- Advertisement -ad image

އަމިއްލަ ހަށިގަނޑުން ބަރުދަން ލުއިވުން ހުއްޓުވައިދޭ 4 ގޮތެއް!

ad image

ގުޅުންހުރި ލިޔުންތައް

އެތަކެއް މަސައްކަތްތަކެއް ކުރަމުން، ކަސްރަތު ކުރަމުން، އެކިއެކި ޑައެޓް ކުރަމުން ނުވީތާކަށް ދަންނަ ހުރިހާ ސިއްޙީ ރަނގަޅެއްގައި ހިފައިގެންވެސް ބަރުދަން ލުއި ނުކުވާނަމަ، އެކަމުގައި ކޮންމެވެސް ނުބައެއް އުޅެނީތާއެވެ. މިއީ ކިހިނެތްވާ ކަމެއްބާއެވެ.  

ޖަވާބަކީ ހޯމޯންސްއެވެ. ކިތަންމެ ވަރަކަށް ނުކައި، ނުވަރަ ހަކުރާއި ދުރުވެ އަދި އެތަކެއް ކިލޯމީޓަރު ދުވިކަމުގައިވީނަމަވެސް، ހަށިގަނޑުގެ އެކުލެވޭ އެކިއެކި ހޯމޯންސްގެ މައްސަލައެއްވާނަމަ ބަރުދަންލުއިކޮށް އަދި ހަށިގަނޑު ހިއްކާލުމަކީ ވަރަށްވެސް މާޔޫސްކުރަނިވި އުނދަގޫ ކަމެކެވެ. ބައެއްފަހަރަށް މީހުންގެ ހަގީގީ މެޓަބޮލިކް، ހޯރމޯނަލް އަދި ފިޒިއޮލޮޖިކަލް ނަހަމަތަކެއްގެ ސަބަބުން ބަރުދަން ލުއިކުރުމަށް ހަށިގަނޑު ދެކޮޅުހަދާތަންވެސް އާދެއެވެ.  

ތަފާތު ޑައިޓްތަކާއި ކަސްރަތު ރޫޓިންތަކުން ކާމިޔާބެއް ނުލިބިއްޖެނަމަ، މައްސަލައަކީ ތިރީގައިވާ ކޮންމެވެސް އެއް ވައްތަރެއްގެ ހޯރމޯން އިމްބެލެންސްއަކުން ކަމަށްވުން އެކަށީގެންވެއެވެ.

ތައިރޮއިޑް އިމްބެލެންސް: ތިބާގެ ތައިރޮއިޑް ދަށްވެ ނުވަތަ “ލަސް”ވެފައި ހުރުމުން ބަރުދަން އިތުރުވުމަށް ވަރަށް ފަސޭހަވެ، ލުއިކުރަން އުނދަގޫވެދާނެއެވެ. ތައިރޮއިޑް ގްލޭންޑަކީ މެޓަބޮލިޒަމް އެއްހަމައެއްގައި ބެލެހެއްޓުމުގެ ޒިންމާ އުފުލާ އެއްޗަކަށް ވާއިރު، ތައިރޮއިޑް ހޯރމޯން ދަށްވުމުގެ ސަބަބުން ވަރުބަލިވެ، ހަކަތައެއްނެތް ކަމުގެ އިޙްސާސުވެ، ކާއެއްޗިހި ވަރަށް ގަދައަށް ކާންބޭނުންވެ، ގިނައިން ކެވި އަދި ބަރުދަން އިތުރުވެގެންދާން މަގުފަހިވެގެންދެއެވެ.

އެޑްރިނަލް އިމްބެލެންސް: މިއީ މާގިނައިން ސްޓްރެސްވުމުން، އެއީ ކިތަންމެ ކުޑަކޮށް ކަމުގައިވީބަމަވެސް ހަށިފަނޑުގައި ކޮރޓިސޯލް ނަމަކަށް ކިޔާ ހޯމޯންއެއް އިތުރުވެ، ހަށިގަނޑުގެ އުނަގަނޑުގެ ވަށައިގެން ސަރުބީ ޖަމާވުންކަމަށް ބެލެވެއެވެ. އެޑްރިނަލް ގްލޭންޑްތަކުގެ ޒިންމާއަކީ، ފުރާނައަށް ނުރައްކާވާ ކުއްލި ހާލަތްތަކާއި އެހެނިހެން ބާވަތްތަކުގެ ސްޓްރެސްތަކުން ރައްކާތެރިކުރުމަށެވެ. ސްޓްރެސްގެ ޙާލަތް ފިލަންދެން ކޮރޓިސޯލް ހޯމޯން ދޫކުރާއިރު، އަބަދު ކަމަކާއި ކަންބޮޑުވެފައި ހުންނަ މީހާ، އޭނާއަށް އެކަން އާންމު ދިރިއުޅުމުގެ ހާލަތްކަމަށް ޤަބޫލުކުރެވުނެއްކަމަކު، މި ހޯމޯންތަކަށް މެސެޖް ނުލިބި ހޯމޯންތަށް ދޫކުރުންމަތީ ދެމިތިބެއެވެ. އެހޯމޯން ގިނަވަޤުތު ދެމިހުރުމުގެ ސަބަބުން މޫޑު ގޯސްވެ، ހަކުރުލީ އެއްޗިހިފަދަ ކާއެއްޗިހި ގިނައިން ކެވި ޙަށިގަނޑުގެ ބަނޑުގައްޔާއި އުނަގަނޑުފައި ސަރުބިލުން އެކަށީގެންވެއެވެ.

ރިޕްރޮޑަކްޓިވް ހޯރމޯން އިމްބެލެންސް: ޓެސްޓޮސްޓިރޯންގެ މިންވަރު މަތިވުމުން ނުވަތަ އެސްޓްރޮޖެން ދަށްވުމުން، ހަށިގަނޑުގައި ސަރުބި އިތުރުކުރާ ހޯރމޯންތައް އުފެދިގެންދެއެވެ. މިފަދަ ހޯރމޯން އިމްބެލެންސް އާއި ގުޅުންހުރި ބަލިތައް، މިސާލަކަށް އަނހެނުންގެ ރަހިމަށްޖެހޭ ޕީސީއޯއެސް، ޕީއެމްއެސް އަދި މެނޮޕޯޒްގެ ޢަލާމާތްތަށް ތަހަންމަލުކުރާ މީހުންނަށް ބަރުދަން ލުއިނުވެ އިންތިހާއަށް އިތުރަށް ބަރުވާތަންއާދެއެވެ.

އިމްބެލެންސްތަކުގެ މިކްސްއެއް: މިފަދަ ހޯރމޯން މައްސަލައެއްނަމަ، މުޅި އެންޑޮކްރައިން ނެޓްވޯކްގެ ބެލެންސް ބަދަލުވެ، މި ތިން މައްސަލައިގެ ވެސް ވަރުގަދަ މިކްސްއެއް ތަޖުރިބާ ކުރެވިދާނެ އެވެ. އެހެނަސް މާޔޫސްނުވާށެވެ. މިކަމަށް ޙައްލެއް އެބައޮތެވެ. އެކިއެކި މަސައްކަތް ކޮށްގެންވެސް ލުއިނުވާނަމަ، އެހިސާބުން އަމިއްލަ ހަށިގަނޑު ދެނެގަނެ މަތީގައި ދެންނެވިފައިވާ އެއްވެސް ހޯމޯން އިމްބެލެންސެއްގެ ޢަލާމާތެއް ހުރިތޯ ބެލަންވާނެއެވެ. އަދި ބަރުދަން ލުއިކުރުމަށްވުރެ ބޮޑަށް އިސްކަންދޭންވީ ހޯމޯންތަށް ސްޓޭބަލައިޒް ކުރުމެވެ. އެހެންކަމުން، ލަސްނުކޮށް (އެންޑޮކްރިނޮލޮޖިސްޓް) ހޯމޯން ސްޕެޝަލިސްޓަކަށް ދައްކާލައި ހޯމޯން ޓެސްޓުތަށް ހެދުން މުހިންމެވެ. މިޓެސްޓުތަށް ހަދާލުމުން މަތިވެފައިވާ ނުވަތަ ދަށްވެފައިވަނީ ކޮން ހޯމޯންތަކެއްކަން ދެނެގަނެވިމައްސަލަ ސާފުވެ ދެން ނަގަންވީ ފިޔަވަޅުތަށް އެނގިގެންދާނެތާއެވެ. 

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ