- Advertisement -ad image

ކޮންމެ ރެއަކުވެސް ގަދަ ނިންޖެއް ލިބޭތޯ ބަލަންވީ މިހެންވެ

ad image

ގުޅުންހުރި ލިޔުންތައް

ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމައްޓަކައި ނިދުމަކީ ވަރަށް ބޮޑު ރޯލެއް ކުޅޭ އެއްޗެކެވެ. ބައެއް މީހުންނަށް އެކި ސަބަބުތަކާއި ހުރެ ރޭގަނޑުގެ ނިދީގެ ލައްޒަތުން މަޙްރޫމުވެފައިވާއިރު އަނެއްބައިމީހުން ގޭމް ކުޅުމުގައިޔާއި އެކިއެކި ސީރީޒްތަކުގައި ޖެހިވެސް ނިދި ނަގާލާތަން އާދެއެވެ. ނިދަންޖެހޭވަރަށް ނުނިދުމުން އޭގެ ނޭދެވޭ އަސަރު ފާހަގަ ނުވި ނަމަވެސް، އޭގެ ސަބަބުން ބޮޑެތި ބަލިތަކުގެ ޝިކާރައަކަށް ވެދާނެ ކަމަށް ސިއްޙީ މާހިރުން ބުނެފައިވެއެވެ.  

ނިދިޖެހި ނޮން ރެމް ނިދުމަށް ހަށިގަނޑަށް ވަދެވުމުން ލޭގެ ޕްރެޝަރާއި ހިތުގެ ދުވެލި ދަށްވެގެންދެއެވެ. ނިދުމުގެ ތެރޭގައި ތިބާގެ ޕެރަސިމްޕެތެޓިކް ސިސްޓަމް ތިބާގެ ހަށިގަނޑު ކޮންޓްރޯލް ކުރާއިރު، ތިބާގެ ހިތް ހޭލާ ހުންނައިރު ކުރާ ވަރުގެ ބުރަ މަސައްކަތެއް ނުކުރެއެވެ. ރެމް ސްލީޕް އިން ހޭލާއިރު ރިލެކްސް ވެފައިވާ ހިތުގެ ދުވެލި އާއި ލޭގެ ޕްރެޝަރު އާންމު މިންވަރަށް އިތުރުވެގެންދެއެވެ. ރޭގަނޑު ފުރިހަމަ ނިދި ނުލިބި، މާގިނައިން ހޭލެވުމަކީ ލޭގެ ޕްރެޝަރާއި ހިތުގެ ދުވެލި ވަރަށް ބޮޑަށް އިތުރުވެ މޭގައި ރިއްސުމާއި ހާޓް އެޓޭކް ޖެހުމާ ގުޅުން ހުރި ކަމެއް ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

ހަށިގަނޑުގައި ސަރުބީ ގެންގުޅޭ ގޮތް ތަފާތު ގަޑިތަކަށް ބަހާލާފައި ވާއިރު، އޭގެ ތެރޭގައި ފުރަމޭ، ސަރުބީ، އަދި މަސްގަނޑުގައި ހުންނަ ސަރުބީ ވިރުވާ ގަޑިތައް ހިމެނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެކަށީގެންވާ ފެންވަރުގެ ނިދި ނުލިބުމަކީ ހަށިގަނޑުގެ ތެރޭގައި ލެޕްޓިން އާއި ގްރެލިން ހިމެނޭ ގޮތަށް ބަނޑުހައިހޫނުކަން ކޮންޓްރޯލްކުރާ ހޯރމޯންތަކުގެ މިންވަރު މަތިވެ، އިންސިއުލިން އަށް ރައްދުދިނުމުގެ ޤާބިލުކަން ދަށްވެ، ސަރުބިއާއި ފިނި ކާނާއާއި ލޮނު ކާނާ އެކުލެވޭ ކާބޯތަކެތި ބޭނުންކުރުން އިތުރުވެ އަދި ޖިސްމާނީ ހަރަކާތްތެރިކަން މަދުވެގެންދާނޭ ކަމެކެވެ.

ނިދުމަކީ އުނގެނުމާއި ދިގުމުއްދަތުގެ ހަނދާންތައް އުފެދުމަށް އެހީތެރިވެދޭ ކަމެކެވެ. އެކަށީގެންވާ ވަރަށް ނިދި ނުލިބުމުން މަސައްކަތަށް ފޯކަސްކޮށް ސާފުކޮށް ވިސްނުމުގައި މައްސަލަތައް ކުރިމަތިވުން އެކަށީގެންވެއެވެ.

އެކަށީގެންވާ ނިދި ލިބުމަކީ މުހިއްމު ކަމެއް ނަމަވެސް ނިދުމުގެ ފެންވަރަކީ ވެސް ވަރަށް ބޭނުންތެރި ކަމެކެވެ. ނިދުމުގެ ފެންވަރު ދަށްވުމުގެ އަލާމާތްތަކުގެ ތެރޭގައި އެކަށީގެންވާ ނިދި ލިބުމުންވެސް ނިދި ނުވަތަ ވަރުބަލިކަން އިހުސާސްވުމާއި، ރޭގަނޑު ތަކުރާރުކޮށް ހޭލެވުމާއި، ނިދުމުގެ އުދަނގޫއެއްގެ އަލާމާތްތައް (ގުގުރި ދެމުން ނުވަތަ ނޭވާލާން ކުއްލިއަކަށް އުނދަގޫވުން) ފެނުން ހިމެނެއެވެ. ނިދުމުގެ އާދަތައް ރަނގަޅު ކުރުމަކީ ނިދުމުގެ ފެންވަރު ރަނގަޅުވެދާނެ ކަމެކެވެ. ނިދުމުގެ އުދަނގޫއެއްގެ އަލާމާތްތައް ފެންނަނަމަ، މިސާލަކަށް ރޭގަނޑު ނިދަންޖެހޭވަރަށް ނިދުމަށްފަހު ދުވާލު ވަގުތު ވަރަށް ނިދި އައުން ފަދަ އަލާމާތްތައް ހުންނަނަމަ، ކަމުގެ މާހިރަކަށް ދެއްކުން މުހިންމެވެ. 

ފެންވަރު ރަނގަޅު ނިންޖެއް ހޯދުމައްޓަކައި ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި،

– ކޮންމެ ރެއަކު އެއްގަޑިއެއްގައި ނިދާއި ކޮންމެ ދުވަހަކު ހެނދުނު އެއްގަޑިއެއްގައިތެދުވުން. ހަފްތާ ބަނދުގައިވެސް ހަމަ މިގޮތަށް އަމަލުކުރުން

– ނިދާ ކޮޓަރިއަކީ ހަމަހިމޭން، އަނދިރި، އަރާމު، އަދި ރަނގަޅު ފިނިހޫނުމިނެއްގައި ހުންނަ ކޮޓަރިއެއްކަން ޔަގީން ކުރަންވާނެއެވެ.

– ނިދާކޮޓަރިން ޓީވީ، ކޮމްޕިއުޓަރ، ފޯނު ފަދަ އިލެކްޓްރޯނިކް އާލާތްތަކުން ދުރުކުރުން.

– ނިދުމުގެ ކުރިން ބޮޑެތި ކެއުންތަކާއި، ކެފެއިން ހިމެނޭ ކާނާ ފަދަ ތަކެތި ކެއުމުން ދުރުހެލިވުން

– ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުން.

– ކޮންމެވެސް ވަރަކަށް ކަސްރަތު ކޮށްލުން. ދުވާލު ވަގުތު ޖިސްމާނީ ގޮތުން ހަރަކާތްތެރިވުމަކީ ރޭގަނޑު ފަސޭހައިން ނިދުމަށް އެހީތެރިވެދޭނެ ކަމެކެވެ.

އާންމުކޮށް އެކަށީގެންވާ ނިދި ނުލިބުމަކީ ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ނުރައްކާ ބޮޑުވެދާނެ ކަމެކެވެ. އަދި ތިމާގެ ވިސްނުމާއި، ރިއެކްޓްކުރުމާއި، މަސައްކަތްކުރުމާއި، ދަސްކުރުމާއި، އެހެން މީހުންނާ ގުޅިގެން އުޅޭ މިންވަރަށް ވެސް އޭގެ އަސަރު ފޯރާފާނެކަމެކެވެ. ވީމާ، ކިތަންމެ ބުރަކޮށް އުޅުނަސް 7 ގަޑޮއިރާއި 9 ގަޑިއިރާއި ދެމެދުގެ ނިދި ހޯދޭތޯ ބަލަމާތޯއެވެ. 

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. […] ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމައްޓަކައި ނިދުމަކީ ވަރަށް ބޮޑު ރޯލެއް ކުޅޭ އެއްޗެކެވެ. ބައެއް މީހުންނަށް އެކި ސަބަބުތަކާއި ހުރެ ރޭގަނޑުގެ ނިދީގެ ލައްޒަތުން މަޙްރޫމުވެފައިވާއިރު އަނެއްބައިމީހުން ގޭމް ކުޅުމުގައިޔާއި އެކިއެކި ސީރީޒްތަކުގައި ޖެހިވެސް ނިދި ނަގާލާތަން… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ