- Advertisement -ad image

ބަނޑުހަރުވުމުން ދުރުވުމަށް އަމިއްލައަށް ކުރަންވީ ކޮންކަމެއް؟

ad image

ގުޅުންހުރި ލިޔުންތައް

ބަނޑުހަރުވުން ނުވަތަ ކޮންސްޓިޕޭޝަން އަކީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ކުރިމަތިވާ ކަމެކެވެ. ބަނޑުހަރުވުމަށް ދިމާވާ ސީދާ ސަބަބެއް ނެތް ނަމަވެސް ބައެއް ހާލަތްތަކުގައި ނުގުޅޭ އެއްޗެއް ކެވުމުން ނުވަތަ ކެއުމަށް ގެންނަ ބަދަލަކުން ވެސް މިކަން ދިމާވެއެވެ.
މިގޮތަށް ބަނޑުހަރުވެ ގިނަ ދުވަސްވަންދެން ފާހަނާ ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ބައެއް މީހުންނަށް ގޭސްޓްރިކް، ބަނޑުގައި ރިހުން، އަދި ފާހަނާ ކުރާއިރު ބޮޑުކަމުދާ ތަކެއްޗާއެކު ލޭ އައުމަށް މަގު ފަހިވެއެވެ. 
މާގިނައިން ބަނޑުހަރުވާނަމަ ފުރަގަސް ފަރާތުގެ ޓިޝޫ އަދި ލޭ ހޮޅިތައް ދުޅަވެ ލޭ ފޭބުން (ޕައިލްސް) ކުރިމަތިވުމަށް މެދުވެރި ވެއެވެ.
ބަނޑުހަރުވުމަކީ ޑޮކްޓަރީ ބޭހާއި ނުލައި، އަމިއްލައަށް ކޮށްލާ ކުޑަކުޑަ މަސައްކަތަކުން ވެސް ރަނގަޅު ކުރެވިދާނެ ކަމެކެވެ.

ފައިބާރ ގިނައިން ހުންނަ ކާނާބޭނުންކުރުން.
މިސާލު: ތަރުކާރީ، މޭވާ، ޕުރޫން ޖޫސް އަދި ސީރިއަލް
ގިނައިން ފެންބުއިން
‏ބޮޑުކަމުދާން ޖެހުމުން ގިނައިރު ނުހިފައްޓައި ‏އަވަހަށް ފާޙާނާއަށް ދިއުން
‏މި ހުރިހާ ކަމެއް ކުރުމަށްފަހު ވެސް ބަނޑުހަރުވުމަށް ހައްލެއް ނުލިބޭނަމަ ބުއްދިވެރި ގޮތަކީ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ބޭސް ބޭނުން ކުރުމެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. […] ބަނޑުހަރުވުން ނުވަތަ ކޮންސްޓިޕޭޝަން އަކީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ކުރިމަތިވާ ކަމެކެވެ. ބަނޑުހަރުވުމަށް ދިމާވާ ސީދާ ސަބަބެއް ނެތް ނަމަވެސް ބައެއް ހާލަތްތަކުގައި ނުގުޅޭ އެއްޗެއް ކެވުމުން ނުވަތަ ކެއުމަށް ގެންނަ ބަދަލަކުން ވެސް މިކަން ދިމާވެއެވެ.މިގޮތަށް… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ