- Advertisement -ad image

ކާފޫރުތޮޅި ކާންވީ މިހެންވެ!

ad image

ގުޅުންހުރި ލިޔުންތައް

މަޑު އާވިކަމަކާއި ފޮނި ރަހައެއް ހުންނަ ކާފޫރު ތޮޅިއަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ އެއްޗެކެވެ. އާންމު ގޮތެއްގައި ދުފުމުގައި ބޭނުންކުރާ މި ބާވަތަކީ ކެއުމުގެ ރަހަ ހެޔޮވަރުކޮށްލުމަށްވެސް ނުހަނު އެހީތެރިވެދޭ އެއްޗެކެވެ.

ދިވެހިން ކާފޫރުތޮޅު ކެއުމުގައި ބޭނުންކުރި ނަމަވެސް އޭގެން ލިބޭ ހަގީގީ ފައިދާ އެނގެނީ މަދު މީހަކަށެވެ.

ކާފޫރުތޮޅީގެ އޮށް އަދި އެ ބޭނުންކޮށްގެން އުފައްދާ ތެލަކީ ޒަމާނުއްސުރެ ބޭސްވެރިކަމުގައި ބޭނުންކޮށް އުޅުނު އެއްޗެކެވެ. އަދި މި ޒަމާނުގެ ސައިންސްގެ އަލީގައި ވެސް ވަނީ ކާފޫރުތޮޅިއަކީ ބޭސްފަރުވާއަށް ރަނގަޅު އެއްޗެއްކަން ހޯދިފަ އެވެ.

ލޭ ދަށްކޮށްދިނުމަށް އެހީތެރިވެދޭ!

ކާފޫރުތޮޅިއަކީ އޭގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑަންޓްސް ހިމެނޭ ބާވަތެކެވެ. މި އޮކްސިޑެންޓްސްގެ އެހީގައި ލޭ ދަށްކޮށްދިނުމަށް ކާފޫރުތޮޅި އެހީތެރވެދޭ ކަމަށް މީގެކުރިން ހެދި ދިރާސާތަކުން ވަނީ ހޯދިފަ އެވެ.

ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރުން!

ކާފޫރު ތޮޅީގައި ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރާ މާއްދާތަކެއް ހުންނަކަން ވެސް ދިރާސާތަކުން ވަނީ ހޯދިފަ އެވެ. އެގޮތުން ކަފޫރުތޮޅިގައި ހުންނަ މި މާއްދާގެ އެހީގައި ޓިއުމަރ އެޓޭކް އާއި ދެކޮޅަށް މަސައްކަތް ކުރެއެވެ.

ހިތުގެ ބަލިތަކަށް ފަރުވާއެއް!

ކަފޫރުތޮޅިއަކީ އިންފްލަމޭޝަން އާއި ދެކޮޅަށް މަސައްކަތްކުރާ މާއްދާތަކުން މުއްސަނދި ވެގެންވާ އެއްޗެކެވެ.

ސިއްހީ މާހިރުން ބުނާގޮތުގައި ދިގު މުއްދަތަކަށް އިންފްލަމޭޝަންއަށް ހުށަހެޅުމަކީ ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމެކެވެ. ކާފޫރުތޮޅީގައި ހުންނަ އެންޓިއޮކްސިޑަންޓްގެ އެޙީގައި ސެލްތައް ހަލާކުވިޔަ ނުދީ ރައްކާތެރިކޮށްދެއެވެ. އަދި އިންފްލަމޭޝަންެއިން ދުރުކޮށްދެ އެވެ.

ހަޖަމްކުރާ ނިޒާމުގެ ބަލިތޢް ފަސޭހަކޮށްދޭ!

އަހަރެމެން ކާބަފައިންގެ ޒަމާނުއްސުރެވެސް ހަޖަމްކުރާ ނިޒާމަށް ދިމާވާ އެކި ބަލިތަކަށް ފަރުވާ ދިނުމަށް ކަފޫރުތޮޅި ބޭނުންކުރެ އެވެ. ހާއްސަކޮށް ބޯ އެނބުރުމާއި ހޮޑުލުން ހުއްޓުވުމަށް ހަދާ ބޭސްތަކަށް ކަފޫރުތޮޅި ބޭނުންކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ