Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ބާމިޔާ ތޮޅި: ބަރުދަން ލުއިކުރުމަށާއި، ސަރުބީ ދަށްކުރުމަށް ބޭނުންކުރެވިދާނެ ބާވަތެއް!

ad image

ގުޅުންހުރި ލިޔުންތައް

ބާމިޔާ ތޮޅި ނުވަތަ ލޭޑީސް ފިންގާ އަކީ މިހާރަކަށް އައިސް ރާއްޖޭގައި ގިނަ ބަޔަކު ކެއުމުގައި ބޭނުންކުރަމުން އަންނަ ތަރުކާރީގެ ބާވަތެކެވެ. އެހެންކަމުން މިހާރު ރާއްޖޭގެ ދަނޑުތަކުގައާއި ގޯތިތެރޭގެ ހުސްޖާގަ ތަކުގައި މަދުންނަމަވެސް މި ވައްތަރުގެ ތޮޅި ހައްދާކަން ފާހަގަކުރެވެއެވެ. އަދި މިއީ ސިއްޙީގޮތުން ބެލިޔަސް ހަށިގަނޑަށް ނުހަނުގިނަ ފައިދާތައް ލިއްބައިދޭ ތަރުކާރީއެކެވެ. އެގޮތުން މި ލިޔުމުގައި މި ބަލައިލަނީ ބާމިޔާ ތޮޅިން ލިއްބައިދޭ ފައިދާތަކަށެވެ.

ސިއްޙީ ދިރާސާތަކުން ދައްކާގޮތުގައި ބާމިޔާ ތޮޅި އަކީ ހަކަތަ ވަރަށް މަދުން ލިއްބައިދޭ ތަރުކާރީގެ ބާވަތެކެވެ. ބާމިޔާތޮޅީގައި ސެޗިޔުރޭޓެޑް ފެޓެއް އަދި ކޮލެސްޓްރޯލް ވެސް ނުހުރެއެވެ. ނަމަވެސް ގިނަ އަދަދަކަށް މައުދަންތަކާ، ވިޓަމިންތަކާ، އަދި ފައިބަރު ހުރެއެވެ. އެހެންކަމުން ބާމިޔާ ތޮޅިއަކީ ބަރުދަން ލުއިކުރުމަށާއި، ސަރުބީ ދަށްކުރުމަށް ބޭނުންކުރެވިދާނެ ބާވަތެކެވެ.

:ބާމިޔާ ތޮޅި ބޭނުންކުރުމުން ލިބިދޭ ބައެއްް ފައިދާތައް

ގޮހޮރުގެ ދުޅަހެޔޮކަން އިތުރުކޮށްދިނުން: ބާމިޔާތޮޅީގައި ފައިބަރު ހުރުމާއި، ބާމިޔާތޮޅި ކެއްކުމުން އުފެދޭ ލޮނދީގެ ސަބަބުން އެބޭނުންކުރުމުން ހަޖަމުކުރުމަށާއި، ގޮހޮރުގެ ތެރޭގައި ކާތަކެތި ދައުރުވުމަށް އެހީތެރިވެދޭ ކަމެކެވެ. އަދި ބަނޑު ފަސޭހަކޮށްދީ، ބަނޑުހިކުމުން ރައްކާތެރިކޮށްދެއެވެ. މީގެ އިތުރުން ގޮހޮރުގައި ވިހަ މާއްދާތައް ތަތްވެ، ހަރުލުމުން ރައްކާތެރިކޮށްދީ، ގޮހޮރުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ.

ވިޓަމިން އޭ: ވިޓަމިން އޭ އަކީ ހަމާއި، ތެތްދުލިފަށަލަ ތަކާއި، ލޮލުގެ ދުޅަހެޔޮކަމަށް ބޭނުންތެރި މާއްދާ އެކެވެ. މީގެ އިތުން މި ތޮޅިއަކި ފްލޭވޮނޮއިޑް ގިނައިން ހުންނަ ތަރުކާރީގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. އެހެންކަމުން އަނގަޔާއި، ފުއްޕާމޭގެ ކެންސަރުން ރައްކާތެރިވެ ހުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ފޮލިކް އެސިޑް: ވިޓަމިން ބީގެ ވައްތަރެއްކަމުގައިވާ، ފޮލިކް އެސިޑް އަކީ ހަށިގަނޑުގައި ޑީއެންއޭ އުފެއްދުމުގައި ބައިވެރިވެ، ނާރުތަކުގެ ދުޅަހެޔޮކަން ދަމަހައްޓައިދީ، ލޭގެ ރަތް ސެލްތައް އުފެއްދުމުގައި ބައިވެރިވެ، މާބަނޑު ދުވަސްވަރު ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ޢައިބު އުފެއްދުމުން ރައްކާތެރިކޮށްދޭ ވިޓަމިނެކެވެ.

ވިޓަމިން ސީ: ވިޓަމިން ސީ ބޭނުންކުރާނަމަ އަރިދަފުސްރޯގާ ފަދަ ތަފާތު ބަލިތަކަށް ހުށައެޅުމުގެ ފުރުޞަތު ކުޑަވާނެ އެވެ.

ހަކުރު ހުންނަ މިންވަރު ދަށްކޮށްދޭ: ބާމިޔާ ތޮޅީގައި އެކުލެވޭ ފައިބަރަކީ ލޭގައި ހަކުރުގެ މިންވަރު ހަމައަކަށް އެޅުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. ފައިބަރުގެ ސަބަބުން ކުޑަގޮހޮރުގެ ތެރޭގައި، ހަކުރު ހަށިގަނޑަށް ނެގުން ލަސްކޮށް، ދަށްކޮށް ދެއެވެ. އެހެންކަމުން މިއީ ހަކުރު ބަލީގެ މީހުންނަށް ރައްކާތެރިކަމާއެކު ބޭނުންކުރެވިދާނެ ފައިދާހުރި ބާވަތެކެވެ.

މަސްދަރު: ޞިއްޙަތު ބްލޮގް

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ