- Advertisement -ad image

މާބަނޑު ދުވަސްވަރު ނޭވާ ކުރުވުން، ކަންބޮޑުވާންވީ ކަމެއްތަ؟

ad image

ގުޅުންހުރި ލިޔުންތައް

‎މާބަނޑު ދުވަސްވަރު ނޭވާ ކުރުވުމަކީ ވަރަށް ގިނަ އަންހެނުން ތަހައްމަލްކުރާ ކަމެކެވެ. މީގެ ސަބަބުން އާންމުކޮށް ދިރިއުޅުމުގައި ކުރާ ކަންކަމަށް ވަރަށް ބޮޑަށް އަސަރު ކުރާކަމަށް ވެސް ގިނަ މީހުން ބުނެއެވެ.
‎އެހެންނަމަވެސް، ގިނަ ޑޮކްޓަރުންގެ ނަޒަރުގައި މާބަނޑު ދުވަސްވަރު ނޭވާ ކުރުވުމަކީ އާންމު ކަމެކެވެ. އަދި މިހެން ދިމާވުމަށް މެދުވެރިވަނީ އެ ދުވަސްވަރު އަންހެން މީހާގެ ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ.
‎ނޭވާ ކުރުވުން ފެށެނީ މާބަނޑު ދުވަސްވަރުގެ ކިހާ ހިސާބަކުން؟
‎އާންމު ގޮތެއްގައި ގިނަ މީހުން މިކަން ތަހައްމަލް ކުރަނީ ދެވަނަ ޓްރިމެސްޓަރ ގަ އެވެ. އަދި ތިންވަނަ ޓްރިމެސްޓަރ ގައި ދަރިފުޅު ހެދި ބޮޑުވާވަރު އިތުރުވުމުގެ ސަބަބުން މި އުނދަގޫ ތަންކޮޅެއް ބޮޑުވެއެވެ.
‎ނޭވާ ކުރުވާން ދިމާވަނީ ކީއްވެ؟
‎ބަނޑުގައި އުފެދެމުންދާ ދަރިފުޅަށް މާބަނޑު ދުވަސްވަރު ގިނައިން އޮކްސިޖަން ބޭނުންވާނެ އެވެ. އެހެން ކަމުން މިދުވަސްވަރު އުފެދޭ ހޯމޯންސްތަކުގެ އަސަރު ސިކުނޑިއަށް ފޯރުމުންވެސް ނޭވާކުރުވުމަށް މެދުވެރި ވެއެވެ. 
‎ހަމައެހެންމެ ވިހެެއުމަށް ގާތްވާވަރަކަށް ޔުޓެރަސް ބޮޑުވުމަކީ ވެސް ފުންޕާމެއަށް ކުރިން ލިބޭ ވަރަށް އޮކްސިޖަން ނުލިބޭނެ ސަބަބެކެވެ. އެހެންނަމަވެސް ހަށިގަނޑަށް ގެއްލުން ލިބޭ ވަރަށް އޮކްސިޖަން މަދެއް ނުވާނެ އެވެ.
‎ނޭވާ ކުރުވުން ކުޑަކުރުމަށް ކުރަންވީ ކޮންކަމެއް؟
‎• އިށީންދެ އިންނަ އިރު ހަށިގަނޑު ތެދުކޮށްގެން އިނުން. މިހެން އިނުމުގެ ސަބަބުން ފުއްޕާމޭގައި އޮކްސިޖަން އަށް އިތުރު ޖާގަ ލިބޭނެ.
‎• ނިދާއިރު ވާތް ފަޅިއަށް އޮވެގެން ނިދުން
‎• ލުއި ކަސްރަތުތައް ކުރުން
‎• ހާސްނުވެ، އަބަދުވެސް ހަމަޖެހިލައިގެން ހުރުން

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. […] ‎މާބަނޑު ދުވަސްވަރު ނޭވާ ކުރުވުމަކީ ވަރަށް ގިނަ އަންހެނުން ތަހައްމަލްކުރާ ކަމެކެވެ. މީގެ ސަބަބުން އާންމުކޮށް ދިރިއުޅުމުގައި ކުރާ ކަންކަމަށް ވަރަށް ބޮޑަށް އަސަރު ކުރާކަމަށް ވެސް ގިނަ މީހުން ބުނެއެވެ.‎އެހެންނަމަވެސް، ގިނަ ޑޮކްޓަރުންގެ ނަޒަރުގައި މާބަނޑު… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ