- Advertisement -ad image

ލުނބޯ: ސިއްހީ އެތައް މައްސަލައަކަށް އޮތް ފަރުވާއެއް

ad image

ގުޅުންހުރި ލިޔުންތައް

ލުނބޯއަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިންސީ އާއި ފައިބަރ އަދި އަދަދު ނުކުރެވާހާ ގިނަ ހަށިގަނޑަށް ފައިދާހުރި މައްދާތައް ހިމެނޭ ކާނާއެކެވެ.

ލުނބޮލުގެ އެހީގައި ބަރުދަން ލުއި ކުރުމަށާއި، ހިތުގެ ބަލިތައް، އެނީމިއާ، ކިޑްނީގައި ހިލަ އުފެދުން، ހަމަޖަމްކުރުމުގެ ނިޒާމް އަދި ކެންސަރަށްވެސް އޮތް ފަރުވާ އެކެވެ.

ލުނބޮއަކުން ލިބޭ ކެލޮރީސްގެ އަދަދު ގުނާ އަދަދު ނުކުރެވޭހާ ގިނައެވެ. އެގޮތުން ލުނބޯގެ 10 އިންސައްތައަކީ ކާބޯހައިޑްރޭޓްސް އެވެ. އަދި ބާކީ 88-89 އިންސައްތަ އަކީ ފެނެވެ. ލުނބޯގައި ހިމެނޭ ބައެއް މާއްދާތަކުގެ ތެރޭގައި ކާރބޯހައިޑްރޭޓްސް، ފައިބަރ، ވިޓަމިންސީ، ޕޮޓޭސިއަމް، ވިޓަމިން ބީ6، ފަދަ ސިއްހަތަށް ފައިދާ ހުރި ގިނަ ބައިތަކެއް ހިމެނެ އެވެ.

ސިއްހީ ފަރުވާތައް:

ހިތުގެ ދުޅަހެޔޮކަން އިތުރުކުރުން
ކުރިންވެސް ބުނިފަދައިން ލުނބޯއަކީ ވިޓަމިން-ސީއިން ފުރިފައިވާ ކާނާ އެކެވެ. އެގޮތުން ލުނބޯއެއްގައި އެކަނިވެސް 31 މިލިގްރާމްގެ ވިޓަމިން-ސީ ހުންނަ ކަމަށްވެއެވެ. މިއީ ދުވާލެއްގެ މައްޗަށް ބޭނުންކުރުމަށް ވިޓަމިން-ސީގެ 51 އިންސައްތަ އެވެ.

ވިޓަމިން- ސީ ގިނައިން ބޭނުންކުރާ މީހުންގެ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކަމަށް މީގެ ކުރިން ހަދާފައިވާ ދިރާސާތަކުން ވެސް ދައްކަ އެވެ. އަދި މީގެ ސަބަބުން ހަށިގަނޑުން ބަރު މީހުން އަދި ލޭ މައްޗަށް ދާ މީހުންނަށް ސްޓްރޯކް ޖެހުމުން ދުރުކޮށްދެ އެވެ.

ހުތް ގަދަ މޭވާގެ ސަބަބުން ލޭގައި އުފެދޭ ކޮލެސްޓްރޯލް ލެވަލް ވެސް ދަށްކޮށް ދޭކަމަށް ވަނީ ހޯދިފަ އެވެ.

ކިޑްނީގައި ހިލައުފެދުމުން ދުރުކޮށްދިނުން
ލުނބޯގައި ހުންނ ހުތް މާއްދާަގެ ސަބަބުން ކިޑްނީގައި ހިލައުފެދުމުން ދުރުކޮށްދެ އެވެ.

ބައެއް ދިރާސާތަކުން ދައްކާގޮތުގައި ލުނބޯ ފަނި ގިނައިން ބޯމީހުންގެ މި މައްސަލަތައް ކުރިމަތިވާ މިންވަރު ދަށެވެ.

އެނީމިއާ އިން ރައްކާތެރިކޮށްދިނުން
އެނީމިއާ ނުވަތަ ހަށިގަނޑުން ދަގަނޑުގެ ބައި މަދުވުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. ހާއްސަކޮށް އިއްދައިން ކެނޑުމުގެ ކުރިން މިކަން ތަހައްމަލް ކުރާ އަންހެނުން ވަރަށްވެސް ގިނައެވެ.

ލުނބޯގެ އހީގައި އެނީމިއާއިން ރައްކާތެރިކޮށްދެނީ ލުނބޮލުގައި ކޮންމެވެސް ވަރަކަށް ދަގަނޑުގެ ބައި ހިމެނޭތީ އެވެ.
ކެންސަރަށް ފަރުވާއެެއް
ލުނބޯއަކީ ވަރަށް ގިނަ ވައްތަރުގެ ކެންސަރަށް އޮތް ފަރުވާއެކެވެ. މީގެތެރެއިންވެސް އުރަމަތީގެ ކެންސަރުން ރައްކާތެރިވުމަށް ލުނބޯގެ ދައުރު ވަރަށް ބޮޑެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ