- Advertisement -ad image

މާބަނޑުއިރު ހަކުރު ކޮންޓްރޯލް ކުރާނީ ކިހިނެތް؟

ad image

ގުޅުންހުރި ލިޔުންތައް

މާބަނޑު ދުވަސްވަރަކީ އަންހެނުން އެކި ކަހަލަ އުނދަގޫތަކާއި ކުރިމަތިލާން ޖެހޭ ދުވަސްވަރެކެވެ. މިއީ މާބަނޑުމީހާގެ ހަށިގަނޑަށް އެކި ގޮތްގޮތުން ބަދަލު އަންނަ ދުވަސްވަރެއް ކަމުން އާއްމު ދިރިއުޅުމާއި މި ދުވަސްވަރުގެ ދިރިއުޅުން ވަރަށް ބޮޑަށް ތަފާތު ވެއެވެ.

ހާއްސަކޮށް ދާއިމީކޮށް އެކި ބަލިތަކަށް ފަރުވާ ހޯދާ އަންހެނުންނަށް މާބނޑު ދުވަސްވަރު އެކި ކަހަލަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހެއެވެ. މީގެތެރޭގައި ހަކުރުބަލި ނުވަތަ ޑައިބެޓިކްސްއަށް ފަރުވާ ހޯދާ މީހުންވެސް ހިމެނެއެވެ.

މާބަނޑު ދުވަސްވަރު ހަކުރު ކޮންޓްރޯލްކުރުމަކީ ބައެއް މީހުންނަށް ވަރަށް ދަތިކަމެކެވެ. ހާއްސަކޮށް އިންސިއުލިން ބޭނުންކުރާ މީހުންނަށް މި ދުވަސްވަރު އަމަލުކުރަންވީ ގޮތުގެ އިރުޝާދު ލިބިފައި އޮތީ ވަރަށް މުހިއްމު ކަމެކެވެ.

އައިޖީއެމްއެޗްގެ ފިޒިޝަން ޑރ. މުހައްމަދު އަލީ ވިދާޅުވިގޮތުގައި މާބނޑުއިރުވެސް ހަކުރު ކޮންޓްރޯލް ކުރުމަށް އިންސިއުލިން ބޭނުންކުރެވިދާނެ އެވެ.އަދި މީގެން ކުޑަ ދަރިފުޅަށް ގެއްލުމެއް ނުލިބޭނެކަމަށް ޑޮކްޓަރ ވަނީ ވިދާޅުވެފަ އެވެ.

އިންސިއުލިންގެ ތެރެއިންވެސް މި ދުވަސްވަރު ބޭނުންކުރެވިދާނެ އިންސިއުލިންގެ ބާވަތްތައް ޑރ. މުހައްމަދު އަލީ ވަނީ ހިއްސާ ކުރައްވާފަ އެވެ. މީގެތެރޭގައި ހިމެނެނީ:

  • ނޯވޮރެޕިޑް
  • އެކްޓްރެޕިޑް
  • ނޯވޮމިކްސް
  • ލެވެމިރް އަދި ލެންޓަސް އެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވިގޮތުގައި މާބނޑު ދުވަސްވަރު ހަކުރު މައްޗަށްދާ ބައެއް މީހުން ކުޑަދަރިފުޅު ވިހައި، މަސްތުރަވުމުން ހަކުރު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވެސް އެބަހުއްޓެވެ. އެހެންނަމަވެސް މި ދުވަސްވަރު ހަކުރު މައްޗަށް ދާ 25 އިންސައްތަ މީހުންނަށް އުމުރުގެ ކޮންމެވެސް ހިސާބަކުން ހަކުރުބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.

ހަކުރު ކޮންޓްރޯލް ކުރުމަށްޓަކައި ކެއުންބުއިން އަދި ދިރިއުޅުމަށް ވެސް ހެޔޮ ބަދަލުތަކެއް ގެނައުމަކީ މުހިއްމުކަމެކެވެ. އަދި ޤަވާއިދުން ހަކުރު ބައްޔަށް ޓެސްޓުކުރުމަށްވެސް ޑޮކްޓަރުން ލަފާދެއްވައެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ