Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ހިނގުމުން ނަފްސާނީ ދުޅަހެޔޮކަން އިތުރުވޭ!

ad image

ގުޅުންހުރި ލިޔުންތައް

ދާދިފަހުން ހެދި ދިރާސާއަކުން ވަނީ ކޮންމެ ދުވަހަކުވެސް އާންމުކޮށް ހިންގާ މިންވަރަށްވުރެ އިތުރަށް ހިނގުމަކީ ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކުގެ ނުރައްކާ ކުޑަވެގެންދާކަމެއް ކަމަށް ދައްކާފައެވެ. 

ހުސްވި ޑިސެމްބަރު މަހު ޖަމާ ނެޓްވަރކް އޯޕަންގައި ޝާއިއުކުރި މި ދިރާސާ ހެދުމަށް ދުނިޔޭގެ 13 ޤައުމެއްގެ 18 އަހަރާއި 91 އަހަރާ ދެމެދުގެ ގާތްގަނޑަކަށް 100،000 މީހުންގެ މައްޗަށް ހިންގުނު 33 ދިރާސާގެ މަޢުލޫމާތު ބޭނުންކޮށްފައިވެއެވެ. މި ދިރާސާތަކުގައި ބައިވެރިވި ފަރާތްތަކުގެ ހަރަކާތްތައް ވަޒަންކުރުމަށް ސްމާޓްފޯނާއި، ޕެޑޮމީޓަރާއި އަދި އެހެނިހެން ފިޓްނެސް ޓްރެކަރުތައް ބޭނުންކޮށްފައިވެއެވެ.

ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި ދުވާލަކު މަދުވެގެން 5،000 ފިޔަވަޅު އަޅާ މީހުންގެ ކިބައިން ޑިޕްރެޝަންގެ އަލާމާތްތައް ފެނުމުގެ ފުރުސަތު ކުޑައެވެ. އަދި ދުވާލަކު 7،500 ފިޔަވަޅަށްވުރެ ގިނައިން އަޅާ މީހުންގެ ކިބައިން ޑިޕްރެޝަންގެ އަލާމާތްތައް ފެނުމުގެ ފުރުސަތު 42 އިންސައްތައިން ދަށެވެ.

ހާވަރޑް މެޑިކަލް ސްކޫލްގެ އެސިސްޓަންޓް ޕްރޮފެސަރ އަދި ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. ކާމެލް ޗޮއި ވިދާޅުވި ގޮތުގައި”

ދިރާސާގެ ނަތީޖާއިން އިތުރަށް ދައްކާ ގޮތުގައި ދުވާލަކު އިތުރު 1،000 ފިޔަވަޅު އެޅުމުން ޑިޕްރެޝަން ޖެހުމުގެ ފުރުސަތު 9 އިންސައްތައިން ކުޑަވެއެވެ.

“ދުވާލަކު އަޅަންވީ ފިޔަވަޅުގެ އަދަދު ކަނޑައެޅުމަކީ ޑިޕްރެޝަން ހުއްޓުވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް” ދިރާސާ ހިންގި ޔުނިވަރސިޓީ އޮފް ކަސްޓީލާ-ލަ މަންޗާގެ ޑރ. އެސްޓެލާ ޖިމެނެޒް ލޯޕެޒް ވިދާޅުވި އެވެ.

ވެންޑަރބިލްޓް ޔުނިވަރސިޓީ މެޑިކަލް ސެންޓަރުގެ އެސޯސިއޭޓް ޕްރޮފެސަރ ޑރ. އެވަން ބްރިޓެއިން ވިދާޅުވި ގޮތުގައި މި ދިރާސާއިން ދައްކައިދެނީ ގިނައިން ހިނގުމުން ލިބޭ ފައިދާތަކެވެ.

“އަޅުގަނޑުގެ ހުރިހާ ބަލިމީހުންނަށްވެސް އަޅުގަނޑު އިރުޝާދު އަރުވަނީ މެރަތަން ރޭހެއް ނުދުވިޔަސް، ހިނގާލުމުން ވެސް ފައިދާ ކުރާނެ ކަމަށް.” ޕްރޮފެސަރ ޑރ. އެވަން ބްރިޓެއިން ވިދާޅުވިއެވެ.

ދުނިޔޭގައި 330 މިލިއަނަށްވުރެ ގިނަ މީހުން ޑިޕްރެޝަންގެ ޝިކާރައަކަށްވެފައިވާއިރު، 2019 ވަނަ އަހަރު ހެދުނު ދިރާސާއަކުން ދައްކާ ގޮތުގައި އެމެރިކާގެ 7 އިންސައްތަ މީހުން ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި ޑިޕްރެޝަންގެ މެދުމިނުގެ ނުވަތަ ގަދަ އަލާމާތްތައް ތަޖުރިބާކޮށްފައިވެއެވެ.

މި ދިރާސާގެ ނަތީޖާތަކުން އިތުރަށް ދައްކައިދެނީ ޖިސްމާނީ ހަރަކާތްތަކުން ޑިޕްރެޝަން ޖެހުމުގެ ފުރުސަތު ކުޑަކުރެވިދާނެކަމެވެ. އެމެރިކާގެ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ލަފާދެނީ ހަފްތާއަކު 150 މިނެޓު މެދުމިނުގެ ހަރަކާތްތަކެއް ކުރުމަށެވެ. މިއީ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް މުހިންމު ކަމެއްގެ ގޮތުގައި ސީޑީސީ އިން ފާހަގަކުރެއެވެ.

ޑރ. ކާމެލް ޗޮއި ވިދާޮއި ވިދާޅުވި ގޮތުގައި ބައެއް މީހުންނަށް މެދުމިނުގެ ހަރަކާތްތަކަކީ ކޮބައިކަމާއި އެފަދަ ހަރަކާތްތަކުގައި ހޭދަކުރާ ވަގުތު ބެލުން އުނދަގޫވެދާނެއެވެ. އެހެންކަމުން، ސްމާޓްފޯނެއް ނުވަތަ ފިޓްނެސް ޓްރެކަރެއް ބޭނުންކޮށްގެން ދުވާލަކު އަޅާ ފިޔަވަޅުތައް ގުނުމަކީ ފަސޭހަ ގޮތެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

“އެންމެ ބޮޑަށް ހިތްވަރުލިބޭ ގޮތަކަށް އަމިއްލަ ހަރަކާތްތައް މިންކުރުމަކީ މުހިންމު ކަމެއް. ފިޔަވަޅުތައް ގުނުމަކީ ހަމައެކަނި ގޮތެއް ނޫން. އެހެންނަމަވެސް، އެއީ ވެސް ހަރަކާތްތައް ބެލުމުގެ އެއް ގޮތް ކަމުގައި ދެކެން މުހިންމު،” ޑރ. ޗޮއި ވިދާޅުވިއެވެ.

ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކަށް ބޭސްފަރުވާ ކުރުމުގައި ކަސްރަތުކުރުމުގެ މުހިންމުކަން ފާހަގަކުރެވިފައިވީ ނަމަވެސް، ބައެއް މީހުންނަށް ބޭސް ބޭނުންކުރުމާއި، ސައިކޮތެރަޕީ ނުވަތަ މި ދެ ގޮތް އެއްކޮށް ބޭނުންކުރުމަކީ މުހިންމު ކަމެއް ކަމުގައި ޑޮކްޓަރުން ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ