Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ރޯދަ ހިފުމުން ހަޖަމު ކުރުމުގެ ނިޒާމަށް އަންނަ ބަދަލުތައް!

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: ޑރ. އާމިނަތު ޙުސައިން

ރޯދައަށް ހުންނަ އިރު އަހަރެމެން ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވީއްސުރެ އިރު އޮއްސެންދެން ކެއިން ބުއިމާއި ދުރުވެ މި ހިފާ ރޯދައިގެ ސަބަބުން އަހަރެމެންގެ ހަށިގަނޑަށް ވަރަށް ގިނަ ބަދަލުތަކެއް އާދެއެވެ. މި ގޮތުން ހަށިގަނޑުގެ އެކި ނިޒާމު ތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލެއް އަންނަ އެއް ނިޒާމަކީ ހަޖަމު ކުރުމުގެ ނިޒާމެވެ.

ނުކައި ގިނަ ވަގުތު ތަކެއް ހޭދަ ކުރުމުން ހަށިގަނޑަށް މި އަންނަ ބަދަލުތަކަކީ ކޮބައިކަން ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ ތަފާތު އެކިއެކި ބަލިތައް ތަޙައްމަލުކުރާމީހުންނަށް ކުރީބައިގައި ރަމަޟާން މަހަށް ތައްޔާރުވާން ލިބޭނެ ފުރުސަތަކަށް ވާތީއެވެ. ހަމަ އެހެންމެ ރޯދަ އަށް ހުންނަ އިރު ދިމާވާ އެކި އެކި ޞިއްޙީ މައްސަލަތައް ފަސޭހަ ކަމާއިއެކު ހައްލު ކުރުމަށް މިކަމުގެ ސަބަބުން ފަސޭހަވެގެން ދާނެއެވެ. އަދި މިއާއިއެކު ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް މަސައްކަތް ކުރާ މީހުންނަށް ލިބޭނެ ހިއްވަރަކަށް ވެސް މިކަން ވެގެންދާނެއެވެ. 

ރޯދައަށް ހުރުމުން ހަޖަމުކުރުމުގެ ނިޒާމަށް އަންނަ ހެއު ބަދަލުތައް

ރޯދަ ހިފުމުން ކާތަކެތި ހަޖަމުކުރުން ފަސޭހަކޮށްދީ، ބަނޑުގައި ވައި ހެދި ބަނޑު ފުއްޕުން ފަދަ ކަންކަން ކުޑަ ކޮށްދެއެވެ. ގޮހޮރުގެ ހަރަކާތްތެރިކަން ރަނގަޅުވެ ހަލުވި ވެގެންދެއެވެ.ގޮހޮރުގެ ތެރެއިން ކާތަކެތި ލޭގެތެރެއަށް ނަގައިދޭ މިންވަރު އިތުރުވެގެން ދެއެވެ. އަދިތަފާތު އެކި ސަބަބުތަކާއި ހެދި ގޮހޮރުގައި އުފެދިފައި ހުންނަ ގޮހޮރުގެ ދުޅަތަކުގެ ތެރެއިން ބައެއް ވައްތަރުގެ ދުޅަތައް ތިރިވެ ފަސޭހަވެގެން ދެއެވެ. 

ރޯދައަށް ހުރުމުން ހަށިގަނޑާއި ގޮހޮރުގައި ހުންނަ ތަފާތު އެކި ވިހައިގެ ބާވަތްތައް ބޭރު ކޮށްދެއެވެ. މައިދާ އާއި ގޮހޮރު ހުސްވުމުން ފުރަމެއަށް ފޮނުވައިދޭ ފެހި ސިގްނަލާއި އެކު ފުރަމޭގެ މަސައްކަތް އިތުރުވެގެން ދެއެވެ. ނަތީޖާއަކަށްވަނީ ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅުވެގެން ދިއުމެވެ. އަދި މިއާއިއެކު ލޭގެ ތެރޭގައި ހުންނަ ވިހަތައް ސާފުކޮށްދިނުމުގެ މަސައްކަތް އިތުރުކޮށްދެއެވެ. މި ވިހަތައް މައިގަނޑު ގޮތެއްގައި ހަށިގަނޑުން ބޭރުވެގެން ދަނީ ގޮހޮރުގެ ތެރެއިންނާއި، ކިޑްނީ އަދި ފުއްޕާމޭގެ ޒަރީޢާ އިންނެވެ. 

ހަޖަމުކުރުމުގެ ނިޒާމުގެ ތެރޭގައިވާ “ގަޓް މައިކްރޯބިއާ” އަކީ އޭގެ ވަޒަން ގެއްލިއްޖެނަމަ ހަށިގަނޑު ތަފާތު އެކިއެކި ދާއިމީ ބަލިތަކަށް ހުށަހެޅިގެންދާން މެދުވެރިވާ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. ކެއުމަށް ގެންނަ އެދެވޭ ބަދަލުތަކުންނާއި، ރޯދަ ހިފުމުން ގަޓް މައިކްރޯބިއާއަށް ފައްސި، ރަނގަޅު ބަދަލުތައް އާދެއެވެ. ނަތީޖާއަކަށްވަނީ ހަށިގަނޑުގެ ދިފާއީ ނިޒާމާއި އަދި މެޓަބޮލިޒަމްގެ މަސައްކަތްތަކަށް ފަހި ބަދަލުތަކެއް އައުމުގެ ނުފޫޒުވެރިއަކަށް ގަޓް މައިކޮރޯބިއާ ވެގެން ދިއުމެވެ. 

ރޯދަ ހިފުމުން ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތަށް އެކި ގޮތް ގޮތުން އެހީތެރިވާ ހޯމޯން ތަކުގެ މިންހެޔޮ ކޮށްދެއެވެ. މިގޮތުން ޚާއްސަކޮށް ފާހަގަ ކޮށްލަންޖެހޭ އެއް ހޯމޯން އަކީ އިންސިއުލިން ހޯމޯން އެވެ. މި ހޯމޯން އަކީ މި ހޯމޯން އުފައްދައި ނުދޭނަމަ ނުވަތަ މަދުވެއްޖެނަމަ ނުވަތަ ހޯމޯން ގެ މަސައްކަތް ލަސްވެ ހަށިގަނޑުގައި ހުންނަ ހަކުރުގެ ނިސްބަތައް އިޖާބަ ނުދީ ހަމައިން ނައްޓައިފިނަމަ ހަކުރު ބައްޔަށް ހަށިގަނޑު ހުށަހެޅިގެންދާ ސަބަބެވެ. 

ރޯދައަށް ހުރުމުން ހަޖަމުކުރުމުގެ ނިޒާމަށް އައިސްދާނެ ނޭދެވޭ ބަދަލުތަކާއި ޞިއްޙީ މައްސަލަތައް

ހަޖަމުކުރުމުގެ ނިޒާމުގެ ތަފާތު ބަލިތައް ތަޙައްމަލު ކުރާމިހުންނަށް، ބައެއް ފަހަރު ބަލީގެ ގޮތުންނާއި އަދި ރޯދަމަހާއި އެކު އަހަރެމެންގެ ކެއިން ބުއިމުގެ ވައްޓަފާޅިއަށް ގެނެވޭ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އިތުރު ތަކުލީފުތަކާއި ވޭން ތަޙައްމަލު ކުރަން ޖެހިދެއެވެ. 

ރޯދަ ވީއްލާ ވަގުތު ވަރަށް ގިނައިން އެއްފަހަރާ ކެއުމާއި، ތެލުލި އެކިވައްތަރު ކާނާ ކެއުމާއި، ކުޅިކޮށް ކެއުމާއި، މާ ފޮނިކޮށް ކެއުމާއި، ގިނައިން ކެފެއިން ހިމެނޭ ބުއިންތައް ބުއިމާއިއަދި ތަފާތު ވައްތަރުގެ ތައްޔާރީ ކާނާތަކާއި ބުއިންތައް ބުއިމަކީ ހަޖަމުކުރުމުގެ ނިޒާމުގެ ބަލިތައް ރޯދަމަހު އިތުރަށް ގޯސްވެގެންދާން ދިމާވާ ކެއިން ބުއިމުގެ އާދަޔާ ގުޅިފައިވާ ކަންކަމެވެ. 

މިފަދަ އާދަތަކުގެ ސަބަބުން ދިމާވާ މައްސަލަ ތަކުގެ ތެރޭގައި މަތިން އެރުމާއި، މޭ އަންދާ ގޮތްވުމާއި، ގޮހޮރުގެ ފާރުހުންނަ މީހުންނަށް ދިމާވާ އުނދަގޫތައް ބޮޑުވުން ފާހަގަ ކޮށްލެވެއެވެ. އަދި މީގެ އިތުރަށް ކެއުމުގެ މިންހެޔޮކަން ގެއްލި ކެލަރީ މާ މަތިން ލިބޭ ކާނާގެ ސަބަބުން ހަޖަމު ކުރުމުގެ ނިޒާމުގެ މަސައްކަތަށް ލޮޑުކަން އައިސް ފަލަވާ ގޮތް ދިމާވެއެވެ.

ގޭހުގެ މައްސަލަ އަދި ގޮހޮރު ފާރު ހުންނަ މީހުން ރޯދައަށް ހުންނަ އިރު ނުކައި ގިނަ ވަގުތުތަކެއް ހޭދަ ކުރަން ޖެހުމުން މި މައްސަލަތައް އިތުރަށް ގޯސްވެގެންދެއެވެ. ޙާއްސަކޮށް ކުޑަ ގޮހޮރުގެ އެންމެ މަތީބައިގައި ދުޅަވެ ފާރުހެދޭ މިންވަރު މި ފަދަ މީހުންގެ އިތުރުވާ ކަމަށް ދިރާސާއިން ދައްކައެވެ. މީގެ އިތުރަށް މައިދާގައި ފާރު ހެދޭލެއް އިތުރުވާކަން ފާހަގަ ކުރެވިފައި ވެއެވެ. ބައެއް ފަހަރު މިހެން ހުންނަ ފާރުތަކުން ލޭ އައިސް އިތުރަށް ބަލިވާ ގޮތްވެސް މެދުވެރިވެއެވެ.

ހަޖަމުކުރުމުގެ އެކި މައްސަލަތައް ތަޙައްމަލުކުރަން ޖެހިފައިވާ މީހުން ރޯދަ ހިފަން ފެށުމުގެ ކުރިން އެކަމަށް ޚާއްސަ ޑޮކުޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދަންވާނެއެވެ. ކެއިން ބުއިމުގެ އާދަތައް ރަނގަޅުކޮށް ބަލި އިތުރަށް ގޯސްވެދާނެ ހުރިހާ ކަމަކުން ދުރުވާން ވާނެއެވެ. އަދި ބަލި އިތުރަށް ގޯސްވާކަމުގެ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ ލަސްނުކުރައްވާ ޞިއްޙީ އެހީތެރިކަން ހޯދަންވާނެއެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ

Demo Title

Demo Description


Introducing your First Popup.
Customize text and design to perfectly suit your needs and preferences.

This will close in 20 seconds