Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ކަރުހިއްކުން ފިލުވާލަން ދިޔާއެއްޗެހި ނޫން ތަކެތި ބޭނުންކުރެވޭނެކަން އެނގޭ ދޯ؟

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: ޑރ. އާމިނަތު ޙުސައިން

ރޯދައަށް ހުރުމުގެ ސަބަބުން ހަށިގަނޑުން ފެނުގެބައި ވަރަށް ބޮޑަށް މަދުވެގެން ދެއެވެ. މިބައި އަލުން ހަށިގަނޑަށް ރޭގަނޑުގެ ވަގުތުތަކުގައި ފޯރުކޮށްނުދެވިއްޖެ ކަމުގައިވާނަމަ، ހަށިގަނޑުން ފެންމަދުވެ، ވިދިގެން އަންނަ ދުވަހު ރޯދައަށް ހުންނައިރު ވަރުބަލިކަމާއި،ލޮޑުކަން އިހުސާސް ކުރަންޖެހިދެއެވެ. އަދި ބައެއްމީހުންނަށް ޞިއްޙީ ބައެއް މައްސަލަތަކާއިވެސް ކުރިމަތިލާންޖެހިދެއެވެ. އެހެންކަމުން ރޯދަވީއްލުމަށްފަހު ހަށިގަނޑަށް އެކަށީގެންވާ މިންވަރަށް ފެންބޯންވާނެއެވެ. އަހަރެމެން ދިވެހިން، ރޯދަވީއްލާ ގަޑީގައި ކަރުހިއްކުން ފިލުވާލަން އެންމެ އާންމުކޮށް ބޮނީ ފެނެވެ. މީގެ އިތުރަށް ފޮނިގަދަ ފަނިތަކާއި ޖޫސްތަކަކީ އަހަރެމެން އެއާ ނުލާ ރޯދަވީއްލުމެއް ނިންމާ ނުލެވޭ އަހަރެމެންގެ ހިތްތަކުގެ ހަމަޖެހުމެވެ. މީގެ ބަދަލުގައި އަހަރެމެން ކަރުހިއްކުން ފިލުވާލާ، ހަށިގަނޑަށް ބޭނުންވާ ފެން ފޯރުކޮށްދިނުމަށްޓަކައި އެހެން ގޮތެއް އިޚުތިޔާރުކުރުން ކިހިނެއްވާނެތޯއެވެ.  

ރޯދަ ވީއްލުމަށްފަހު ބައިވަރު ފެންތަކެއް ބުއިމުގެ ބަދަލުގައި ފެނުގެ އިންސައްތަ މަތިކޮށް ހުންނަ ތަފާތު ވައްތަރުތަކުގެ މޭވާއާއި ތަރުކާރީ ކެއުމުގައި ހިމަނާލެވިދާނެއެވެ. އަދި ފޮނިގަދަ ފަނިތަކުގެ ބަދަލުގައި ހަކުރު ނާޅާ އެކި ވައްތަރުގެ ފަނި ތައްޔާރުކުރެވިދާނެއެވެ. ކޯދޮންނަ ގަޑީގައި ފެންބުއިމުގެ އިތުރަށް، ފެން އެކުލެވޭ މޭވާއާއި ތަރުކާރީ ބޭނުންކުރުމުންވެސް އަލާކެނޑި ކަރުހިއްކުން ފިލާނެއެވެ. މީގެ އިތުރަށް ބަނޑުހައިކަންވެސް ފިލާނެއެވެ. ތަފާތުވައްތަރުގެ ތެލުލިކާނާ އާއި ފޮނިކާތަކެތީގެ ބަދަލުގައިވެސް ތަރުކާރީއާއި މޭވާ ބޭނުން ކުރެވޭނެއެވެ. އަދި ކޯދޮންނަ ގަޑީގެ އިތުރަށް ރޭގަނޑުގެ އެކިވަގުތުތަކަށް ބަހާލައިގެން ވެސް މިތަކެތި ބޭނުން ކުރެވޭނެއެވެ.

މޭވާއާއި ތަރުކާރީއަކީ އެއްވެސް ހާލެއްގައި ފެން ނުބޯން ލިބޭ ޓިކެޓެއް ނޫނެވެ. މޭވާއާއި ތަރުކާރީ ބޭނުން ކުރިޔަސް ފެން ބޯންވާނެއެވެ. ފެނާއިއެކު މިބާވަތްތައް ބޭނުން ކުރުމުން، ހަށިގަނޑުން މަދުވެފައިވާ ލޮނާއި އަދި އެހެނިހެން “އިލެކްޓްރޯލައިޓް”ތައް ހަށިގަނޑަށް ނަގައި ދިނުމުގައާއި، އަދި ހަށިގަނޑުގައިވާ އިލެކްޓްރޯލައިޓްތައް މިންހަމަ ކޮށްދިނުމުގައި އެހީތެރިވެދެއެވެ. މޭވާއާއި ތަރުކާރީއަކީ ހަމައެކަނި ފެނުގެ ބައި ލިއްބައިދޭ ކާނާތަކެއް ނޫނެވެ. ހަށިގަނޑަށް ބޭނުންވާ ތަފާތު އެކިވައްތަރުގެ ވިޓަމިނާއި، އެންޓިއޮކްސިޑެންޓާއި، ފައިބަރާއި، ޕޮޓޭސިއަމްފަދަ އެތައް މާއްދާތަކެއް މޭވާ އާއި ތަރުކާރީން ލިއްބައިދެއެވެ. ނަމަވެސް ތަފާތު އެކިވައްތަރުގެ ބަލިތައް ތަޙައްމަލުކުރައްވާ ބޭފުޅުން، ޚާއްޞަ ގޮތެއްގައި ކިޑްނީ ބަލީގެ ބޭފުޅުން، ފެނާއި، މޭވާ އަދި ތަރުކާރީ ބޭނުން ކުރަންވާނީ އެބޭފުޅެއްގެ ހާލަތާއި ގުޅޭގޮތަށް ޑަކުޓަރުގެ ލަފަޔާއި އިރުޝާދުގެ މަތިންނެވެ. 

ބައެއް މޭވާއާއި ތަރުކާރީ އަދި އޭގައި ފެން އެކުލެވޭ ނިސްބަތް
96%ކިއުކަންބާ 
95%ސެލެރީ
95%ރެޑިޝް/މުޅާ
95%ޓޮމާޓޯ/ވިލާތުބަށި 
94-95%ޒުކިނީ
94-96%ލެޓިއުސް
92-94%ބެލްޕެޕާ/ބޮޑު މިރުސް
93%އެސްޕެރެގަސް
92%މަޝްރޫމް/ހަންޑިކުޑަ
92%ކެބެޖު/ބޮނޑި ކޮޕީ
92%ކޮލިފްލާވާ
91%ކަރާ
91%ސްޓްރޯބެރީ
90%މެލަން/ބޮޑުކެކުރި (ހަނީޑިއު، ކެންޓަލޫޕް)
90%ބްރޮކޮލީ

މަތީގައި އެވަނީ ފެނުގެ އިންސައްތަ 90 އަށްވުރެމަތިން ހިމެނޭ ބައެއް މޭވާއާއި ތަރުކާރީއެވެ. މި ތަކެތި ކެއުމުގައި ހިމެނުމަށްޓަކައި އެބޭފުޅަކަށް މީރު ކޮންމެ ގޮތެއްވެސް އިޚުތިޔާރުކުރެވިދާނެއެވެ. ތެލުލުން ފިޔަވައެވެ. ހަކުރުނާޅާ ފަންޔާއި ސްމޫތީވެސް ތައްޔާރު ކޮށްލެވިދާނެއެވެ. ފޮތިކޮށް ކޮށާލުމަށްފަހު ފެނަށް އަޅައިގެން،ފެނުގެރަހަމީރުކޮށްލައިގެން ބޭނުން ކޮށްލަން ބޭނުންނަމަ އެގޮތައްވެސް ހަދާލަންވީއެވެ.ނޫނީ ކޮށާލައިގެން ކޮންމެވެސް ކަހަލަ “ޑިޕް” ނުވަތަ ޖައްސައިގެންކާ ކޮންމެވެސް ކަހަލަ އެއްޗަކާއެކުވެސް ކާލެވިދާނެއެވެ. މީގެ އިތުރަށް ތަފާތުވައްތަރުގެ ސަޓަންޔާއި ސެލެޑް މޭވައާއި ތަރުކާރީ ބޭނުންކޮށްގެން ތައްޔާރުކޮށްލެވިދާނެއެވެ. ތިބޭފުޅާ މިފަހަރުގެ ރޯދަމު މީގެން ބާވަތެއް ތައްޔާރުކޮށްލާނީ ކިހިނެއްތޯއެވެ؟ 

______________________________

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ