- Advertisement -ad image

ފަލަވެދާނެ ކަމަށް ބޯބާ ބޯން ނުކެރޭ މީހުންނަށް މިއޮތީ މާ މޮޅު ގޮތެއް!

ad image

ގުޅުންހުރި ލިޔުންތައް

ބޯބާ އަކީ އަނގަޔަށް މީރު އަދި ގިނަ ބައެއްގެ މެދުގައި ނުހަނު މަގުބޫލު ބުއިމެކެވެ. ހާއްސަކޮށް މިއީ ޗައިނާ މީހުންނާށް ވަރަށް ކަމުދާ ބުއިމެކެވެ.

އެހެންނަމަވެސް ބޯބާ މާ ގިނައިން ބޯނަމަ ބަރުދަން އިތުރުވުމުގެ ފުރުސަތު އޮވެއެވެ. މި ސަބަބަށް ޓަކައި ބައެއް ޒުވާނުންނަށް މީރު ނަމަވެސް، މި ބުއިމާއި ދުރުވާތަން ފެނެ އެވެ.

ޗައިނާގެ ރައްޔިތުން މިހާރުވަނީ މިކަމަށްވެސް ހައްލު ހޯދާފައެވެ. ބޯބާ ބޯ ހިތުން އުޅޭ މީހާގެ ބަދަލުގައި އެހެން މީހަކު ބޯބާ ބުއިމަކީ މިހާރު އ ޤައުމުގައި ވައިގައި ހިފައިގެން އުޅޭ ޓްރެންޑެކެވެ.

މި ޓްރެންޑްގައި ބޯބާ ބޯން ބޭނުންވާ މީހާގެ އެދުމުގެ މަތިން އެހެން މީހަކު މި ބޯބާ ބޯކަމަށް ނޫސްތަކުގައި ވަނީ ބުނެފަ އެވެ. އަދި ވީޑިއޯ އެއްގެ ޒަރިއްޔާއިން ބޯބާގެ ރަހަ އާއި ކުރެވޭ އިހްސާސްތައް ކިޔާދެއެވެ.

މި ގޮތަށް ބޯބާ ބޯ މީހުންވަނީ އެމީހުން ތަކުރާރުކޮށް އެއް ވީޑިއޯއެއް އެންމެންނަށް ނުފޮނުވާކަމަށް ބުނެފަ އެވެ. އަދި ވީޑިއޯ ބަލާއިރު އަމިއްލައަށް ބޯބާ ބޯ ކަހަލަ އިހްސާސެއް ކުރެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.

މި ގޮތަށް ބޯބާ ބޯއިރު އެމީހުން އަގު ކަނޑައަޅަނީ ތަށީގެ ބޮޑު މިނާއި ހަކުރު ހިމެނޭ މިންވަރަށް ބަލާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ