- Advertisement -ad image

ނިދުމުގެ ކުރިން ކާލުމަށް ދޮންކެޔޮ!

ad image

ގުޅުންހުރި ލިޔުންތައް

ދޮންކޭލަކީ ސިއްހީ ފައިދާތަކުން ފުރިފައިވާ، ދުވަހުގެ ކޮންމެ ވަގުތެއްގައިވެސް ކާލެވޭ ރަހަމީރު ކާނާއެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު ހެނދުނުގެ ނާސްތާގައި ދޮންކެޔޮ ހިމަނާއލ ކަމަށް ފާހަގަވެއެވެ. އެހެނަސް، ނިދުމުގެ ކުރިން ކާލާ ކުޑަ ކެއުމެއްގެ ފޮތުގައި ދޮންކެޔޮ އިޚްތިޔާރު ކުރުން ކިހިނެތްވާނެބާއެވެ.

ދޮންކެޔޮ އަކީ ނިދުމަށް ރައްޓެހި ލުއި ކާނާއެއް: 

ދޮންކެޔޮ ގައި މެގްނީޒިއަމް، ޕޮޓޭސިއަމް، އަދި ވިޓަމިން ބީ6 ފަދަ މުހިއްމު މާއްދާތައް ހިމެނޭއިރު، މިއީ ނިދުމުގެ ފެންވަރު ރަނގަޅުކޮށްދޭ އެއްޗެކެވެ. މި ނިއުޓްރިއެންޓްތަކުގެ އެހީގައި މަސްތަކުގައި ރިއްސުން ކުޑަކޮށް، ސްޓްރެސް އާއި ހާސްކަން ކުޑަވެ، ނިދި ރެގިއުލޭޓް ކުރާ ސެރޮޓޮނިން އަދި މެލަޓޮނިން ފަދަ ހޯރމޯންތައް އުފެއްދުމަށް އެހީތެރިވެދެ އެވެ.

ނިދުމުގެ އުދަނގޫތަކަށްވާ ގުދުރަތީ ފަރުވާ: 

ނިދި ނުލިބުމާއި، ނުވަތަ ސްޓްރެސް އާއި ގުޅިގެން ނިދުމުގެ އުދަގޫތަކާ ކުރިމަތިލާ ފަރާތްތަކަށް ދޮންކޭލަކީ ފައިދާހުރި އެއްޗެކެވެ. ދޮންކެޔޮގައި ހިމެނޭ މެގްނީޒިއަމްގެ ސަބަބުން މަސްތައް ރިލެކްސްކޮށް ހާސްކަން ކުޑަކޮށްދޭއިރު، ވިޓަމިން ބީ6 އަކީ ޓްރިޕްޓޯފަން ސެރޮޓޮނިން އަށް ބަދަލުވުމުގައި އެހީތެރިވެދޭ އެއްޗެކެވެ. ހަށިގަނޑުގެ ސްޓްރެސް ހޯމޯންސް ތަށް ދަށްކޮށްދީ، ރިލޭކްސޭޝަން ހޯމޯންތައް އިތުރު ކޮށްދިނުމުގެ ސަބަބުން އަވަހަށް ނިދި އައިސް، ނިދީގެ ކޮލީޓީވެސް ރަނގަޅުކޮށްދޭތަން އާދެއެވެ.

ރެސްޓްލެސް ލެގްސް ސިންޑްރޯމް (އާރްއެލްއެސް) އަށް ހައްލެއް:

ރަނގަޅަށް ފައި ނުބޭއްވިގެން ނިދިން މަޙުރޫމުވަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައްމީހުން ބާވައެވެ. ހަމަ ރަނގަޅު އެއްގޮތަކަށްވެސް ފައި ނުބޭއްވޭ ރޭތައް އާދޭހެއްޔެވެ. އައްސިވުމާއި މަޑުމަޑު ވިންދުތަކެއް ޖަހާ ހެން ނުވަތަ އައްސިވޭހެއްޔެވެ. މިއީ ރެސްޓްލެސް ލެގްސް ސިންޑްރޯމްގެ އަލާމާތްތަކެވެ. ފަޔާއި ހެދީ އެތައްއިރަކު ނުނިދި އެކި ގޮތްގޮތަށް ފުރޮޅިލާ އޮންނައޮތުމެވެ. 

ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ދޮންކޭލުގައިވާ މެގްނީޒިއަމް އިން މި ސިންޑްރޯމްގެ އަލާމާތްތައް ހުއްޓުވައި، ބަލިމީހުންނަށް އަރާމު ނިދި ހޯދުމަށް އެހީތެރިވެދެއެވެ. ދޮންކެޔޮ އަކީ ޕޮޓޭސިއަމް ގިނައިން ހުންނަ އެއްޗަކަށް ވާތީ، އާރްއެލްއެސް އާއި ގުޅިގެން އުފެދޭ ނުތަނަވަސްކަން ކުޑަކުރުމަށް ގުދުރަތީ އަދި ފައިދާހުރި ޙައްލަކަށްވުން އެކަށިގެންވެއެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. […] ދޮންކޭލަކީ ސިއްހީ ފައިދާތަކުން ފުރިފައިވާ، ދުވަހުގެ ކޮންމެ ވަގުތެއްގައިވެސް ކާލެވޭ ރަހަމީރު ކާނާއެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު ހެނދުނުގެ ނާސްތާގައި ދޮންކެޔޮ ހިމަނާއލ ކަމަށް ފާހަގަވެއެވެ. އެހެނަސް، ނިދުމުގެ ކުރިން ކާލާ ކުޑަ ކެއުމެއްގެ ފޮތުގައި… އިތުރަށް ވިދާޅުވޭ […]

  2. […] ދޮންކޭލަކީ ސިއްހީ ފައިދާތަކުން ފުރިފައިވާ، ދުވަހުގެ ކޮންމެ ވަގުތެއްގައިވެސް ކާލެވޭ ރަހަމީރު ކާނާއެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު ހެނދުނުގެ ނާސްތާގައި ދޮންކެޔޮ ހިމަނާއލ ކަމަށް ފާހަގަވެއެވެ. އެހެނަސް، ނިދުމުގެ ކުރިން ކާލާ ކުޑަ ކެއުމެއްގެ ފޮތުގައި… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ