- Advertisement -ad image

ހަންގަނޑު ރީތިކޮށް ބަހައްޓަން ބޭނުންނަމަ މިކަންކަން ކޮށްލާ!

ad image

ގުޅުންހުރި ލިޔުންތައް

ހަންގަނޑު ރީތިކޮށް އަދި އޮމާންކޮށް ބެހެެއްޓުމަށް އެކި މީހުން ކުރަނީ އެކި ކަހަލަ މަސައްކަތެވެ. ކެއުމުގެ އާދަތައް ބަދަލުކޮށް އެކި ވައްތަރު ޕޭސްޓްތައް އަމިއްލައަށް އުފެއްދުމުގެ އިތުރުން މިކަމަށް ހާއްސަ ބްރޭންޑްތަކުގެ ޕްރޮޑަކްޓަތައް ގަނެގެން ބޭނުންކުރާ މީހުންވެސް މަދެއް ނޫނެވެ. އެހެންނަމަވެސް މި މަސައްކަތުގެ އެދެވޭ ނަތީޖާ ފެންނަނީ މަދު ބަޔަކަށެވެ.

ހަންގަނޑަށް ދިމާވާ އެކި މައްސަލަތަށް ކަމަށްވާ އޮށާޅަ ނެގުން، ހަންގަނޑު ކުރަކި ވުން ނުވަތަ ހަންގަނޑު މާ ބޮޑަށް ތެޔޮ ވުމަކީ ގިނަ ބަޔަކު ތަހައްމަލް ކުރަމުންދާ ކަންކަމެވެ: މިފަދަ ކޮންމެ މައްސަލައަކަށްވެސް ދޭން ޖެހޭ ފަރުވާ ތަފާތެވެ. އެއީ ކެއުމުގައި ބޭނުންކުރާ ބާވަތެއް ނުވަތަ ހަމުގައި އުނގުޅާ ބާވަތެއް ވިޔަސްއެވެ.

ވިޓަމިން – ސީ

އަހަރެމެން އާއްމުކޮށް ކެއުމުގައި ބޭނުންކުރާ ގިނަ ބާވަތްތަކުގައި ވިޓަމިން – ސީ ހިމެނެއެވެ. އެކި ކަހަލަ ބެރީސްއިން ފެށިގެން އޮރެންޖް، ފަޅޯ، ކިވީ، އަދި ފޭރުގައި ވެސް ގިނަ އަދަދަކަށް ވިޓަމިން – ސީ ހުރެއެވެ.

ވިޓަމިން – ސީ އަކީ ދިފާއީ ނިޒާމު ވަރުގަދަކޮށްދިނުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. ހަމަ މީގެއިތުރުން ވިޓަމިން – ސީ އަކީ ހަންގަނޑު ތާޒާކޮށް ބަހައްޓައިދިނުމަށް ވެސް ނުހަނު މުހިއްމު ރޯލެއް އަދާކުރާ މާއްދާ އެކެވެ. ވިޓަމިން – ސީގެ ސަބަބުން ހަންގަޑު ހަލާކުވެ، އެނދުން އަދި ކުރަކިވުން ފަދަ ކަންކަން ރަނގަޅުކޮށްދެ އެވެ.

ޒިންކް ހިމެނޭ ކާނާ

ޒިންކް ހިމެނޭ ކާނާތައް ކޮންމެ ދުވަހެއްގެ ޑައިޓްގައި ހިމަނާނަމަ ހަންގަނޑު ދުޅަހެޔޮ ކޮށް ހުންނާނޭކަމަށް ސިއްހީ މާހިރުން ބުނެއެވެ. އަދި ޒިންކް އަކީ ހަންގަނޑު ތެޔޮވުމުން ރައްކާތެރިކޮށްދިނުމަށް އެހީވާ މާއްދާ އެކެވެ.

ޒިންކް ހިމެނޭ ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ ކަނޑުމަސް، ރަތްކަން ގަދަ އެއްގަމު މަސް، އެކި ކަހަލަ ބަދަން، އޮށް އަދި ގޮވާމުގެ ބާވަތްތަކެވެ.

ޓޮމާޓޯ

ޓޮމާޓޯއަކީ ހަންގަނޑަށް އަޖައިބެއް ފަދަ ރީތިކަން ގެނުވާ މޭވާއެެކެވެ. ލިބުމަށްވެސް ފަސޭހަ އަދި މީރު މި މޭވާގައި ގިނަ އަދަދަކަށް ސިލޭނިއަމް އަދި ބާރުގަދަ އެންޓިއޮކްސިޑެންޓްސް ހިމެނެ އެވެ. މި މާއްދާތަކުގެ ސަބަބުން ދިފާއީ ނިޒާމު ވަރުގަދަ ކޮށްދެއެވެ. މީގެއިރުން ޓޮމާޓޯ ގިނައިން ކާނަމަ ބަލިތައް ޖެހުމުން ވެސް ދުރުކޮށްދެނެ އެވެ.

ޓޮމާޓޯ އަކީ ހަންގަނޑަށް ދިމާވާ ސީރިއަސް އެެތައް މައްސަލައެއްގެ ހައްލެވެ. މިގޮތުން ޓޮމާޓޯގެ ސަބަބުން އަވީގެ ސަބަބުން ހަންގަނޑު އެނދުމުން ރައްކާތެރިކޮށްދީ، އުމުރުން ދުވަސްވުމުން ހަންގަނޑު ރީތި ކޮށްދެއެވެ. އަދި ހަންގަނޑަށް ޖެހޭ ކެންސަރު ރަނގަޅު ކުރުމަށް ވެސް ޓޮމާޓޯ އެހީވެއެވެ.

ފެން

ކޮންމެ ދުވަހަކުވެސް މަދުވެގެން 8 ތަށި ފެން ބޯންޖެހޭނެ ކަމަށް އަބަދުވެސް ސިއްހީ މަހިރުން އިރުޝާދު ދެއެވެ. ސަބަބަކީ ފެނަކީ ހުރިހާ ކަމަކަށް ވެސް އޮތް ފަރުވާއަކަށް ވާތީ އެވެ. ފެނުގެ ސަބަބުން ހަންގަނޑު ޑީ ހައިޑްރޭޓް ވުމުން ސަލާމަތް ކޮށްދެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. […] ހަންގަނޑު ރީތިކޮށް އަދި އޮމާންކޮށް ބެހެެއްޓުމަށް އެކި މީހުން ކުރަނީ އެކި ކަހަލަ މަސައްކަތެވެ. ކެއުމުގެ އާދަތައް ބަދަލުކޮށް އެކި ވައްތަރު ޕޭސްޓްތައް އަމިއްލައަށް އުފެއްދުމުގެ އިތުރުން މިކަމަށް ހާއްސަ ބްރޭންޑްތަކުގެ ޕްރޮޑަކްޓަތައް ގަނެގެން ބޭނުންކުރާ މީހުންވެސް… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ