- Advertisement -ad image

ކަރާ: މިއީ ކޮންމެހެންވެސް ކާންޖެހޭ މޭވާއެއް!

ad image

ގުޅުންހުރި ލިޔުންތައް

ކަރާ އަކީ ކޮންމެ ވަގުތަކާއި ވެސް ގުޅޭ އަދި ކެއުމަށް ވެސް ފަސޭހަ މޭވާ އެކެވެ. ގިނަ ބަޔަކު ކަރާ ކަނީ އޭގެ ރަހަމީރުކަމުން ކަމަށް ބުނާއިރު މި މޭވާއިން ލިބޭ ފައިދާތައް އެނގެނީ ނަދު މީހަކަށެވެ.

ކަރާ އިން ލިބޭ ފައިދާތަކަށް ބަލާއިރު މިއީ ނުކައި ދޫކޮށްލެވޭ ވަރުގެ މޭވާއެއް ނޫނެވެ. ހެނދުނު ނާސްތާއިން ފެށިގެން ރޭގަނޑުގެ ކެއުމަށް ވެސް ކަރާއަކީ ނުހަނު ކަމުދާ މޭވާ އެކެވެ. ތިރީގައި މިވަނީ ކަރާއިން ލިބޭ ފާހަގާކޮށްލެވޭ ބައެއް ފައިދާތަކެވެ.

ހައިޑްރޭޓްކޮށް ހުރުމަށް އެހީވެދޭ!
ކަރާއަކީ އޭގައި ގިނަ އަދަދަަށް ފެން ހިމެނޭ މޭވާ އެކެވެ. މި ފެނުގެ އެހީގައި ހައިޑްރޭޓްކޮށް ހުރުމަށް އެހީތެރިވެދެ އެވެ.

ކަރާ ފަދަ ގިނައިން ފެން ހުންނަ މޭވާ ކެއުމުން ހަށިގަބޑު ރަނގަޅަށް ފަންކްޝަން ކުރުމަށް އެހީތެރިވެދެ އެވެ. ކަރާގެ 92 އިންސައްތައަކީ ފެނެވެ. އެހެންކަމުން މިއީ ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމެނުމަށް ނުހަނު ރަނގަޅު މޭވާ އެކެވެ.

ކަރާއަކީ ބަރުދަން ލުއިކޮށްދިނުމަށް ވެސް އެހީތެރިވެދޭ މޭވާއެކެވެ.

ނިއުޓްރިއެންޓްސް އިން މުއްސަނދި ވެފައި

ކަރާގައި އެކި ކަހަލަ ނިއުޓްރިއެންޓްސް ހިމެނެއެވެ. މީގެތެރޭގައި ޕޮޓޭސިއަމް، މެގްނީސިއަމް އަދި ވިޓަމިން އޭ އާއި ސީ ހިމެނެ އެވެ.

ކަރާއަކީ ސިޓްރުލައިން އާއި އެމިނޯ އެސިޑުން މުއްސަނދި ވެފައިވާ މޭވާއެކެވެ. މީގެ އެހީގައި ހަނށިގަނޑުގެ އެކްސަސައިޒް ޕާރފޯމެންސް އިތުރުކޮށްދެ އެވެ.

މި މާއްދާތަކުގެ އެހީގައި ހަށިގަނޑު ދުޅަހެޔޮކަންމަތީ ބަހައްޓައިދީ ޑައިބެޓިސް، ހިތުގެ ބަލި، އަދި ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދެއެވެ.

ކެންސަރާ ދެކޮޅަށް މަސައްކަތް ކޮށްދޭ
ކަރާގައި ހުންނަ ގިނަ މާއްދާތަކަކީ އޭގެ އެހީގައި ކެންސަރާއި ދެކޮޅަށް މަސައްކަތް ކޮށްދޭ މާއްދާތަކެވެ. މީގެތެރޭގައި ލައިކޮޕީން އާއި ކިއުކަބިޓަސިން އީ ނަމަކށް ކިޔާ މާއްދާއެއް ފާހަގަކޮށްލެވެ އެވެ.

ދިރާސާތަކުން ދައްކާގޮތުގައި ލައިކޮޕިން މާއްދާއަކީ ޕްރޮސްޓޭޓް އަދި ކޮލޮރެކްޓަލް ކެންސަރ ޖެހުމުން ދުރުކޮށްދޭ މާއްދާ އެކެވެ. އަދި

ހިތުގެ ދުޅަހެޔޮކަން ދަމަހައްޓައިދޭ
ހިތުގެ ބައްޔަކީ ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވާން ދިމާވާ އެއް ސަބަބެވެ. އެހެންނަމަވެސް ހާރޓްއެޓޭކް ޖެހުމަށް މެދުވެރިވާ ކަންކަން ކަމަށްވާ ސްޓްރޯލް، ލޭގެ ޕްރެޝަރ އަދި ކޮލެސްޓްރޯލް އެއްވަރެއްގައި ހިފެހެއްޓުމަށް ކަރާ އެހީތެރިވެދެ އެވެ.

ދިރާސާތަކުން ދައްކާގޮތުން ލައިކޮޕީންގެ އެހީގައި ކޮލެސްޓްރޯލް އަދީ ލޭގެ ޕްރެޝަރ ދަށްކޮށްލަ ދެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ