ކޮވިޑް-19 ޖެހޭ މީހުންނަށް ހިތުގެ މައްސަލަތައް ދިމާވުމާއިހާޓް އެޓޭކާއި ސްޓްރޯކް ޖެހުން ފަދަ ކަންކަން ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ވޮޝިންޓަން ޔުނިވަސިޓީ އާއި ވެޓެރަން އެޑްމިނިސްޓްރޭޝަން ހެލްތު ކެއާ ސިސްޓަމް އިން “ނޭޗާ މެޑިސިން” ގައި ޝާއިއުކުރި މި ދިރާސާގައި ބުނެފައިވާ ގޮތުގައި ކޮވިޑް ޖެހުނު މީހުންގެ ހިތަށް އަހަރެއްހާ ދުވަސް ވަންދެން ގެއްލުންވެ އެވެ. އަދި ކޮވިޑުން ރަނގަޅު ވުމަށް ފަހު ވެސް ގެއްލުންވާ ކަމަށް ދިރާސާގެ އަލީގައި ވަނީ ހޯދިފަ އެވެ.
މި ދިރާސާގެ އެހީގައި ހޯދި ހޯދުންތަކުން ވަނީ، ކޮވިޑް ޖެހުނު މީހުންނަށް ހާޓް ފެއިލިއާގެ ނުރައްކާ 72 ޕަސެންޓް އިތުރުކަމަށް ދައްކާފަ އެވެ. އަދި ހާޓް އެޓޭކްގެ ނުރައްކާ 63 ޕަސެންޓް އިތުުރުއިރު، މީގެ އިތުރުން ސްޓްރޯކްގެ ނުރައްކާ 52 އުޅެނި ޕަސެންޓް މަތީގަ އެވެ.
ދިރާސާގައި ވާގޮތުން މި ނުރައްކާ މީހާގެ އުމުރަކުން، ނަސްލަކުން، ޖިންސަކުން ނުވަތަ ހިތުގެ މައްސަލަތައް އިތުރަށް ނުރައްކާ ކުރުވާ ސަބަބުތަކާ ހުރެ ވެސް ތަފާތެއް ނުވެ އެވެ. އެހެންނަމަވެސް އެޑްމިޓްކޮށްގެން ފަރުވާ ދިން މީހުންނަށް ވުރެ އައިސީޔޫގައި ފަރުވާ ދިން މީހުންނަށް ނުރައްކާ ބޮޑުކަމަށް ދިރާސާގައި ވަނީ ބުނެފަ އެވެ.



