- Advertisement -ad image

އިސްތަށިގަނޑުގެ ހެދިބޮޑުވުމަށް: ފިޔާ ދިޔަ

ad image

ގުޅުންހުރި ލިޔުންތައް

ފިޔާ އަކީ ބަދިގޭގައި ކޮންމެދުވަހަކުވެސް އޭގެ ބޭނުމަށްޖެހޭ، ގިނަ ކެއުންތަކަށް ރަހަ އާއި ޓެކްސްޗާ އިތުރުކޮށްދޭ އެއްޗެކެވެ. އާބްމުކޮށް ފިޔާ ބޭނުންކުރުމާއި ޚިލާފަށް ބައެއް މީހުން ބުނާ ގޮތުގައި މި ތަރުކާރީއަކީ ދުޅަހެޔޮ، ވިދާ އިސްތަށިގަނޑެއްގެ ތަޅުދަނޑި ހިފަހައްޓާ އެއްޗެކެވެ.

ފިޔާ ޖޫހަކީ އިސްތަށިގަނޑަށް އެންމެ ހިތްގައިމު ވަސް ދުވާ އެއްޗަކަށް ނުވެދާނެ ނަމަވެސް، ދިރާސާތަކުން ދައްކާގޮތުގައި ފިޔާގައި އިސްތަށިގަނޑު ހެދިބޮޑުވުމަށް ބާރުއަޅާ މާއްދާތަކެއް ހުރުމުން އިސްތަށިގަނޑު ބޯވެ، ފުރިހަމަ ވުން އެކަށީގެންވެއެވެ.

ފިޔާގައި ޑައިޓޭރިއަން ސަލްފަރ ގިނައިން ހުންނަކަމަށްވެއެވެ. މިއީ އިސްތަށިގަނޑަށް ބޭނުންވާ ކެރެޓިން އެކުލެވޭ ޕްރޮޓީންތަކުގެ ބިލްޑިންގ ބްލޮކްސް ކަމަށްވާ އެމިނޯ އެސިޑްގެ މުހިއްމު ބައެކެވެ. މިމާއްދާތަށް ފިޔާގައި ހިމެނޭތީވެ، ފިޔާ ޖޫސް ބޮލުގެ އިސްތަށިގަނޑުގައި އުނގުޅުމުން އިސްތަށިގަނޑު ހެދިބޮޑުވެ، އިސްތަށިގަނޑު ވަރުގަދަވެ، އިސްތަށިގަނޑުގައި ހަންފޮޅުމާއި، އިސްތަށި ފޭބުމުން ރައްކާތެރިކޮށްދެއެވެ.

އަދި މީގެ އިތުރުން، ބޮލުގެ އިސްތަށިގަނޑުގައި ލޭދައުރުވުން ދަށްވުމަކީ އިސްތަށިގަނޑު ފަޅައިގެން ދިއުމަށް ދިމާވާ ކަމަކަށް ވާއިރު، ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ފިޔާ ޖޫހުގައި ހިމެނޭ ކޮމްޕައުންޑެއްކަމަށްވާ ކުއެރސެޓިން އިން ލޭ ދައުރުވުން އިތުރުކޮށްދީ، އިސްތަށިގަނޑުގެ ފޮލިކަލްތަކަށް ކާނާ ލިއްބައިދީ، ވަރުގަދަ ކޮށްދީ، ދުޅަހެޔޮ އިސްތަށިގަނޑެއް ހެދުމަށް ބާރުއަޅައިދެއެވެ.

ފިޔާ ޖޫހުން ބޮލުގެ އިސްތަށިގަނޑު މަސާޖު ކުރުމަކީ އިސްތަށިގަނޑު ހެދިބޮޑުވުމުގެ އިތުރުން އަދިވެސް އިތުރު ފައިދާތަށް ގެނުވައިދޭ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބޮލުގެ އިސްތަށިގަނޑު މަސާޖު ކުރުމުން އިސްތަށިގަނޑުގެ ބޯމިން އިތުރުވެ، ފިޔާ ޖޫހުގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން އުމުރާ ގުޅިގެން އިސްތަށިގަނޑުގެ ކުލަ އަޅިވުން ލަސްވެ، އުމުރުން ދުވަސްވާ ވަރަކަށް އިސްތަށިގަނޑުގެ ގުދުރަތީ ކުލަ ދެމެހެއްޓުމަށް އެހީތެރިވެދެ އެވެ.

އެކިއެކި ދިރާސާތަކުން ދައްކާ ގޮތުގައި އިސްތަށިގަނޑުގައި ފިޔާ ޖޫސް ބޭނުންކުރުމަކީ ޑެންޑްރަފް (ހަންފޮޅުން) ކޮންޓްރޯލްކޮށް އިސްތަށިގަނޑުގެ ވިދާލުމާއި ދިއްލުން އިތުރުކޮށްދޭ ކަމެއްކަމަށް ބެލެވެއެވެ.

ފޮޔާގެ ދިޔަ ހަދާނެ ގޮތާއި ބޭނުން ކުރާނެގޮތް

ދެތިން ތާޒާ ރަނގަޅަށް ނޮޅައި ސާފުކޮށްލުމަށްފަހު، މެދު ސައިޒުގެ ފިޔާ ފުޑް ޕްރޮސެސަރ ނުވަަތަ ބްލެންޑަރ ނުވަތަ ޖޫސަރ އަކުން ޗިސް ކޮށްލުމަށްފަހު މުސްލިން ފޮތިކޮޅަކުން ނުވަތަ ފުރޭނިއަކުން ފުރާނާލާނީއެވެ.

ކޮޓަން ބޯލް ނުވަތަ އެޕްލިކޭޓަރ ފުޅިއެއް ( ސާފުކޮށްފައިވާ ހުސް ޝޭމްޕޫ ފުޅިފަދަ) ބޭނުންކޮށްގެން ފިޔާ ޖޫސް ސީދާ ބޮލުގެ އިސްތަށިގަނޑާއި އިސްތަށިގަނޑުގެ މުރަކަތަކުގެ ވަށައިގެން އުނގުޅާލާށެވެ.

އިނގިލި ބޭނުންކޮށްގެން ފިޔާ ޖޫސް މަޑުމަޑުން ބޮލުގެ އިސްތަށިގަނޑަށް މަސާޖުކޮށްގެން ލޭ ދައުރުވުން އިތުރުކޮށްލާށެވެ.

 ފިޔާ ޖޫސް ބޮލުގެ އިސްތަށިގަނޑުގައި 30 މިނެޓެއްހާއިރު ބަހައްޓަންވާނެއެވެ. ބޭނުންނަމަ، ޝަވަރ ކެޕް އެއް ނުވަތަ ކޮތަޅެއްގެ އެހީގައި އިސްތަށިގަނޑު ނިވާކޮށްގެން ތެތްކަމާއި ފިޔާގެ ވަސް ބަންދު ކޮށްލެވިދާނެއެވެ.

ދެން ފިޔާ ޖޫހާއި އޭގެ ވަސް ފިލުވައިލުމަށް މަޑު ޝޭމްޕޫއަކުން އިސްތަށިގަނޑު ރަނގަޅަށް ދޮވެލާށެވެ.

މިއީ އިސްތަށިގަނޑުގެ ހަންފޮޅޭ ބޭފުޅުންނާއި، އިސްތަށި ފައިބާ ދޭފުޅުންނާއި އެހެނިއެން އިސްތަށިގަނޑުގެ ތަކުލީފުތަށް ތަހަންމަލުކުރާ ބޭފުޅުންނަށް ފައިދާ ކުރަނިވި ‘ހޯމް ރެމެޑީ’ އަކަށްވުން އެކަށީގެންވެއެވެ. މިކަމުގެ އަޖުމަ ބަލައިލަމާތޯއެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ