- Advertisement -ad image

ބަލި މީހަކަށް ބޭހުގެ ބަދަލުގައި ފެނަށް ހަކުރު އަޅާފައި ދީފި

ad image

ގުޅުންހުރި ލިޔުންތައް

ސިކުނޑީގައި ޓިއުމަރެއް އުފެދިފައި ހުރި ބަލި މީހަކަށް މޯރފިން ބޭހުގެ ބަދަލުގައި ފެނަށް ހަކުރު ގިރުވާފައި ދިން ނަރުހަކު މަސްއޫލިއްޔަތުން ދުރުކޮށްފި އެވެ.

އިނގިރޭސިވިލާތުގެ އެސްޓީ ފިލިއަންސް ކެއާ ހޯމްގައި ފަރުވާ ހޯދަމުން ދިޔަ މި ބަލި މީހާއަށްބޭސް ދީފައިވަނީ ވިޖިޔަން ރާޖޫ ކިޔާ ނަރުހެކެވެ. އޭނާ ބުނިގޮތުގައި ބޭހުގެ ބަދަލުގައި ފެނަށް ހަކުރު ގިރުވާފައި ދިނީ އެ ބަލި މީހާއަށް ތަދުކަނޑުވަން ބޭސްދޭން ނުފެންނާތީ އެވެ.

ރާޖޫގެ މި އަމަލާއި ގުޅިގެން ނާރސިން އެންޑް މިޑްވައިފަރީ (އެންއެމްސީ)އިން ވަނީ އޭނާގެ އަމަލު ކުށްވެރިކޮށްފައެވެ. އަދި އޭނާގެ ޒިންމާ އަދާކުރުމުން ފެއިލް ވެފައިވާކަމަށް ވަނީ ބުނެފަ އެވެ. މިކަމާއި ގުޅިގެން ރާޖޫގެ ރެޖިސްޓަރ ވަނީ ކެންސަލް ކޮށްފައެވެ.

ބަލިމީހާއަށް ރާޖޫވަނީ ނޮވެމްބަރު 2018 އިން ފެށިގެން ޖޫން 2019 އާއި ހަމައަށް މޯރފިން ބޭހުގެ ބަދަލުގައި ހަކުރުފެން ދީފައެވެ. ބަލިމީހާ ބުނިގޮތުގައި އޭނާއަށް ބޭސްދިނުމުން ރަހައިން ތަފާތު ކަމެއް ފާހަގަވި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ