Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ރޯދަމަހު ކަސްރަތު ކުރާއިރު ސަމާލުކަންދޭންވީ ކަންކަން!

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: ޑރ. އާމިނަތު ޙުސައިން

ރޯދަމަހަކީ ރޯދަވެރިންނަށް، ނަފުސާނީގޮތުންނާއި ޖިސްމާނީގޮތުން އަދި ރޫޙާނީގޮތުން އެތައް ބަދަލުތަކެއް އަންނަމަހެކެވެ. ދޭދޭ ގުޅުންތަކާއި މުޖުތަމަޢުގެ އަފުރާދުންގެ މެދުގައި ގުޅުން ބަދަހިވެގެންދާ އުފާވެރި މައްސަރެކެވެ. މި އުފާވެރި ކަމާއެކު ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ވަރަށް ބޮޑު ބަދަލުތަކެއް ރަމަޟާންމަހު އާދެއެވެ. އާންމުމަސްމަހު ނުކާ ތަފާތު އެކިވައްތަރުގެ ކާތަކެތިން ސުފުރާމަތި ފުރާލެވެއެވެ. ގިނަބައެއްގެ ބަނޑުތައް ފުރި ހަށިތަކުގެ ރޫފަ ރަނގަޅުވެގެން އަންނަނީ އަމަށަކުވަރެއް ބަލާފައެއް ނޫނެވެ. ދެން ދުއްވައިގަންނަނީ ކަސްރަތުކުރާނެ ކޮންމެވެސް ތަނެއް ފެނޭތޯއެވެ. މިހެން ދާއިރު ރޯދަމަހު ކަސްރަތުކުރަން އެންމެ ރަނގަޅު ގަޑިތަކާއި، ސަމާލުކަންދޭންވީ ކޮންކޮން ކަންކަމަކަށްކަން ބަލާލެވެނީ މަދު މީހަކަށެވެ. އެހެންކަމުން މި ލިޔުމުގައި، މިހިމަނާލަނީ މިކަމަށް ޢިލްމީ ނަޒަރުން ބަލައި މިވަގުތު ދުނިޔޭގައި ހެދިފައި ހުރި ގައިޑްލައިންތަކާއި އަދި ދިރާސާތަކުގެ އަލީގައި ތިޔަބޭފުޅުންނަށް ޚާއްޞަކޮށް ލިޔެފައިވާ ކުރު ޚުލާޞާއެކެވެ. 

ރޯދަމަހު ކަސްރަތުކޮށް ކުޅިވަރުކުޅެ އުޅެވޭނެތަ؟

ރޯދަމަހުގައި އެންމެ އިސްކަމެއް ދޭންޖެހޭނީ އަޅުކަންތަކަށް ކަމުގައި ވީނަމަވެސް ޞިއްޙީ ނަޒަރަކުން ބަލާނަމަ އެމަހުގައިވެސް ކަސްރަތުކޮށް ކުޅިވަރުކުޅެ އުޅެވިދާނެއެވެ. އާންމުކޮށް ކަސްރަތުކުރާ މީހުން އަދި ތަފާތު އެކިކުޅިވަރު ކުޅެއުޅޭ ކުޅުންތެރިންނާއިއެތުލީޓުން ޜޯދަމަހު އެކަންކަމާ ދުރުވެއްޖެ ކަމުގައިވާނަމަ މަސްތަކުގެ ބާރުދެރަވެ، ބުންވަރުދަށްވެ އެމީހެއްގެ ޕާފޯމެންސް ދަށްވެގެންދެއެވެ. އެހެންކަމުން ރޯދަމަހުވެސް އެމީހަކު އާންމުކޮށް ކޮށްއުޅޭ ކަސްރަތުތައް އަދި ކުޅިވަރުތައް އެގޮތުގައި ކުރިއަށް ގެންދެވިދާނެއެވެ. ނަމަވެސް ރޯދަމަހު އާ ކަސްރަތުތަކާއި އާ ތަމްރީނުތައް ނުފެށުމަކީ އެންމެ އެދެވޭ ގޮތެވެ. އަލަށް ކަސްރަތުކުރަން އަދި ކުޅިވަރު ކުޅެން ފަށާ މީހުން އަދި ތަމްރީނުތައް އިތުރުކުރަން ކޮންމެހެންޖެހޭ ކުޅުންތެރިންނަށް އެންމެ ރަނގަޅީ މަޑުމަޑުން ކަސްރަތުތަކާއި ތަމްރީނުތައް އިތުރުކުރަމުން ގެންދިއުމެވެ. 

ކަސްރަތުކުރަން އެންމެ ރަނގަޅީ ކޮން ގަޑިއެއްގައި، ކޮންތާކު އަދި ކީއްވެ؟

ރޯދަމަހު ކަސްރަތުކޮށް ކުޅިވަރުކުޅެން އެންމެ ރަނގަޅީ ރޯދަވީއްލުމުގެ އެއް ގަޑިއިރު ނުވަތަ ދެ ގަޑިއިރު ކުރިންނާއި އަދި ރޯދަވީއްލުމަށްފަހު ގާތްގަނޑަކަށް 3 ގަޑިއިރުފަހުންނެވެ.

ރޯދަވީއްލުމުގެ ކުރިޔަށް ކަސްރަތުކުރުމުން ލިބޭ ވަރުބަލިކަމާއި ލޮޑުކަމަކުން އަދި ކަރުހިއްކުމުގެ ސަބަބުންވެސް ހަށިގަނޑަށް ގެއްލުންވެގެނެއް ނުދެއެވެ. އެއީ ރޯދަވީއްލުމަށްފަހު ކެއިންބުއިމުގެ ސަބަބުން ހަށިގަނޑަށް އާރޯކަމާއި ތާޒާކަން ގެނުވައިދީ އަދި ހަށިގަނޑުން ގެއްލިގެންދިޔަ ފެނުގެބައި އިޢާދަ ކުރެވިގެންދާތީއެވެ. އެހެންނަމަވެސް މިވަގުތަކީ ވަރުގަދަ ކަސްރަތުތައް ކުރަން އެންމެ ރަނގަޅު ގަޑިއެއް ނޫނެވެ.  އެންމެ ބޮޑަށް ހަކަތައާއި ބުންވަރުބޭނުންވާ ވަރުގަދަ ހަރަކާތްތަކާއި ކަސްރަތުތައް ކުރަން އެންމެ ރަނގަޅީ ރޯދަވީއްލުމުގެ 3 ގަޑިއެއްހާއިރު ފަހުންނެވެ.

ރޯދައަށްހުރެ ކަސްރަތުކުރަން އެންމެ ރަނގަޅީ، ފިނިކޮށްފައިވާ ކުޅިވަރު ހޯލުތަކާއި އަދި ޖިމުފަދަ ތަންތަނުގައެވެ. މިކަހަލަ ތަނެއް ހޯދުމަކީ އުނދަގޫކަމެއްނަމަ އަދި އެފަދަ ތަންތަން ނެތްނަމަ، ސީދާ އިރުގެ އަވި ނާރާ ހިޔާކޮށްފައިވާ ތަނެއް ނުވަތަ އެނޫންވެސް ހިޔާލިބޭ ތަނެއްގައި ކަސްރަތުކޮށް ކުޅިވަރު ކުޅެވިދާނެއެވެ. އަވީގައި ނުވަތަ ވަރަށްބޮޑަށް ހޫނުގަދަ ދުވަސްދުވަހު ބޭރުގައި ކަސްރަތުކުރުމަކީ ހަށިގަނޑުން ވަރަށް ބޮޑަށް ފެންބޭރުވެ އޭގެ ނޭދެވޭ އަސަރު ކޮށްފާނެކަމެކެވެ. 

ކެއިންބުއިމުގައި ވަކިކަމަކަށް ސަމާލުވާން ޖެހޭނެތަ؟ 

ކަސްރަތާއި ކުޅިވަރުކުޅެ އުޅޭނަމަ ކެއިންބުއިމަށް ވަރަށްބޮޑަށް ސަމާލުވާންޖެހެއެވެ.ޚާއްޞަކޮށް ރޯދަމަހު އެހެން މަސްމަހަށްވުރެ ބޮޑަށް އެކަމަށް އަހަންމިއްޔަތުކަން ދޭންވާނެއެވެ. ކާ ގަޑިތަކާއި އަދި ކެއުމުގައި ހިމަނާ ބައިތަކަކީ އެތުލީޓަކަށް ނުވަތަ ޙަރަކާތްތެރި ދިރިއުޅުމެއް އުޅޭ މީހަކަށް އެންމެ ރަނގަޅު ކާނާކަން ކަށަވަރުކުރަންވާނެއެވެ. އާންމުކޮށް ކެއުމުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން “ކާބޯހައިޑްރޭޓް” އަދި “ޕުރޮޓީން” ލިއްބައިދޭ ކާނާގެ މިންވަރު ކަސްރަތުކުރާ ބޭފުޅުންއިތުރު ކޮށްލަންޖެހޭނެއެވެ. މީގެ އިތުރުން ކަސްރަތުކޮށް ކުޅެހެދުމުގެ ސަބަބުން ހަށިގަނޑުން ބޭރުވާ ފެނުގެބައި ހަމަޖެއްސުމަށް ފެން ބުއިމާއި ފެނުގެ ބައިތައް ލިއްބައިދޭ މޭވާ އާއި ތަރުކާރީ ބޭނުންކުރުން އިތުރުކޮށްލަންޖެހޭނެއެވެ. ރޯދަމަހަކީ ދުވާލުގެ ވަގުތުތަކުގައި ކައިބޮއެ ނުހަދާ މަހަކަށް ވުމުން، 24 ގަޑިއިރަށް ހަށިގަނޑަށް ބޭނުންވާކާނާގެ ބައިތައް ރޭގަނޑުގެ ގަޑިތަކަށް ބަހާލައިގެން ހަމަކޮށްލަންވާނެއެވެ.

ކާބޯހައިޑްރޭޓް ލިއްބައިދޭ ކާނާގެ ތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ ގޮވާމާއި ފަލަމަޑީގެ ބާވަތްތަކެވެ. ޕްރޮޓީން ހިމެނޭ ކާނައިގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ މަހުގެ ބާވަތްތަކާއި، މުގުގެ ބާވަތްތަކާއި އަދި ކިރުގެ ބާވަތްތަކެވެ. 1 ގަޑިއިރާއި 3 ގަޑިއިރާ ދެމެދު ވަރުގަދަޔަށް ކަސްރަތުކުރާ ބޭފުޅުންނަށް ދުވާލަކަށް ކާބޯހައިޑްރޭޓް ބޭނުންވަނީ އެބޭފުޅެއްގެ ހަށިގަނޑުގެ ކޮންމެ ކިލޯ އަކަށް 6-10 ގުރާމެވެ. ޕްރޮޓީން ބޭނުންވަނީހަށިގަނޑުގެ ބަރުދަނަށްބަލައި ކިލޯއަކަށް 1.2 – 1.7 ގުރާމެވެ. އެބޭފުޅެއްގެ ކަސްރަތުގެ “އިންޓެންސިޓީ” އަށްބަލާ މި މިންތަކަށް ބަދަލުގެންނަން ޖެހޭނެއެވެ.

ޜޯދަމަހު ރޭގަނޑުގެ ކެއުން އެންމެ ރަނގަޅީ 4 އިރަށް ބަހާލައިގެން ކެއުމެވެ. ހަޖަމުކުރުމުގެ ނިޒާމަށް ލޯޑުބޮޑުވެ މީހާ ލޮޑުވެ ކަންނެތްވެއްޖެނަމަ ރޭގަނޑުގެ އަޅުކަންތައް ކުރުމަށާއި ކަސްރަތު ކުރުމަށް ވަރަށް ބޮޑަށް އުނދަގޫވެގެން ދާނެއެވެ. ރޯދަވީއްލާ ވަގުތު އެންމެ ރަނގަޅީ ކަދުރު، ކިއުކަންބާ، އަދި ކަރާ ކަހަލަ ފެނުގެބައި ގިނައިން ހިމެނޭ އެއްޗަކުންލުއިކޮށް ރޯދަވީއްލުމެވެ. މަޣްރިބު ނަމާދަށް ފަހު ރަނގަޅު ކެއުމެއް ކާންވާނެއެވެ. މި ކެއުމުގައި ވަގުތުން ހަށިގަނޑަށް ހަކަތަ ލިއްބައިދޭ ކާބޯހައިޑްރޭޓްސް އާއި އަދި ހަކުރުގެ ބައި ލަސްލަހުން ހަށިގަނޑަށް ލިއްބައިދޭ ” ކޮމްޕްލެކްސް” ކާބޯހައިޑްރޭޓް ހިމަނަންވާނެއެވެ. މިއާއެކު ދެން ބޭނުންވާ އެހެނިހެން ކާނާގެ ބައިތައް މިންހެޔޮކޮށް ކާންވާނެއެވެ.  އެއަށްފަހު 3 ގަޑި އިރުފަހުން ކަސްރަތަށް ދިއުމުގެ ކުރިން ހަކުރުގެ އެންމެ”ސިންޕަލް” ވައްތަރުތައް ކަމުގައިވާ “ފްރަކްޓޯސް” އަދި “ގުލުކޯޒު” ހިމެނޭ ކޮންމެވެސް އެއްޗެއް ކާލަންވާނެއެވެ. ކަސްރަތަށް ފަހު ކާބޯހައިޑްރޭޓް އަދި ޕްރޯޓީންގެ ބައި މަތިކޮށް ތައްޔާރުކުރެވިފައިވާ އެއްޗެއް ކާލާށެވެ. ހާރުކާން އެންމެ ރަނގަޅީ އަހަރެމެންގެ ދީނުގައިވާ ގޮތަށް ވީހާވެސް ލަސްކޮށެވެ. ހާރު ކާއިރު ދެވައްތަރުގެ ކާބޯހައިޑްރޭޓް އަދި ޕްރޮޓީންގެ މިންވަރު މަތިކޮށް ކެއުމަށް ގައިޑްލައިންތަކުގައިވަނީ އިރުޝާދު ދީފައެވެ. 

ކާއެއްޗިއްސައް ގިނައިން ލޮނުއަޅައިގެން ނުކެއުމަށާއި، ހަކުރުއަޅައިގެން ހަދާފައިވާ އެއްވެސް ބާވަތެއްގެ އެއްޗެއް ކައިބޮއެ ނުހެދުމަށާއި، ކެފެއިން ހިމެނޭ ބުއިންތައް ނުބުއިމަށް އަދި ތެލުލި ކެއުންތައް ނުކެއުމަށްވެސް ވަނީ ޚާއްޞަކޮށް އިރުޝާދު ދީފައެވެ.

ފެން ބުއިމަށް ލަފާދީފައިވަނީ އެމީހަކު ދިރިއުޅޭ މާހައުލަކަށް ބަލާ ހަށިގަނޑުން ބޭރުވާ ފެނުގެ ނިސްބަތަށް ބަލައިގެން ރޭގަނޑުގެ ވަގުތުތަކަށް ބަހާލައިގެންނެވެ. މި ގޮތުން ރާއްޖެ ކަހަލަ ހޫނުގަދަ ގައުމުތަކުގައި އުޅޭ މީހުން 3-4 ލިޓަރުގެ ފެން 30 މިނެޓު ނުވަތަ ކޮންމެ ފަނަރަ މިނެޓަކަށް ބަހައިގެން ބުއިމަކީ އެންމެ އެދެވޭ ގޮތެވެ. 

އެތުލީޓުން އަދި ކުޅިވަރުކުޅޭމީހުންގެ ކެއިންބުއިމުގައި ޚާއްޞަ ގޮތްތަކަކަށް ޢަމަލުކުރަން އިރުޝާދު ދެވިފައިވަނީ އެއީ ކަސްރަތު ކުރުމަކީ ހަކަތަ ވަރަށް ބޮޑަށް ބޭނުންވާ އަދި ހަށިގަނޑު ވަރުބަލިވެ ލޮޑުވާ ކަމަކަށް ވާތީއެވެ. ކަސްރަތު ކުރާއިރު ކެއިންބުއިމަށްފަރުވާތެރި ނުވެވިއްޖެ ނަމަ ކަސްރަތުގެ ސަބަބުން އަހަރެމެންގެ މަސްތަކަށް ލިބޭ ގެއްލުންތަކާއި އެނޫންވެސް ގެއްލުންތައް ރަނގަޅުކުރުމަށް، ހަށިގަނޑުން ކުރަންޖެހޭ މަސައްކަތް އިތުރުވެ، އިތުރު ޞިއްޙީ މައްސަލަތަކެއް ކުރިމަތިވެދާނެއެވެ.

ނިދުމަށް ބަލަން ޖެހޭތަ؟

ކެއިންބުއިމަށް ފަރުވާތެރިވާހެން ނިދުމުގައި ފަރުވާތެރިވުމަކީވެސް ކަސްރަތު ކުރާބޭފުޅުން ކޮންމެހެން ސަމާލުކަންދޭންޖެހޭ ކަމެކެވެ. ދުވާލަކަށް 6-8 ގަޑިއިރުގެ ނިދި ލިބޭތޯ ބަލަންވާނެއެވެ. ރޯދަމަހު ރޭގަނޑުގެ 6-8 ގަޑިއުރުގެ ނިދި ނިދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެބައި ހަމަޖައްސާނީ ދުވާލުގެ ކޮންމެވެސް ވަގުތެއްގައި ނިދާލައިގެންނެވެ. ހަލާކުވާ ސެލްތަކާއި އަދި މަސްތައް މަރާމާތުކޮށް ދުޅަހެޔޮޞިއްޙަތެއްގައި ހަށިގަނޑު ހުރުމަށް ނިދި ވަރަށް މުހިއްމު ރޯލެއް އަދާކުރެއެވެ.

މިލިޔުމުގައި ހިމެނިފައިވާ ލަފަޔާއި އިރުޝާދުތަކަކީ އެއްވެސް ޞިއްޙީ މައްސަލައެއް ނެތް ދުޅަހެޔޮ ޞިއްޙަތެއްލިބިފައިވާ މީހުންނަށް ދީފައިވާ އިރުޝާދުތަކެކެވެ. ކަސްރަތުކުރުމާއިކެއިންބުއިމުގެ ވައްޓަފާޅި ބަހައްޓަންވާނީ އެމީހެއްގެ ޞިއްޙީ ޙާލަތަށް ރިޢާޔަތް ކުރުމަށްފަހު އެމީހެއްގެ ކެރިކުޅަދާނަވީ މިންވަރަކަށެވެ. ތަފާތު އެކި އެކި ބަލިތައް ތަޙައްމަލު ކުރައްވާ ބޭފުޅުން، ޑަކުޓަރެއްގެ ނުވަތަ ކެއިންބުއިމާއި ކަސްރަތާބެހޭ މާހިރެއްގެ ލަފަޔާއި އިރުޝާދުގެމަތިން އެކަން ކުރުމަކީ އެންމެ ބުއްދިވެރި އަދި އެންމެ ރައްކާތެރި ގޮތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ