- Advertisement -ad image

ދުނިޔޭގެ ހިތުގެ ދުވަސް: ހަކުރުބައްޔާއި ހިތުގެ ދުޅަހެޔޮ ކަމާއި ހުރި ގުޅުން

ad image

ގުޅުންހުރި ލިޔުންތައް

ހިތުގެ ތަފާތު ބަލިތަކަކީ ދުނިޔޭގައި ވެސް އަދި ރާއްޖޭގައި ވެސް އެންމެ އާންމު އެއް ބައްޔެވެ. އަދި ހިތުގެ ބަލިތައް ޖެހުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބަކި ހަކުރު ބައްޔެވެ.

އިންޓަރނޭޝަނަލް ޑައިބެޓިސް ފެޑަރޭޝަނުން ބުނެފައިވާ ގޮތުގައި 2019 އިން 2045 އާއި ހަމަޔަށް ހަކުރު ބަލި ތަހައްމުލު ކުރާ މީހުންގެ އަދަދު 77 މިލިޔަނުން 134 މިލިޔަނަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ވަނީ ބުނެފަ އެވެ.

ހަކުރުބައްޔާއި ހިތުގެ ދުޅަހެޔޮކަމާއި ވަރަށް ބޮޑު ގުޅުމެއް ވެއެވެ. އެގޮތުން ހަކުރު ބަލި ހުންނަ މިހަކަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ދުވާލެއްގެ މައްޗަށް 2-4 ގުނައަށް އިތުރު ވެއެވެ. ހަމައެހެންމެ ހަކުރު ބަލި ނުޖެހޭ މީހުންނާއި އަޅާބަލާއިރު، ޖެހިފައި ތިބޭ މީހުންނަށް އުމުރުގެ ކުރީކޮޅު ހިތުގެ ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.

ހަކުރު ބަލި ޖެހޭ މީހުންނަށް ހަކުރު ކެއުން މަދުކުރުމަށް ޑޮކްޓަރުން އިރުޝާދުދޭ އެއް ސަބަބަކީ ހިތުގެ ބައްޔަށް އޮތް ނުރައްކާ ކުޑަކުރުމެވެ. 
ހަކުރުބަލި ހުންނަ މީހުން ހިތުގެ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ކެއުމަށާއި ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހެއެވެ. އެގޮތުން ކެލޮރީސް ނެގުމުގައި ބެލެންސް އެއް ބެހެެއްޓުމާއި، ކާބޯހައިޑްރޭޓްސް، ފެޓްސް އަފި ޕްރޮޓީންސް ކެއުމުގައި ހިމަނަން ވާނެ އެވެ. 

ހަކުރުބަލި ހުންނަ މީހުން ޤަވާއިދުން ކަސްރަތުކުރުމަށް ސަމާލުކަން ދޭން ޖެހޭނެ އެވެ. އޭގެތެރޭގައި އެއިރޮބިކްސް އާއި ޔޯގާވެސް ހިމެނިދާނެ އެވެ. 

އަދި މި ހުރިހާ ކަމެއްގެ ނަފްސާނީ ދުޅަހެޔޮކަމަށް ބެލުމަކީ ވެސް މުހިއްމު ކަމެކެވެ. އަދި ޤަވާއިދުން ހަކުރު ޓެސްޓުކުރުމާއި، ހިތުގެ ޓެސްޓުތައް ހެދުމަކީ މުހިއްމު ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ