ވިޓަމިންއަކީ އަހަރެމެން އެންމެން ވެސް އެދޭ ދުޅަހެޔޮ ދިރިއުޅުމަކަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. އެހެންނަމަވެސް އެހާ ވައްތަރުގެ ވިޓަމިންތައް ބަލަހައްޓަން ޖެހުމުން ބައެއް ވިޓަމިންތައް މަތިން ހަނދާންނެތޭ ފަހަރުވެސް އާދެއެވެ.
މިސާލަކަށް ބީ ވިޓަމިންގައި ވެސް 8 އަށްވުރެ ގިނަ ވައްތަރުތައް ހުރެއެވެ. ވިޓަމިންސް އިން މި ސީރީޒް ފަށަނީ ލައިނަޕްގައި ހިމެނޭ ފުރަތަމަ: ވިޓަމިން ބީ1 އިންނެވެ. މިއީ ތިމާއަށް ކިހާ މުހިންމު އެއްޗެއްކަމާއި ވިޓަމިން ބީ1 މަދުކަން ދެނެގަންނާނެގޮތް އެނގިފައި އޮތުމަކީ މުހިއްމު ކަމެކެވެ.
ވިޓަމިން ބީ1 ހަށިގަނޑުގައި އަދާކުރަނީ ކޮން ރޯލެއް؟
ވިޓަމިން ބީ1 ނުވަތަ ތިއަމިން އަކީ ހަށިގަނޑުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. މިއީ ގިނަ މަސައްކަތްތަކެއް އެކުލެވިގެންވާ އަދި ދުޅަހެޔޮ މެޓަބޮލިޒަމަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ.
އެގޮތުން ކާބޯހައިޑްރޭޓްސް ހަކަތައަށް ބަދަލުކުރުމަށް ވިޓަމިން ބީ1 ބޭނުންވެއެވެ. މީގެ އިތުރުން ވިޓަމިން ބީ1 އަކީ ނާރުގެ ސެލްތަކުގެ މަސައްކަތްތަކަށް އެހީތެރިވެދޭ އަދި ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ދައުރެއް އަދާކުރާ އެއްޗެކެވެ.
ވިޓަމިން ބީ1 ހޯދާނީ ކޮންތާކުން؟
ތަފާތު ކާނާ ކެއުމުން ވަރަށް އަވަހަށް ވިޓަމިން ބީ1 ލިބޭނެ އެވެ. ތަރުކާރީ އާއި ނަޓްސް އަކީ ވެސް ވިޓަމިން ބީ1 ގެ މުހިއްމު ވަސީލަތެކެވެ. ވިޓަމިން ބީ1 ރަނގަޅަށް ކެއުމަށްޓަކައި ކެއުމުގައި މަސް ހިމެނިދާނެއެވެ. . ވިޓަމިން ބީ1 ދަށްކަން ދެނެގަންނާނީ ކިހިނެތް؟
ތަފާތު ބާރަ ބީ ވިޓަމިން ހުންނައިރު، އެއިން ކޮންމެ ވިޓަމިންއަކުން ވެސް އަމިއްލަ މަސައްކަތެއް ކޮށްދެ އެވެ. ފިރިހެނުންގެ ސިއްހަތާ ބެހޭ ގޮތުން ބުނެފައިވާ ގޮތުގައި ބޮޑެތި މީހުން ދުވާލަކު 0.7 މިލިގްރާމާއި 1.2 މިލިގްރާމާ ދެމެދުގެ އަދަދަކަށް ވިޓަމިން ބީ1 ހަށިގަނޑަށް ބޭނުންވެއެވެ. މި މިންވަރަށް ވުރެ ދަށުގައި ހުރުމަކީ ހަށިގަނޑުގައި މިބާވަތުގެ ވިޓަމިން މަދުވުމަށް މެދުވެރިކުރުވާ ކަމެކެވެ.
ވިޓަމިން ބީ1 މަދުވުމުގެ އަލާމާތްތަކަކީ ކޮބާ؟
ވިޓަމިން ބީ1 މަދުވުމުން ބައެއް އުނދަގޫ އަލާމާތްތައް ފެނިދާނެ އެވެ. މިކަމުގެ ސަބަބުން ނާރުތަކާއި ހިތުގެ ނިޒާމުތަކަށް އަސަރުކޮށްފާނެއެވެ. ތިރީގައިވާ އަލާމާތްތަކުން ވިޓަމިން ބީ1 ގެ ސީރިއަސް އުނިކަމެއް ދެނެގަނެވޭނެއެވެ.
ބަނޑުހައިނުވުން
ވަރުބަލިވުން
ރުޅިގަދަވުން
ނާރުތަކަށް ގެއްލުން ލިބުން
ދެއަތްތިލަ އާއި ފައި ތުރުތުރު އަޅަމުން
ލޮލުގެ ފެނުން ފުސްވުން
ބޯ އެނބުރުން
ހޮޑުލެވުން
އޮޅުންބޮޅުން (ނުވަތަ ހެލޫސިނޭޓުވުން)
ހަނދާން ނެތުން
ވިޓަމިން ބީ1 ބޭނުންވާ މިންވަރަށް ލިބުމަކީ ވަރަށް މުހިންމު ކަމެކެވެ. ޑައެޓްގެ ޒަރިއްޔާއިން ނުލިބޭ ޑޮކްޓަރުގެ ލަފާގެ މަތިން ޑައެޓްރީ ސަޕްލިމެންޓެއްވެސް ބޭނުން ކުރެވިދާނެއެވެ.