- Advertisement -ad image

ދުފުން ހުއްޓާލާފައި ކާންވީ ހަމައެކަނި ކަރަންފޫ

ad image

ގުޅުންހުރި ލިޔުންތައް

ދިވެއްސެއް ނަމަ ކަރަންފޫއަކީ އާ ނަމަކަށް ނުވާނެ އެވެ. މީރު ފޮނި އަދި ކުޅި ކާ ތަކެއްޗަށް ރަހަމީރު ކޮށްލަންވެސް ކަރަންފޫ ވަރެއް ނެތެވެ. ދުފާލަން ވެސް ކަރަންފޫ އަކީ އެއްވަނަ އެވެ.

އެހެންނަމަވެސް ސިއްހީ މާހިރުން ބުނާގޮތުގައި ދުފާއިރުގައި ކަރަންފޫ އާއެކު ބޭނުންކުރާ ފޯއް، ދުންފަތް ފަދަ ބާވަތްތަކުގެ ސަބަބުން ހަގީގަތުގައި ކަރަންފޫއިން ލިބެންޖެހޭ ފައިދާ އަހަރެމެންނަކަށް ނުލިބެ އެވެ. އަދި އެންމެ ރަނގަޅު ގޮތަކީ ދުފުމުގެ ބަދަލުގައި ކަރަންފޫ އެކަނި ކެއުން ކަމަށްވެސް ބައެއް ސިއްހީ މާހިރުން އިއްތިފާޤުވެއެވެ.

ކަރަންފޫ އަކީ އޭގައި ގިނަ އަދަދަކަށް ފައިބަރ، މެގްނީސިއަމް އަދި ވިޓަމިންސް ވެސް ހިމެނޭ އެއްޗެކެވެ. މީގެތެރެއިން މެގްނީސިއަމް އަކީ ސިކުނޑި ރަނގަޅަށް މަސައްކަތް ކުރުމަށާއި ކަށި ވަރުގަދަ ކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ މާއްދާ އެކެވެ.

ކަރަންފޫގައި ވިޓަމިންސް އާއި މިނަރަލްސްގެ އިތުރުން ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓްސް ވެސް ހިމެނެ އެވެ.

އެންޓިއޮކްސިޑަންޓްސް އަކީ ހަށިގަނޑުގައި އުފެދޭ އޮކްސިޑޭޓިވް ސްޓްރެސް ދަށްކުރުމަށް އެހީވެދޭ މާއްދާއެެކެވެ. އަދި މީގެ ސަބަބުން ހިތުގެ ބަލިތަކުން ވެސް ދިފާއުކޮށްދެ އެވެ.

އާއްމުކޮށް ކެއުމުގައި ކަރަންފޫ ހިމެނުމަށް ސިއްހީ އެހީތެރިން ލަފާދެއެވެ.

މީގެކުރިން ހަދާފައިވާ ބައެއް ދިރާސާތަކުން ވަނީ ކަރަންފޫއަކީ ކެންސަރުން ދިފާއުކޮށްދިނުމަށް އެހީވެދޭ އެއްޗެއްކަން ހޯދިފަ އެވެ. އެގޮތުން ކަރަންފޫގެ އެހީގައި ޓިއުމަރ ހެދިބޮޑުވުން ހުއްޓުވައިދީ އަދި ކެންސަރު ސެލްތައް ނައްތާލަ އެވެ.

އަދި ކަރަންފޫ ފާހަގަވެފައިވަނީ ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރާ އެއްޗެެއްގެ ގޮތުގައެވެ. އެހެންނަމަވެސް މާ ގިނައިން ކަރަންފޫ ތެޔޮ ބޭނުން ނުކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއެވެ. އެއީ މީގެ ސަބަބުން ފުރަމޭ ހަލާކުވުމުގެ ފުރުސަތު އޮންނާތީ އެވެ.

ކަރަންފޫއަކީ ބެކްޓީރިއާ ދެކޮޅަށް މަސައްކަތް ކުރާ އެއްޗެކެވެ. ކަރަންފޫ ކާނަމަ ހަށިގަނޑުގައި ބެކްޓީރިއާ ކަހަލަ އެއްޗެހި އުފެދުމުގެ ފުރުސަތު ކުޑަވެއެވެ.

އަދި އަނގައިގެ އެކި ބަލިތަކަށް ވެސް ކަރަންފޫ އަކީ ވަރަށް ރަނގަޅު ފަރުވާ އެކެވެ. އއގޮތުން ކަރަންފޫގެ ސަބަބުން ހިރުގަނޑު ވަރުގަދަ ކޮށްދޭކަމަށް މީގެ ކުރީގެ ބައެއް ދިރާސާތަކުން ވެސް ވަނީ ދައްކާފަ އެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ