- Advertisement -ad image

މުރަނގަފަތުން އެތައް ފައިދާ އެއް ހަށިގަނޑަށް ލިއްބައިދޭ!

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ކޮންމެ ރަށަކުންވެސް ފަސޭހަ ލިބޭ އެއްޗަކަށް މުރަނގަފަތް ވާނެއެވެ. ނަމަވެސް ފިވެހިން މުރަނގަފަތް ކައިއުޅެނީ އެންމެ ގިނައިން ތެލުލައިގެންނެވެ.
މުރަނގަފަތުގެ ފައިދާ ހަށިގަނޑަށް އެންމެ ފައިދާ ހުރި ގޮތުގައި ލިއްބައިދެނީ ރޮލަށް ފަތް ހުރިގޮތަށް ހުއްޓާ ކެއުމުންނެވެ.
ޑޮކްޓަރުންގެ ލަފާގެ މަތިން ކުޑަކުދިންގެ ކެއުމުގައިވެސް ހިމެނުން މުހިންމު އެއްޗަކަށް މުރަނގަފަތްވެއެވެ.
މުރަނގަފަތުން ލިބޭ ބައެއް ފައިދާތަކަށް ބަލާއިރު؛
މުރަނގަ ފަތުގައި ހުންނަ ލޭ އޮލަކޮށްދޭ އަސަރުގެ ސަބަބުން ހަށިގަނޑުގައި ހެދިފައި ހުންނަ ފާރު ފަސޭހަވެ ރަނގަޅުވާން މަގުފަހި ކޮށްދެ އެވެ. މީގެ އިތުރުންވެސް މުރަނގަފަތް ފުނޑައިގެން ފާރުތަކުގައި އުނގުޅުމަކީީ ވެސް ފާރުތައް އަވަހަށް ފަސޭހަ ވާނެ ކަމެކެވެ.

ތަންތަން ދުޅަވެފައި ހުރުމަކީ ރޯގާތަކާއި ހުން އައުމަށް މަގުފަހިވާ ކަމަކަށްވާއިރު މުރަނގަފަތް ގަވައިދުން ކެއުމުގެ ސަބަބުން ތަންތަން ފަސޭހައިން ދުޅަވުމުން ދުރުކޮށްދެއެވެ.

މުރަނގަފަތުގައި ގުލްކޯޒް އާއި ލިޕިޑް މަދުކުރާ މާއްދާ ހުރެއެވެ. މީގެ ސަބަބުން ގަވާއިދުން މުރަނގަފަތް ކާ މީހުންގެ ލޭގައި ހަކުރު ހުންނަ މިންވަރު މަދު ކޮށްދެ އެވެ.

މުރަނގަފަތް ކެއުމުން ލޭ ގަނޑުވުމުން ދުރުކޮށްދެއެވެ. މީގެ ސަބަބުން ހަށިގަނޑުގައި ލޭ ދައުރުވުމުގެ ނިޒާމު ރަނގަޅަށް ކުރިއަށް ދިޔުމަށް އެޅޭ ހުރިހާ ހުރަސްތަކެއް ނައްތާލަ އެވެ. އެހެންކަމުން ހަށިގަނޑުގެ އެންމެ ގުނަވަން ކަމުގައިވާ ހިތުގެ ބަލިތަކުން މީހާ ދުރުކޮށްދެއެވެ.
މުރަނގަފަތް ގަހުން ލިބޭ ތޮޅި އާއި މަލަކީވެސް ކައިއުޅޭ އެއްޗެކެވެ.
ކޮންމެ މީހަކުވެސް އަޒުމު ކަނޑައަޅަންވީ އަހަރުމެންގެ ކޮންމެ ދުވަހެއްގެ ކެއުމުގައި މުރަނގަފަތް ހިމެނުމަަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ