- Advertisement -ad image

ޑރ މުހައްމަދު އަލީ ވިދާޅުވަނީ ކޮފީ ބޯ ގަޑި ބަދަލުކޮށްލީމަ ކޮފީއަކީ ހަމަ އެއްވަނައިގެ އެއްޗެއް ކަމަށް!

ad image

ގުޅުންހުރި ލިޔުންތައް

ކޮފީއަކީ ގިނަ ބަޔަކު އެކި ގަޑިތަކުގައި ބޭނުންކުރާ ބުއިމެކެވެ. ހާއްސަކޮށް ހެނދުނު ގަޑީގައި ގިނަ ބަޔަކު ކޮފީ ބޭނުންކުރެއެވެ.
ޑރ މުހައްމަދު އަލީ ވިދާަޅުވަނީ ކޮފީއަކީ ސިއްހަތަށް ވަރަށް ފައިދާ ކުރާ އެއްޗެއް ކަމަށެވެ. އަދި ހިތުގެ އިތުރުން ސިކުނޑީގެ ގިނަ ކަންކަމަށްވެސް ކޮފީން ފައިދާތަކެއް ލިބޭ ކަމަށާއި ބަދަލުކޮަށްލަންވީ ކޮފީ ބޯ ގަޑިއާ ކޮފީ ބޯ ގޮތް ކަމަށެވެ.
‘ ހެނދުނު ހުސްބަނޑާ ހުރެގެން ކަޅު ކޮފީއެއް ބޯލީމަ ވާގޮތަކީ ގޭހުގެ އުދަނގޫ ވަރަށް ބޮޑުވާނެ. ކާހޮޅި ގޮހޮރާ ގުޅޭ މަގުގައި އިންނަ ވޭލްއެއް. އެ ވޭލް ރިލެކްސް ކޮށްލާ އެއްޗެއް ކޮފީއަކީ. އެހެންވެ ހުސްބަނޑާ ހުރެގެން ކޮފީ ބުއީމާ އެ ވޭލް ރިލެކްސް ވާވަރު ބޮޑުވާނެ. ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ ވިދާޅުވީ، ކެއުމަށް ފަހު ކޮފީ ބުއިން ރަނގަޅު ކަމަށާއި ކޮފީ ބޯ ގަޑިތައް ބަދަލުކޮަށްލީމަ ކޮފީއަކީ އެއްވަނައިގެ އެއްޗެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ