- Advertisement -ad image

ބާރު ބޮޑު ސެލޫން އަކުން ޓްރެންޑީ ގޮތަކަށް ބޯ ކޮށިފަހުން ބިރުވެރި އިންފެކްޝަނެއް ވެއްޖެ!

ad image

ގުޅުންހުރި ލިޔުންތައް


ޮއޮސްޓްރޭލިޔާގެ ސިޑްނީގެ ބާރު ބޮޑު ސެލޫން އަކުން ޓްރެންޑީ ފޭޑު ހެއަރކަޓެއް ނެގިފަހުން 11 އަހަރުގެ ކުއްޖެއްގެ ބޮލުގައޮ ބިރުވެރި ރިންގްވޯރމް އިންފެކްޝަނެއް އުފެދިފައިވާ ކަމަށް އެ ކުއްޖާގެ މަންމަ ބުނެފިއެވެ.
ނަން ހާމަކުރަން ބޭނުން ނުވާ މި އަންހެން މީހާ ބުނީ އޭނާގެ ފިރިހެންދަރިފުޅުގެ އުފަންދުވަހު ބޯކޮށުމަށް އެތަނަށް ދިޔަ ކަމަށާއި ފުރަތަމަ ހުރީ ހަމައެކަނި ރޭޝް އެއް ގޮތަށް ނަމަވެސް ފަހުން ބޮލުގެ ތަންތަން ގަނޑު ހުރީ ފުއްޕާފައި ކަމަށެވެ.
އަދި އެ ބޯކޮށާ ތަނަށް ގުޅުމުން އެފަދަ ކަމެއް ހިނގައިގެން ތިން މީހަކު ގުޅާ ޝަކުވާ ކޮށްފައިވާ ކަމަށް ބުނި ކަމަށްވެސް އެ އަންހެން މީހާ ބުންޏެވެ.
މި އަންހެންމީހާ ބުނީ މި ކަން ސަމާލު ކަމަށް ގެންނަން ބޭނުންވީ ސާފުތާހިރު ކަން ކުޑަ މިފަދަ ތަންތަނުގެ ސަބަބުން ނުރައްކާތެރި ބަލި ފެތުރިދާނެތީ ކަމަށެވެ.
‘ މިއީ އަހަރެން ހަޔާތުގައި ވެސް ފެނުނު މިކަހަލަ އެންމެ ބިރުވެރި އިންފެކްޝަން. އަދި މޮޅު ކަމަކީ އެއީ އާދައިގެ ބޯކޮށާ ތަނެއްވެސް ނޫން ކަން. އެއީ ވަރަށް މަދު ސަރަހައްދުތަކުގައި ހުންނަ ފްރެންޗައިސް ސްޓޯރެއް’ އެ އަންހެން މީހާ ބުނެފައިވެއެވެ.
މި އަންހެންމީހާ އޭނާގެ ދަރިފުޅުގެ ފޮޓޯ ސޯޝަލްމީޑިއާ އަށް ލުމުން ބައެއް އެހެން ފަރާތްތަކުން ވެސް ވަނީ އެމީހުންގެ ކުދިންނަށް މިގޮތަށް ދިމާވިކަން ފާހަގަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ