އުމުރުން ދުވަސް ވަމުން ދާ ވަރަކަށް ރީތިކޮށް ޒުވާން ކަންމަތީ ދެމި ހުރުމަކީ އަހަރެމެން ކޮންމެ މީހަކުވެސް ނުހަނު ބޭނުންވާނެ އެކަމަށް މަސައްކަތް ކުރާނެ ކަމެކެވެ.
މިކިޔާދެނީ ހަންގަނޑަށް ރޫޖެހުމުން ދުރުކޮށްދޭ ޒުވާންކޮށް ތާޒާ ކޮށް ހުރުމަށް ކެއުމުގައި ބޭނުން ކުރެވިދާނެ 5 ކާނާއެވެ.
1 ބުލޫބެރީސް
ބުލޫބެރީސް އަކީ ވިޓަމިން ގެ މާއްދާތަކުން ފުރިފައިވާ އަނގަޔަށް މީރު މޭވާއެކެވެ. އެގޮތުން ބުލޫބެރީސް ކެއުމުން ވިޓަމިން އޭ ބީ އަދި ސީ ލިބެއެވެ. ހާއްސަކޮށް އުމުރުން 40 އަހަރުން މައްޗަށް ދިއުމުން ކޮންމެ ދުވަހެއްގެ ކާނާގެ ތެރޭގައި ބުލޫބެރީ ހިމެނުން މުހިންމެވެ. މީގެ ސަބަބުން ހަންގަނޑަށް ޖެހޭ ރޫތައް ޖެހުން މަދުވުމާއެކު ސިކުނޑީގައި ކަންކަން ހަރުލާފައި ހުރުމަށް އެހީވެދެއެވެ
2 ޑާރކް ޗޮކްލެޓް
ޑާރކް ޗޮކްލަޓަކީ ކުޑަކޮށް ހިތިރަހައެއް ހުއްޓަސް ކެއުން މުހިންމު އެއްޗެކެވެ. އެގޮތުން ދުވާލުގެ ކެއުމުގައި ކުޑަ މިންވަރެއް ހިމެނުމުންވެސް ހިތުގެ ބަލިތަކުން ދުރުކޮށްދިނުމާއެކު ހަނދާން ނެތުމުން ދުރުކޮށްދެއެވެ. ޗޮކްލެޓަކީ ކެލޮރީސް ހައި އެއްޗެއް ކަމުން މާގިނައިން ކެއުން ރަނގަޅެއް ނޫނެވެ
3 ބްރޮކޮލީ
މިއީ ހަމަ ކޮންމެހެންވެސް ކޮންމެ ދުވަހަކު ކާންޖެހޭ މުހިންމު އެއްޗެކެވެ. ބްރޮކޮލީގައި ވިޓަމިން އޭ ސީ ގެ އިތުރުން އެންޓިއޮކްސިޑެންޓްސް، ފައިބަރ، ފޮލޭޓް، ކެލްސިއަމް، ލުއެޓިން މާއްދާ ހިމެނެއެވެ. އެހެންކަމުން އަވަސް ނަތީޖާއަކަށް އުއްމީދު ކުރާނަމަ ގަވައިދުން ކާންވީ ޔަގީނުންވެސް ބްރޮކޮލީއެވެ
4 އެވަކާޑޯ
ކޮންމެ ދުވަހެއްގެ ހެނދުނުގެ ސައިގާ އެވަކާޑޯ ހިމެނުމުން ހަށިގަނޑު ބަރުވެގެންދިއުން ކޮންޓްރޯލްކޮށްދެއެވެ. އަދި އެވަކާޑޯގައި ހިމެނޭ ފައިޓޯކެމިކަލްސްގެ ސަބަބުން މުސްކުޅިވުމުން ދުރުކޮށްދިނުމަށް ބާރުއަޅައެވެ.
5 ސްޕިނެޗް
ސްޕިނެޗްވެފައިވަނީ ސިއްހަތަށް ފައިދާ ހުރި ޑައިޓެއް ކުރާނަމަ ހަމަ ކެއުމުގައި ކޮންމެހެން ހިމަނަންޖެހޭ ބާވަތަކަށެވެ. މިއީ ރޮލަށްވެސް އަދި ތަފާތު ގޮތްގޮތަށް ސެލަޑް ހަދައިގެންވެސް ކެވިދާނެ ފަތެކެވެ. ސްޕިނެޗުން ހަށިގަނޑަށް ވިޓަމިން އޭ ސީ އީ އަދި ކޭ ލިބެއެވެ. ދަގަނޑު މާއްދާއިން މުއްސަނދި ސްޕިނެޗް ކެއުމުން ސިއްހަތު ރަނގަޅު ހިތަކާ އެކު ލޭ ދައުރުވާ މިންވަރު އެއްވަނައިގާ ހިފަހައްޓާ ދެއެވެ.
މަސްދަރު: ފެކްޓީ ހެލްތް (ފެކްޓީ.ކޮމް)
[…] މިކިޔާދެނީ ހަންގަނޑަށް ރޫޖެހުމުން ދުރުކޮށްދޭ… އިތުރަށް ވިދާޅުޭ […]
[…] މިކިޔާދެނީ ހަންގަނޑަށް ރޫޖެހުމުން ދުރުކޮށްދޭ ޒުވާންކޮށް ތާޒާ ކޮށް ހުރުމަށް ކެއުމުގައި ބޭނުން… އިތުރަށް ވިދާޅުވޭ […]
[…] މިކިޔާދެނީ ހަންގަނޑަށް ރޫޖެހުމުން ދުރުކޮށްދޭ ޒުވާންކޮށް ތާޒާ ކޮށް ހުރުމަށް ކެއުމުގައި ބޭނުން… އިތުރަށް ވިދާޅުވޭ […]