- Advertisement -ad image

ޔޫރިން އިންފެކްޝަން އާއި ގުޅޭގޮތުން އެނގެނީ ކިހާ މިންވަރަކަށް؟

ad image

ގުޅުންހުރި ލިޔުންތައް

ޔޫރިން ޓްރެކްޓް އިންފެކްޝަން (ޔޫޓީއައި) އަކީ ކުޑަކަމުދާ ނިޒާމަށް ޖެހޭ އިންފެކްޝަނެކެވެ. މިއީ ދެ ޖިންސުގެ މީހުންނަށް ވެސް ކުރިނަތިވާ ކަމެކެވެ. ބައެއް މީހުން ޔޫރިން އިންފެކްޝަންގެ ސަބަބުން ދިގު މުއްދަތަކަށް އެތައް ވޭނެއް އުފުލަންޖެހެ އެވެ. އަދި މިއީ ފަރުވާ ކުޑަކޮށްލައިފިނަމަ ފަހުން ލިބޭ ގެއްލުން ބޮޑުވެދާނޭ ފަދަ ކަމެކެވެ.

ޔޫރިން އިންފެކްޝަން ޖެހުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ ހަށިގަނޑުގައި އުފެދޭ ބެކްޓީރިއާ ކުޑަކަމުދާ ނިޒާމަށް އެތެރެވުމެވެ. މީގެ ސަބަބުން ކިޑްނީ، ބްލެޑާ އަދި އެ ދެމެދުގައި އުފއދިފައިވާ ޓިއުބްތަކަށް ވެސް އަސަރު ކުރެއެވެ.

ޔޫރިން އިންފެކްޝަން ހަށިގަނޑުގެ ކުޑަކަމުދާ ނިޒާމުގެ އެކި ސަރަހައްދުތަކުގައި އުފެދެއެވެ. އަދި މިގޮތަށް އިންފެކްޝަން އުފެދޭ ހިސާބަކުން ކި އިންފެކްޝަންއަށް ދޭ ނަންތައް ވެސް ތަފާތުވެއެވެ. މިިގޮތުން
ބްލެޑަރ އިންފެކްޝަން އަށް ދީފައިވާ ނަމަކީ ސިސްޓިޓިސް އެވެ.
ޔުރެތްރާ އިންފެކްޝަން ދީފައިވާ ނަމަކީ ޔުރެތްރައިޓިސް އެވެ.
އަދި ކިޑްނީ އިންފެކްޝަން އަށް ދީފައިވާ ނަމަކީ ޕައިލޮނަފްރައިޓުސް އެވެ.

ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން (ޔޫޓީއައި) އަކީ ކޮބާ؟

ޔޫރިން އިންފެކްޝަން (ޔޫޓީއައި) އަކީ ކުޑަކަމުދާ ނިޒާމަށް ވަންނަ ބެކްޓީރިއާތަކެއްގެ ސަބަބުން އުފެދޭ އިންފެކްޝަނެކެވެ. މި އިންފެކްޝަންގެ ސަބަބުން ބްލެޑާ، ކިޑްނީ އަދި ޔުރެތްރާއަށް ނޭދެވޭ އަސަރު ކުރެއެވެ.

ޔޫރިން އިންފެކްޝަނުން ދިފާއުވުމަށް ބޭސް ކެއުމަކު ވަރަށް މުހިއްމު ކަމެކެވެ. އެހެންނޫންނަމަ މިކަމުގެ އަސަރު ކިޑްނީއަށް ކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮވެއެވެ.

ޔޫރިން އިންފެކްޝަންގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރޭގައި ހިމެނެނީ:
ފިރިހެނުން
މާބަނޑު މީހުން
ދިފާއީ ނިޒާމު ދަށް މީހުން
އުމުރުން ދުވަސްވީ މީހުން
ރޭޑިއޯތެރަޕީ ނަގާ މީހުން

ޔޫރިން އިންފެކްޝަނުގެ އަލާމާތްތަކަކީ ކޮބާ؟

ޔޫރިން އިންފެކްޝަންގެ އަސަރު ބްލެޑާ އަދި ޔުރެތްރާއަށް ވަރަށްބޮޑަށް ކުރެއެވެ.

ބޮޑެތި މީހުންނަށް ދިމާވާ ކަންކަން:

އަވަސް އަވަހަށް ކުޑަކަމުދެވުން/ ކުޑަކަމުދާން ބޭނުންވާ ކަހަލަ އިހްސާސެއް ކުރެވުން
ކުޑަކަމުދާއިރު ދިލަނަގާ، ރިއްސުން އަދި އުނދަގޫތައް ކުރިމަތިވުން
ކުޑަކަމުދާ އެއްޗެހި ވަސްގަދަ ނުސާފު ކުލައެއްގައި ހުރުން އަދި ބައެއް ފަހަރު ލޭ ކުލައިގައި ހުރުން
ކުޑަކަމުދިޔަ ނަމަވެސް ބްލެޑާ އެއްކޮށް ހުސްނުވާ ކަހަލަ އިހްސާސެއް ކުރެވުން
ވަރުބަލިވުން

ޔޫރިން އިންފެކްޝަންގެ އަސަރު ކިޑްނީ އަދި ޔުރެޓާސް އަށް ކޮށްފިނަމަ ފެންނާނެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:

38ޑިގްރީ އަށްވުރެ މަތިން ހުން އައުން
ވާނުވާ ނޭނގުން
ހާސްވުން އަދި ކަންބޮޑުވުން
އުނގަނޑުގައި ރިއްސުން
ފިނިވެ ހީކެރުވުން
ބޯ އަނބުރާ ހޮޑުލެވުން

ކުޑަކުދިން ދިމާވާ ކަންކަން:

ގަދަޔަށް ހުން އައުން
ބަލި އިހްސާސް ކުރެވުން. ނުކެވުން
ހޮޑުލެވުން
ތަންމައްޗަށް ކުޑަކަމު ދެވުން

އިންފެކްޝަނުންް ދިފާއުވުމަަށް ކުރެވޭނީ ކޮންކަމެއް؟

ޔޫރިން އިންފެކްޝަނުންް ދިފާއުވުމަށް އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ޑޮކްޓަރުން ލަފާދެނީ ދިރިއުޅުމުގެ ބައެއް އާދަތަކަށް ބަދަލު ގެނައުމެވެ. މީގެތެރޭގައި ހިމެނެނީ:

ދުވާލަކު 6-8 ތަށި ފެން ބުއިން
ކުޑަކަމުދާއިރު ބްލެޑާ ހުސްވަންދެން ކުޑަކަމު ދިއުން
ދެމަފިރިކަމުގެ ގުޅުން ހިންގުމަށްފަހު އަވަހަށް ކުޑަކަމުދިއުން
ގަޔަށް ދޫ ހެދުން އަދި އެތެރެއިން ލުމަށް ކޮޓަން ޖަންގިޔާ/ބޮކްސާ ހިޔާރުކުރުން
ކުރިމަތި އަދި ފުރަގަސް ފަރާތް ސާފުތާހިރުކޮށް ގެންގުޅުން
ކުރިމަތި އަދި ފުރަގަސް ފަރާތުގައި ސެންޓުގެ ބާވަތްތައް ބޭނުން ނުކުރުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ