- Advertisement -ad image

ޑރ. މުހައްމަދު އަލީ މިފަހަރު ކިޔައިދިނީ ދަބަސް އަޅުވަންވީ ރަނގަޅު ގޮތްތައް!

ad image

ގުޅުންހުރި ލިޔުންތައް

ދަބަހުގެ ތެރޭގައި ހިމެނޭ ބެކްޕެކް އަކީ ސްކޫލް ކުދިން އާއްމުގޮތެއްގައި ބޭނުންކުރާ އެއްވައްތަރުގެ ދަބަހެވެ. ޒަމާނުއްސުރެ ދިވެހިން ދިޔައީ ބަރު ފޮތްތަކާއެކު މި ދަބަސްތައް އުފުލަމުންނެވެ. އަދި ޒަމާން ތަރައްގީވާ ވަރަކަށް މިކަމުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތަކަށް ވެސް ދިވެހިންގެ ލޯތައް ދިޔައީ ހުޅުވެމުންނެވެ.

އެހެންނަމަވެސް ސްކޫލަށް ފޮތްތައް ގެންދިއުމުގައި ދަބަސް ނޫން އެހެން ގޮތެއް އަދި ނެތެވެ. އުމުރުން 7 އަހަރުން ފެށިގެން 16 ވަރަކަށް އަހަރާއި ހަމަޔަށް މި ދަބަސްތައް ކުދިން އުފުލާއިރު ދިރިއުޅުމުގެ މުހިއްމު ދުވަސްތައް ދެން އެ ކުދިން ކަޑައްތުކުރަން ކުރަން މިޖެހެނީ ބަލި މައިބަނދައަކާ އެކުގައެވެ.

އައިޖީއެމްއެޗްގައި އިންނަވާ ފިޒިޝަން ޑރ. މުހައްމަދު އަލީ ދާދި ފަހުން ވަނީ މިގޮތަށް ކޮނޑުގައި ދަބަސް އަޅުވާއިރު ގިނަފަހަރަށް އަހަރެމެންނަށް ނޭނގި ހެދޭ ގޯސްތަކަށް އަލި އަޅުއްވާލައްވާފަ އެވެ.

އެގޮތުން ސްކޫލަށް ދާ ކުއްޖެއްނަމަ އެންމެ އާއްމުގޮތެއްގައި ދަބަހުގެ އަރިމަތިން ފެންނާނީ ފެންފުޅި އެކެވެ. ޑރ. މުހައްމަދު އަލީ ވިދާޅުވިގޮތުގައި މިގޮތަށް ދަބަހުގެ އަރިމައްޗަށް ފެންފުޅި ލާއިރު އަނެއް އަރިމައްޗަށް ވެސް ހަމަ އެ ބަރުދަނުގެ އެއްޗެއް ލާ ބެލެންސް ކޮށްލަން ވާނެއެވެ.

ދަބަސް އަޅުވައިގެން އުޅޭއިރު ކޮނޑު، ކަނދުރާ އަދި އުނަގނޑުގައި ރިއްސުމަށް މެދުވެރިވާ އެއް ސަބަބަކީ ނުބައިކޮށް ބެކްޕެކް އެޅުވުމެވެ. އެގޮތުން ދަބަސް ފަހަތަށް އެލިފައި އޮވެއްޖެނަމަ، އެ ދަބަސް ބެލެންސް ކުރުމަށް ކުރިއަށް ލެނބުމުގެ ސަބަބުން ބުރަކަށި، އަދި ކަނދުރާއަށް ބާރުއަރާ ތަދުވާގޮތްވެއެވެ.

މިކަމުން ދުރުވަށް އެންމެ ރަނގަޅު ގޮތަކީ ކޮނޑުގައި އަޅުވާ ވާގަނޑު ރަނގަޅަށް ވާންކުރުމަށްފަހު، ދަބަސް ބުރަކަށީގައި ޖެހޭގޮތަށް ބެހެއްޓުމެވެ.

އަދި ދަބަސް 6.8 ކިލޯއަށްވުރެ ބަރުވިޔަ ނުދިނުމަށް ޑރ. މުހައްމަދު އަލީ ވަނީ ވިދާޅުވެފަ އެވެ. މީގެއިތުރުން ދަބަސް ހިޔާރުކުރާއިރު މޭމަތީގައި ވަށައިގެން އެއްސޭ ކަހަލަ ދަބަހެއް ހިޔާރުކުރުމަށް ޑރ ވަނީ ލަފާ ދެއްވާފަ އެވެ.

ދަބަސް ބަރުވެ، އެކި އުނދަގޫތައް ކުރިމަތިވާ އެއް ސަބަބަކީ ތަރުތީބެއް ނެތި ދަބަހަށް އެއްޗެހި އެޅުމެވެ. ހާއްސަކޮށް ފޮތްފޮތެވެ. މިގޮތުން ދަބަހަށް އެއްޗެހި އަޅާއިރު ބަރު އެއްޗެހި ގަޔާގާތަށް އަދި ލުއި އެއްޗެހި ވީހާވެސް ގަޔާދުރަށް ވާގޮތަށް އެޅުމަކީ މުހިއްމު ކަމެކެވެ.

ދަބަސް އެޅުވުމުގައި މި އާދަތަަކުގެ ބޭނުން ހިފާނަމަ ބުރަކައްޓަށް ކުރާ ބާރު ކުޑަވާނޭކަމަށް ޑރ. މުހައްމަދު އަލީ ވަނީ ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ