އުމުރުން ދުވަސްވުމަކީ އެއްވެސް އިންސާނަކަށް ބަދަލުކުރެވޭނެ ކަމެއް ނޫނެވެ. އެހެންނަމަވެސް ޒުވާން ދުވަސްވަރު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ އުމުރުން ދުވަސްވާއިރު އޭގެ ފައިދާ އެތައް ގޮތަކުން ކުރާނޭ ކަމެކެވެ. ހާއްސަކޮށް ގިނަ މީހުންނަކީ ހަންގަނޑަށް ބަލައިގެން އުޅޭ މީހުން ކަމުން ޒުވާން ދުވށްވަރު މިފަދަ ކަންކަމސް ފަރުވާތެރިވާނަމަ އުނުރުން ދުވަސްވާއިރުވެސް މީހާގެ ޒުވާން ކަމާއި ރީތިކަން ގިނަ ދުވަހަށް ހުރުމަށް އެހީތެރިވެދެ އެވެ.
އުމުރުން ދުވަސްވުން ނުހުއްޓުނު ނަމަވެސް ދުޅަހެޔޮކަން މަތީގައި ހުރުމަށް ކުރެވިދާނެ ވަރަށް ގިނަ ކަންކަން ހުރެއެވެ. ކަސްރަތު ކުރުމާއި ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމުގައި ހިމެނުމަކީވެސް މީގެތެރެެއިން ބައެއް ކަންކަމެވެ. އެގޮތުން ތިރީގައި މިވަނީ އުމުރުން ދުވަސްވާއިރު އަހަރެމެންގެ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ކެއުމުގައި ހިމެނިދާނެ 5 ކާނާ އެކެވެ.
ބެރީސް
ބެރީސް ފާހަގަ ވެފައިވަނީވެސް ހަންގަނޑު ތާޒާކަން މަތީގައި ބެހެއްޓުމަށް މަސައްކަތްކުރާ އެއްވަނައިގެ ކާނާއެއްގެ ގޮތުގަ އެވެ. ބެރީސްގައި ގިނަ އަދަދަކަށް ވިޓަމިން-ސީ އަދި އެންޓިއޮކްސިޑެންޓްސް ހިމެނެ އެވެ. މީގެ އެހީގައި އުމުރުން ދުވަސްވާވަރަށް ހަންގަނޑަށް އަންނަ ބަދަލުތައް ކުޑަކޮށްދެ އެވެ. ހަމައެހެންމެ ހަންގަނޑުގައި ރޫޖެހުމުންވެސް ދުރުކޮށްދިނުމަށް ބެރީސް އެހީތެރިވެދެއެވެ.
ޓޮމާޓޯ
ޓޮމާޓޯ އަކީ އެންޓިއޮކްސިޑެންޓްސްގެ ބާރުގަދަ ބާވަތެއް ކަމަށްވާ ލައިކޮޕީން ގިނަ އަދަދަކަށް ހިމެނޭ މޭވާ އެކެވެ. މީގެ އެހީގައި އުމުރުން ދުވަސްވާވަރަށް ހަންގަނޑަށް ބަދަލު އައުން ލަސްކޮށްލަ ދެއެވެ.
މީގެ ކުރިން ހެދި ދިރާސާއަކުން ވެސް ވަނީ ލއިކޮޕީން ގިނައިން ލިބޭ މީހުންގެ ހަންގަނޑު އާދަޔާ ހިލާފަށް އޮމާންކަން ދެނެގަނެވިފަ އެވެ.
ކަރާ
ކަރާއަކީ އޭގައި ގިނަ އަދަދަކަށް ފެން ހިމެނޭ މޭވާ އެކެވެ. މީގެއިތުރުން ޓޮމާޓޯ އެކޭ އެއްގޮތަށް ކަރާގައި ވެސް ލައިކޮޕީން ހިމެނެ އެވެ. އަދި ގިނަ އަދަދަކަށް ވިޓަމުން -އޭ ވެސް ކަރާގައި ހިމެނެ އެވެ. ކަރާގެ އެހީގެ ހަންގަނޑު ތަޒާކަން މަތީ ބަހައްޓަދެއެވެ. އަދި ކަރާގެ ހުންނަ ފެނުގެ އެހީގައި ހައިޑްރޭޓްކޮށް ހުރުމަށް ވެސް އެހީވެދެއެވެ.
ޑާކް ޗޮކްލެޓް
ޗޮކްލެޓް ކާ ހިތްވާ މީހުންނަށް މިއީ ހަންގަނޑު ރީތިކޮށްލަން މާ ފަސޭހަ ގޮތެކެވެ. ޑާކް ޗޮކްލެޓްގައި ހުންނަ މާއްދާ ތަކުގެ އެހީގައި ހަންގަނޑު ޒުވާންކަން މަތީގައި ބެހެއްޓުމަށް އެޙިވެދެއެވެ.
އަދި މީގައި ހިމެނޭ ކޮކޯ އަކީ ހަންގަނޑު ކުރަކިވުމުން ދުރުކޮށްދޭ ބާވަތެކެވެ. އަދި ލެ ހިނގުން ރަނގަޅުކުރުމަށްވެސް ކޮކޯގެ ދައުރު ވަރަށް ބޮޑެވެ.
ޗޮކްލެޓްގެ ތެރެއިންވެސް އެންމެ ފައިދާކަން ބޮޑީ ޑާކް ޗޮކްލެޓްގައެވެ. ސަބަބަކީ މި ބާވަތުގެ ޗޮކްލެޓްގެ 70 އިންސައްތައަކީ ކޮކޯ ކަމުގައި ވުމެވެ.
އަންނާރު
އަންނާރަކީ ހުރިހާ އުމުރަކާއި ވެސް ގުޅޭ ގިނަ ފައިދާތައް ލިބޭ މޭވާ އެކެވެ. މި މޭވށގައި ގިނަ އަދަދަކަށް ވިޓަމިން – ސީ ހިމެނެ އެވެ.
އަންނާރު ގިނައިން ކާނަމަ ހަންގަނޑު ގައި ރޫޖެހުން، ހަންގަނޑު ކުރަކިވުން ފަދަ ކަންކަމުން ދުރުކޮށްދޭނެ އެވެ. މިކަން ވަނީ މީގެ ކުރިން ހެދި ބައެއް ދިރާސާތަކުން ވެސް ހޯދިފަ އެވެ.
[…] އުމުރުން ދުވަސްވުމަކީ އެއްވެސް އިންސާނަކަށް ބަދަލުކުރެވޭނެ ކަމެއް ނޫނެވެ. އެހެންނަމަވެސް ޒުވާން ދުވަސްވަރު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ އުމުރުން ދުވަސްވާއިރު އޭގެ ފައިދާ އެތައް ގޮތަކުން ކުރާނޭ ކަމެކެވެ. ހާއްސަކޮށް ގިނަ މީހުންނަކީ ހަންގަނޑަށް ބަލައިގެން އުޅޭ… އިތުރަށް ވިދާޅުވޭ […]