Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ކަދުރުގެ ފައިދާތައް!

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: ޑރ. އާމިނަތު ޙުސައިން

ކަދުރަކީ ރޯދަ ވީއްލުމަށް އަހަރެމެން އެންމެންވެސް ބޭނުން ކުރާ މީރު ފޮނިމޭވާއެކެވެ. ކަދުރުން ރޯދަ ވީއްލުމަކީ މާތް ނަބިއްޔާގެ ސުންނަތުގެ ތެރެއިން ހިމެނޭ ކަމެކެވެ. ރޯދަ ވީއްލުމަށް އަހަރެމެންނަށް އިރުޝާދު ދެވިފައިވާ މި ކުޑަ ކުޑަ މޭވާޔާ މެދު ވިސްނާލިން ހެއްޔެވެ؟ މީގެ ޞިއްޙީ ފައިދާތަކަކީ ކޮބައިތޯބަލައި ހޯދާލެވުނު ހެއްޔެވެ؟ 

ކަދުރަކީ އޭގައި ކާބޯހައިޑްރޭޓް އިން މުއްސަނދިވެފައިވާ މޭވާއެކެވެ. ކާބޯހައިޑްރޭޓަކީ އަހަރެމެންގެ ހަށިގަނޑުގައި ވަރުޖައްސައިދީ، ހަކަތަ ލިއްބައިދޭ މައިގަނޑު މާއްދާއެވެ. އާންމުކޮށް އެވަރޭޖު ގޮތެއްގައި 100 ގުރާމުކަދުރުން ގާތްގަނޑަކަށް 213 އާއި 314 އާ ދެމެދުގެ ޢަދަދަކަށް ކެލަރީނުވަތަ ހަކަތަ ލިއްބައިދެއެވެ.

ކަދުރުގެ ކޮންމެ 100 ގުރާމެއްގައި ޕްރޮޓީން ހުންނަނީ ގާތްގަނޑަކަށް 1.50 އާއި 2.14 ގުރާމުގެ މިންވަރަކަށެވެ. މި މަދު ޕްރޯޓީންކޮޅުގެ ތެރޭގައި ވަރަށް ގިނަ އަދަދަކަށް “އެސެންޝަލް އެމައިނޯ އެސިޑް” ހިމެނެއެވެ. އެސެންޝަލް އެމައިނޯ އެސިޑަކީ އަހަރެމެންގެ ހަށިގަނޑުގައި އުފައްދައި ނުދޭ، ނަމަވެސް ކެއުމުގެ ތެރެއިން ކޮންމެހެންވެސް ހަށިގަނޑަށް ފޯރުކޮށްދޭން ޖެހޭ ޕްރޮޓީންގެ ބަހާއެކެވެ.

6 ނުވަތަ 7 ކަދުރުން ގާތްގަނޑަކަށް ބޮޑުމީހަކަށް ދުވާލަކަށް ބޭނުންވާ ފައިބަރުގެ 50 އާއި 100 އިންސައްތައާ ދެމެދުގެ އަދަދަކަށް ލިއްބައިދެއެވެ. މި އަދަދުތަކަށް އަންނަ ބަދަލު ބިނާވަނީ ކަދުރު ދޮންވެ ފައްކާވެފައިވާ މިންވަރަށެވެ. އަދި މިއާއިއެކު ކަދުރުގެ ތަފާތު އެކި ވައްތަރުތަކުގައިވެސް ފައިބާރ ހިމެނޭ މިންވަރު ތަފާތުވެއެވެ.

ކަދުރަކީ ތަފާތު އެކި ވައްތަރުގެ ވިޓަމިންސްވެސް ލިއްބައިދޭ ފުރިހަމަ މޭވާއެކެވެ. ކަދުރުން ލިބޭ ވިޓަމިންސް ތަކުގެ ތެރޭގައި ވިޓަމިން A، B1، B2، B3، B9 އަދި C ހިމެނެއެވެ. މީގެ އިތުރަށް  ރަނގަޅު މިންވަރަކަށް ތަފާތު އެކި ވައްތަރުގެ “ކެރޯޓިނޮއިޑްސް” ކަދުރުގައި ހިމެނެއެވެ. ފައިބަރާ ޚިލާފަށް ކެރޯޓިނޮއިޑްސްގެ މިންވަރު ކަދުރު ދޮންވެ ފައްކާވާ ވަރަކަށް ދައްވެގެން ދެއެވެ. 

ކަދުރުގައި ކޮންމެހެން ހަށިގަނޑަށް ބޭނުންވާ ތަފާތު އެކި ވައްތަރުގެ މިނެރަލްސް ހިމެނެއެވެ. މިގޮތުން ކަދުރުގައި 15 ވައްތަރުގެ މިނެރަލްސް ހިމެނިގެންވެއެވެ. މީގެ ތެރޭގައި ޕޮޓޭސިއަމް، ސޯޑިއަމް ނުވަތަ ލޮނު، ފޮސްފަރަސް، ޒިންކް، ދަގަނޑު ނުވަތަ އަޔަން، މެގްނީޒިއަމް، ކެލްސިއަމް އަދި ސެލީނިއަމް ފަދަ މާއްދާތައް ހިމެނެއެވެ. މީގެ އިތުރަށް ކަދުރުގައި ތަފާތު ވައްތަރުގެ އެންޓި އޮކްސިޑެންޓްސް އާއި އަދި މިނޫންވެސް ހަށިގަނޑަށް ބޭނުންވާ އެކި މާއްދާތައް ހިމެނެއެވެ. 

ކަދުރުން ލިބޭ ބައެއް ޞިއްޙީ ފައިދާތައް

ކަދުރަކީ އޭގައި ގިނަ އަދަދަކަށް ކެލަރީ ހިމެނޭ މޭވާއަކަށް ވުމުން ހަކަތަ ލިއްބައިދީ ހަށިގަނޑުގެ މަސައްކަތް ހަލުއިކޮށްދީ ހަށިގަނޑަށް އާރޯކަމާއި ތާޒާކަން ގެނުވައިދެއެވެ. ކަދުރު ކިތަންމެ ފޮނިކަމުގައި ވިޔަސް ކަދުރުގައި ހުންނަ ހަކުރަކީ މަޑު މަޑުން ލަސްލަހުން ލޭގެ ތެރެއަށް ނެގޭ ހަކުރަކަށް ވުމުން މިއީ ހަކުރުބަލީގެ މީހުންނަށްވެސް ކޮންމެވެސް މިންވަރަކަށް ބޭނުން ކުރެވިދާނެ މޭވާއެކެވެ. އަދި ބަރުދަން ދުޅަހެޔޮ މިންވަރަކަށް އިތުރުކުރަން ޖެހޭ މީހުންނަށް ވެސް މިއީ ރަނގަޅު މޭވާއެކެވެ.

ކަދުރަކީ އޭގައި ގިނަ އަދަދަކަށް ފައިބާރ ހިމެނޭ މޭވާއަކަށް ވުމުން ގޮހޮރުގެ ހަރަކާތްތެރިކަން އިތުރުކޮށްދީ ބަނޑު ހަރުވުމުން ދުރުކޮށްދެއެވެ. އަދި މީގެ އިތުރަށް ގޮހޮރުގެ ތެރޭގައި ރަނގަޅު ބެކްޓީރިއާ އަށަގެންނެވުމުގައިވެސް އެހީތެރިވެދެއެވެ.

ކަދުރަކީ ހަށިގަނޑުގައި ހުންނަ އެކި ވައްތަރުގެ ދުޅަ ތިރިކުރުމަށް ވެސް ރަނގަޅު މޭވާ އެކެވެ. ޚާއްސަކޮށް އަޖުވާ ކަދުރުގައި ދުޅަތިރިކުރުމުގެ ބާރު އެހެން ކަދުރުތަކަށްވުރެވެސް ފުރިހަމަކަމަށް ވަނީ ފާހަގަވެފައެވެ.

ކަދުރުގައި ބަލީގެ ޖަރާސީމާ ހަނގުރާމަ ކުރުމުގެ ބާރުވެސް ވަނީ ލައްވާފައެވެ.އަދި މިއާއިއެކު ފުރަމޭގެ މަސަތްކަތްތައް ރަނގަޅުކޮށްދީ ހަށިގަނޑުން ވިހައިގެ ބާރުކަނޑުވާލާ ވިހަ ބޭރުކުރުމުގައިވެސް ކަދުރަކީ އޭގެ ދެވަނައެއް ނުވާ މޮޅު މޭވާއެކެވެ.  

ކަދުރަކީ ދަރިމައިވުމުގެ ޞިއްޙަތަށްވެސް ރަނަގަޅު މޭވާއެކެވެ. ވިހެއުމުގެ ވޭންވަރު އަންނައިރު ރަޙިމުގެ ދޮރު ހުޅުވުމަށް ފަސޭހަކޮށްދީ ރަޙިމުގެ ހަރަކާތް ރަނގަޅު ކޮށްދޭ މޭވާއެކެވެ. އަދި ބަނޑުގައި ނުރިއްސައިގެން ބޭސްދީގެން ރިއްސުވަންޖެހޭ މިންވަރުވެސް ކަދުރު ދިނުމުން ދަށްވާ ކަމަށް ވަނީ ފަހުގެ ހޯދުންތަކުން ދައްކާފައެވެ. 

ކަދުރުގައި އެކުލެވޭ ތަފާތު ވައްތަރުގެ އެންޓިއޮކްސިޑެންޓްސް ގެ ސަބަބުން ތަފާތު ބަލިތައް ޖެހުމުން ހަށިގަނޑު ރައްކާތެރި ކޮށްދެއެވެ. މިގޮތުން ކެންސަރާއި އަދި އެހެން ބަލިތަކަށް ހަށިގަނޑު ހުށަހެޅުމުގައި މުހިއްމު ރޯލެއް އަދާ ކުރާ ފްރީ ރެޑިކަލްސް ތަކުގެ ބާރު ނައްތާލުމުގައި ކަދުރުގައި ހިމެނޭ އެންޓި އޮކްސިޑެންޓްސްތައް މުހިއްމު ރޯލެއް ކުޅެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ