- Advertisement -ad image

ސޮސެޖަށް ސަމާލުވަމާ!

ad image

ގުޅުންހުރި ލިޔުންތައް

ސޮސެޖަކީ ފަހަކަށް އައިސް އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައި ގިނަ އަދަދަކަށް ބޭނުންކުރަން ފެށިފައިވާ ކާނާއެކެވެ. ހެނދުނުގެ ނާސްތާއަށް ރޮއްޓާ ޖަހައިގެންނާއި މެންދުރުގެ ސްޕެގެޓީ ސޯސްގަނޑަށް ނުވަތަ ހަވީރުގެ ސޮސެޖްރޯލްސް ހެދިކާއަށްވެސް ނުހަނު ގިނައިން ބޭނުންކުރާ އެއްޗެކެވެ. ތުއްތު ކުދިންނަށް ވަރަށް ފަސޭހައިން ދެވޭ ކެއުމެއްކަންވެސް ފާހަގަވެއެވެ. ނަމަވެސް އޭގެ ގެއްލުންތައް އިންތިހާއެވެ.  

ޕްރޮސެސްޑް ކެއުންތަކަކީ ދޭތެރެ ދޭތެރެއިން ކެއުމުން މާބޮޑު ނުރައްކަލެއްވާ އެއްޗެއް ނޫން ނަމަވެސް، އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ސޮސެޖަށް ބަރޯސާވެވޭ މިންވަރު ބޮޑުވެފައިވާތީ، މީގެ ގެއްލުންތަކަށް އަހުލުވެރިވުން މުހިންމުކަމަށް ދެކެމެވެ.

ފުރަތަމަ ކަމަކަށް، ކާބޯތަކެތީގެ ކުންފުނިތަކުން ސޮސެޖްފަދަ ތަކެތި ޕްރޮސެސް ކުރުމުގެ މަރުޙަލާގައި ގެއްލުން ހުރި ބައެއް މާއްދާތައް ބޭނުންކުރާކަމަށް ދިރާސާތަކުން ދައްކާއިރު، މި ކެމިކަލް ތަކާއި މާއްދާތަށް ސޮސެޖް ޕެކެޓްތަކުގައި ނުހިމަނާ ފޮރުވާކަން ވަނީ އެތަކެއް ފަހަރު މަތިން ފާހަގަކޮށްފައެވެ. އަދި މީގެ އިތުރުންވެސް ސޮސެޖް ލޮނުލުމާއި، ކިޔޯކުރުމާއި، ދުންއަރުވާ، ރަހަތަށް އެކުލަވާލައި، އަދިވެސް ޕްރޮސެސިންގް އެހެނިހެން ކަންކަން ކޮށް، ޝެލްފް ލައިފް އިތުރު ކުރުމަށްޓަކައި އެތަކެއް ކެމިކަލް ތަކެއް ބޭނުން ކުރާކަމަށް ދިރާސާތަކުން ދައްކުވައިދެއެވެ.

ދެވަނަކަމަކަށް، ރަތް މަހުގައި ގުދުރަތީ ގޮތުން ހުންނަ ނައިޓްރައިޓްސް އާއި ނައިޓްރޭޓްސް ފަދަ ކެމިކަލްތައް ސޮސެޖް ޕްރޮސެސް ކުރާއިރު ޕްރިޒަރވޭޓިވްއެއްގެ ގޮތުގައި ބޭނުންކުރެއެވެ. މި ކޮމްޕައުންޑްތައް ހަށިގަނޑުގައި ކެންސަރު ޖައްސާ ކެމިކަލްތަކަށް ބަދަލުވެ، ބަނޑުގެ ކެންސަރަށް މަގުފަހިކޮށްދިނުން އެކަށީގެންވެއެވެ.

މީގެ އިތުރުން ސޮސެޖަކީ ނިސްބަތުން ސަރުބިއާއި އާއި ލޮނު ގިނައެއްޗެކެވެ. އަދި ލޭމައްޗަށް ދިޔުމާއި ވަރަށް ބޮޑަށް ގުޅިފައިވާ ނުރައްކާތެރި އެއްޗެކެވެ. އަދި ސަމާލުވާންޖެހޭ ކަމަކީ، ހަކުރުބައްޔާއި ހައިޕަރޓެންޝަން (ލޭމައްޗަށްދިޔުން) އަކީ ގުޅިލާމެހިފައިވާ ދެއެކުވެރިން ފަދަ ބަލިތަކެވެ. މާގިނައިން ލޮނު ބޭނުންކުރުމުން ހައިޕަރޓެންޝަން ގޯސްވެ ލޭގެ ހަކުރުގެ މިންވަރަށް ވެސް އަސަރު ފޯރާފާނެކަމަށް ބެލެވެއެވެ.  

ސޮސެޖަކީ ކާލަން ކިތަންމެ މީރު އެއްޗެއް ކަމުގައިވީނަމަވެސް، ނުރައްކާތެރި ބަލިތަކަށް ހަށިގަނޑު މިސްރާބުޖަހުވާލާ އެއްޗެއްކަން ދިރާސާތަކުން ދައްކުވައިދެއެވެ. އަދި އެއަކީ އެކާވަގުތުގައި ނުރައްކާތެރި ސައިޑްއިފެކްސް ފެންނަން ހުންނަ އެއްޗަކަށް ނުވިނަމަވެސް ދުރު މުސްތަޤުބަލަށް ބަލާނަމަ އާންމުގޮތެއްގައި ކާން ހެޔޮވާވަރު އެއްޗެއް ނޫނެވެ. ކިތަންމެ މީރަސް ސަމާލުވާން އެބަޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. […] ސޮސެޖަކީ ފަހަކަށް އައިސް އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައި ގިނަ އަދަދަކަށް ބޭނުންކުރަން ފެށިފައިވާ ކާނާއެކެވެ. ހެނދުނުގެ ނާސްތާއަށް ރޮއްޓާ ޖަހައިގެންނާއި މެންދުރުގެ ސްޕެގެޓީ ސޯސްގަނޑަށް ނުވަތަ ހަވީރުގެ ސޮސެޖްރޯލްސް ހެދިކާއަށްވެސް ނުހަނު ގިނައިން… އިތުރަށް ވިދާޅުވޭ […]

  2. […] ސޮސެޖަކީ ފަހަކަށް އައިސް އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައި ގިނަ އަދަދަކަށް ބޭނުންކުރަން ފެށިފައިވާ ކާނާއެކެވެ. ހެނދުނުގެ ނާސްތާއަށް ރޮއްޓާ ޖަހައިގެންނާއި މެންދުރުގެ ސްޕެގެޓީ ސޯސްގަނޑަށް ނުވަތަ ހަވީރުގެ ސޮސެޖްރޯލްސް ހެދިކާއަށްވެސް ނުހަނު ގިނައިން… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ