްމަންޑަކީ ވަރަށް ފާހަގަކޮށްލެވޭ އެއްޗެކެވެ. ސަބަބަކީ، ލޯ ކާބޯހައިޑްރޭޓްސް އަދި ކެލޮރީ ކައުންޓް އޭގައި އެކުލެވޭތީއެވެ. އަދި ނިސްބަތުން ޕްރޮޓީން އާއި ފައިބަރު ގިނައިން ހުންނަ އެއްޗަކަށް ވާތީ، އަވަސް އަވަހަށް ބަނޑުހައުވުމުން ދުރުކޮށްދޭ އެއްޗެއްކަންވެސް ފާހަގަކޮށްލެވެއެވެ.

 އެއް ދިރާސާއަކުން ފާހަގަކުރެވުނު ގޮތުގައި ކެލޮރީ މަދު ކާނާއެއްގެ ގޮތުގައި، މަދުވެގެން އަތުމުށެއްހާ މިންވަރުގެ އަލްމަންޑް އެކުލެވުމާއި، ކެއުމުގައި ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސް ހިމެނޭ ކާނާއާ އަޅާބަލާއިރު، %62 އާއި ހަމައަށް ބަރުދަން ލުއިވުން އިތުރުވެފައިވެއެވެ.

އަދިވެސް އެތަކެއް ފައިދާތަކެއް އެކުލެވޭ މި ބަދަނަކީ ރަނގަޅު ސިއްހަތަކަށްޓަކައި ވަރަށްވެސް ފާހަގަކޮށްލެވޭ މުހިންމު ކަމެކެވެ. ދުވާލަކު އަތުމުށެއްހާ ކަދުރު ކެއުމުގައި ހިފަހައްޓައިގެން ހުރުމަކީ ހަށިގަނޑަށް ދެވޭ ވަރަށްވެސް ފުހަމަ ހަދިޔާއަކަށްވެގެންދާނެކަން ޔަޤީނެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. […] ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކެއުމުގެ ބައެއްގެ ގޮތުގައި އާދައިގެ މިންވަރަކަށް ނަޓްސް އާއި ބަދަނާއި އާއި އޮށް ބޭނުންކުރުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. އެންމެ ގިނައިން ފެންނަ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް އެންމެގިނައިން ބޭނުންކުރާ ބަދަނަށް… އިތުރަށް ވިދާޅުވޭ […]

  2. […] ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކެއުމުގެ ބައެއްގެ ގޮތުގައި އާދައިގެ މިންވަރަކަށް ނަޓްސް އާއި ބަދަނާއި އާއި އޮށް ބޭނުންކުރުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. އެންމެ ގިނައިން ފެންނަ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް އެންމެގިނައިން ބޭނުންކުރާ ބަދަނަށް… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ